ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
27 ނޮވެމްބަރ 2017 - 13:25
އަދާލަތު ޕާޓީގައި އުޅުއްވަނިކޮށް، "ނެރެ އެއްލައިލީ" ކަމަށް ވިދާޅުވެ، އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެ ޕާޓީގެ ވެރިންނަށް ފާޑު ވިދާޅުވެއްޖެ އެވެ.
ޝަހީމް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވަނީ ނުސީދާކޮށް، އަދާލަތު ޕާޓީގެ ވެރިންނަށް އިޝާރާތް ކުރައްވައި ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައިފަ އެވެ. އަދި ޝަހީމްގެ އެ ޓުވީޓާ ގުޅިގެން އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވެސް ވަނީ ޝަހީމްގެ އެ ވާހަކަތަކަށް ރައްދު ދެއްވައިފަ އެވެ.
ޝަހީމާ މެދު އަދާލަތުން ހިތްހަމަނުޖެހުން އުފެދުނީ ވެރިކަން ކުރާ ޕީޕީއެމްގެ ކެމްޕެއިން ޖަލްސާތަކުގައި ބައިވެރިވަޑައިގަންނަވާތީ އެވެ. އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ވެސް ބައެއް މީހުން ދަނީ އޭނާއަށް ފާޑު ކިއުންތައް އަމާޒު ކުރަމުންނެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ތިނަދޫގައި ޕީޕީއެމުން ބޭއްވި "ހެއްޔޯސާ" ޖަލްސާގައި ވެސް ޝަހީމް ބައިވެރިވެޑައިގެންނެވި އެވެ.
ބެލެވޭ ގޮތުގައި ޝަހީމް އެ ޓުވީޓްކުރެއްވީ އެ ފާޑު ކިއުންތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރު ކަން ކުރެއްވި ޝަހީމްގެ ޓުވީޓުގައި މިސާލު ނެންގެވީ ކުޑަކުއްޖަކު އޭނާގެ އަމިއްލަ ގޭގައި އުޅެނިކޮށް، އެ ގޭގެ ބައެއް އަހުލުވެރިން އޭނާ އެކަހެރިކޮށް، ނިކަމެތިކުރި ގޮތުގެ ވާހަކަ އިންނެވެ.
ޝަހީމް ވިދާޅުވި ގޮތުގައި އެގޭގެ ބައެއް އަހުލުވެރިން ކުޑަ ކުއްޖާ އެއްލައިލީމަ، އޭނާ ގޮސް އެހެން ތަނަކުން ހިޔާވަހިކަން ހޯދުމަކީ އެ ކުއްޖާގެ ކުށެއް ނޫނެވެ. ބެލެވޭ ގޮތުގައި ޝަހީމް އެގޮތަށް މިސާލު ނެންގެވީ އަދާލަތު ޕާޓީން މި އަހަރުގެ ކުރީކޮޅު އޭނާ ވަކިވެވަޑައިގެންނެވި ގޮތާ ގުޅިގެންނެވެ.
ނަމަވެސް މިކަމާ ގުޅިގެން ޝަހީމްގެ ބަހެއް މިއަދު ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ޝަހީމްގެ ވާހަކަތަކަށް ރައްދު ދެއްވައި އަލީ ޒާހިރު ކުރެއްވި ޓުވީޓެއްގައި އޭނާ ވެސް ނެންގެވީ މިސާލެކެވެ. އަލީ ޒާހިރު ވިދާޅުވީ ކުއްޖަކު އަމިއްލަ ގެ ދޫކޮށްފައި އަމިއްލަ އިހްތިޔާރުގައި ދިއުމާއި ގެއިން ގަދަކަމުން ނެރެލުމާ ވަރަށް ތަފާތު ކަމަށާއި ގޭގެ ދޮރު އަބަދުވެސް ހުޅުވިފައިވާ ކަމަށެވެ.
އަލީ ޒާހިރުގެ ވާހަކައިން އެނގެނީ ޝަހީމަށް އަދާލަތު ޕާޓީގައި ހިދުމަތް ކުރެއްވުމުގެ ދޮރު ހުޅުވިފައި އޮތް ކަމެވެ.
Kujjaku amilla ge dhookohffa amilla ikhthiyaaruga dhiuma gein gadhakamun nereluma varah thafaathu, geyge dhoru abadhuves hulhuvaafa hunnani. الآن حصحص الحق
— Ali Zahir (alipi) (@alixahir) November 27, 2017
ޝަހީމް ކުރެއްވި ޓުވީޓާއި އަލީ ޒާހިރު ދެއްވި ރައްދު.
އަދާލަތު ޕާޓީން ވަކިވެވަޑައިގަތުމަށް ނިންމެވުމަށް ފަހު، ޝަހީމް ފޭސްބުކްގައި ލިޔުއްވާފައިވާ ގޮތުގައި، ޕާޓީން ވަކިވެވަޑައިގަތީ މިދިޔަ ދެތިން އަހަރެއްހާ ދުވަހު ޚިޔާލު ތަފާތުވުމެއްގެ ތެރޭގައި އުޅުއްވުމަށް ފަހުގަ އެވެ. އޭގެ ފަހުން އޭނާ ސިޔާސީ ޕާޓީއަކާ މިހާތަނަށް ގުޅިވަޑައިގެންފައެއް ނުވެ އެވެ.
ރައީސް ޔާމީން ސަރުކާރުގައި އިސްލާމިކް މިނިސްޓަރުގެ މަގާމު ފުރުއްވުމަށް ފަހު ޝަހީމް އެ މަގާމުން އިސްތިއުފާ ދެއްވީ 2015 ވަނަ އަހަރުގަ އެވެ. އޭގެ ފަހުން އިސްލާމިކް ޔުނިވަސިޓީގެ ވައިސް ޗާންސެލަރުގެ މަގާމަށް ރައީސް ޔާމީން، އޭނާ އައްޔަން ކުރެއްވި އެވެ. އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރުގެ މަގާމަށް އޭނާ ބަދަލުކުރެއްވީ މިދިޔަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާވައްތަރުބޮޑޭ
30 November 2017
ކަލޯ ތިޔަވަރަށް ރައްޔިތުންނާއިމެދު ނުވިސްނަބަލަ ރައްޔިތުން އެ ތިބީ ހިތްހަމަޖެހިގެންގޮސް ފުރިފަ، އެހެންނުވާނި ދޯ ވަޢްދުފުޅު ފުއްދެވލެއވvޥV
އެމްއެމްއައި
29 November 2017
ކުޑަކުދިން ކުރާ ކަހަލަ ޒުވާބެއް ނޫންތަ އަޅެމީ؟
އަބޫބަކުރު އަލީ
29 November 2017
އަދާލަތު ޕާޓީ ނައިބު ރައީސް އަށް ވެސް ލިބިގެން ވާބާރެއްނުން ޑރ ޝަހީމް އެނބުރި އަދާލަތު ޕާޓީ އައް ގެނައުމަކީ މީގެކުރިންވެސް ވަނީ ކޮއްފަ އެކަމަކު ދެން މިކަން ނުކުރުމައް އަލީ ޒާހިރު އައް ގޮވާލަން . ޝުކުރަން
ނަސީމު
29 November 2017
މަޖީދު އިސްލާމީ މިނިސްޓަރ ކަމުގަ އައްނި ބުދު ބެހެއްޓީ މަޖީދުގެ މުސާރަ ހަލާލް ޔާމީންގެ އަނިޔާވެރިކަން ދިފާއުނުކޮށް ސަހީމު އިސްތިއުފާދިނުމަށް މަޖީދު ގޮވި ސަހީމުގެ މުސާރަ ހަލާލްނުވާނެތީ ސަހީމު އިސްތިއުފާ ދިން އައްނި ކޮށްމެކަމެއްކުރިއަސް މަޖީދައް ހަލާލް ޔާމިިން ކިތައްމެ ރަނގަޅު ކަމެއްކުރިޔަސް މަޖީދުބުނަނީ އަނިޔާ އަނިޔާ ހަރާމް ހަރާމް ހަރާމް. މަޖީދު......
ޙަމްދު
28 November 2017
ޢަދާލަތުން ޝަހީމް އެއްލާލީއެއްނޫން. ޢަދާލަތުގައި އުޅުއްވަން ޝަހީމު ހިތްޕުޅާ ހަމަ ނުވީ.
އަބޫބަކުރ އަލީ
29 November 2017
ޑރ ޝަހީމް އަށް މަރުހަބާނުކިޔާގެން އަދާލަތު ގެ ކުރީރައީސް ރައީސް ދެކޮޅުވެރިވީ ޕާޓީ ތެރޭގައި ގަޑުބަޑު އުފެއްދިމީހުންގެ ވެރިޔަކީ އެމަނިކު ފާނު އެމަނިކުފާނު އަބަދުވެސް ބޭނުން ވަނީ ބޮޑު ގޮނޑި ގައި އިށީނު މައް.
އަބޫބަކުރު އަލީ
28 November 2017
މަނިކުފަަނު ވިދާޅު ވެފައިވާނެ ހަށިގަޑުގެ ގުޏަވަނަކައް ކެންސަރު ޖެހިއްޖެ އަތާ ފަޔާ ދައްޕިލާ، އިނގިލި މިހެނަގޮސް ގިނަ ގުޏަވަން ޖެހެނީ އެހަށިގަނޑާ ވަކިކުރާށެވެ އެހެން ކަމުން މަނިކުފާނު އަދާލަތު ދޫކުރުމުން އަދާލަތު ޕާޓީ ވަނީ ދިރުން ލިބިގެން ގޮސް ފައެވެ. ޝުކުރިއްޔާ ޑރ ޝަހީމް
ދޮންތުއްތު
29 November 2017
އާނއެކޭ އާނއެކޭ ދިރުން ލިބިގެން ގޮސް އަތުފަތު ނުޖެހޭ. ކެކެކެކެކެ ދެން
އަހުމަދު ފިރުސާނު
28 November 2017
މީ ދެން ބޮޑު ވެއްޖެ ކަމެއްނު! މަދުރަސާތަކުން ކިޔަވައިގެން ނުކުމެ އިސްލާން ދީނުގެ ތާޖު އަޅައިގެން ސިޔާސީ މައިދާނަށް ނުކުމެ ކޮންކަމެއް ކުރާނަމޭ ހިތާމަ މި މީސްމީހުން މި އުޅެނީކީ! ބަލަގަ އަހަރުމެން ހަ ވަނަ ޤަރުނުގެ ތެރައަށް ގެންދަން ނޫޅެބަ އަޅެ!
އަބްދުއްލާ
28 November 2017
ގިޔާމަތް ދުވަހު މަހުސަރު ކުރައްވަނީ އެމީހަކު ތާއީދު ކުރާ މީހަކާ އެކު އެއީ ނަސްރާނީ ނުވަތަ މަޖޫސީ ކާފަރަކަށްވާނަމަ އެމީހުނަށްތާއީދު ކުރާމީހުން ވާނީ ކިހިނެތް
އަމިމް
28 November 2017
ޑރ. ޝަހީމް އެއްލާލި ވާހަކަ ވިދާޅުވުމަކީ ދެރަކަމެކެވެ. ޑރ. ތިގޮތަށް ތިވިދާޅުވީ ތިމާ ބަލާ ބޮޑުކޮށް މީހަކަށް ހަދައިދިން މީހާ ދޫކޮށްލާފައި ދިއުމުން އެހެން މީހުން އެވާހަކަ ދައްކަފާނެ ކަމަށްތޯއެވެ؟ ހަޤީޤަތަކީ ދެ ޑޮކްޓަރުން މުޖުތަމައަށް ނެރެ ތިހިސާބަށް ގެނެސްދިން މީހާ ނިކަމެތިވީ ދުވަހު އެއްލާލާފައި ދިއުމެވެ. ޑރ. ޝަހީމްގެ ތަފާތަކީ ޝެއިޚް އިމްރާނަށް އިހާނެތި ބަހެއް ޕަބްލިކްގައި އަނެއް ޑޮކްޓަރ ގޮތަށް ވިދާޅުނުވުމެވެ. އަދާލަތުން ޝަހީމް ނެރެއެއް ނުލައެވެ. ޝަހީމް ވަޑައިގެންނެވީ އަމިއްލަ ފުުޅަށެވެ. އަދާލަތު ނިކަމެތިވީމައެވެ. އެޕާޓީއަށް މިއަދު މަތީ މަޤާމެއް ހޯދާދެވެން ނެތީމައެވެ.
ކަރާ
28 November 2017
ސަހީމު ވެސް މޮޔަފުޅު ވީ.