ވެލިދޫގައި މިއަދު ބޭއްވި ޖަލްސާގައި ސިޔާމް ވާހަކަ ދައްކަވަނީ. ---ފޮޓޯ: ހައުސިން މިނިސްޓްރީ
24 ޑިސެމްބަރ 2017 - 20:12
ސަރުކާރުގެ ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކާއިރު، ވައްކަމެއް ކުރަން ރައީސް އަބްދުﷲ ޔާމީން ދުވަހަކު ވެސް އޭނާގެ އަރިހުގައި ވިދާޅުވެފައި ނުވާ ކަމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ނ. ވެލިދޫ ބަނދަރު ހުޅުވުމަށް އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ޕީޕީއެމްގެ ކޯލިޝަންގައި ހިމެނޭ ޕާޓީގެ ލީޑަރު ވިދާޅުވީ ރައީސް ޔާމީނަކީ ރަހްމަތްތެރިކަމުގެ ގުޅުން އުފެދުނުތާ 25 އަހަރުވީއިރު، ވައްކަން ކުރަން ރައީސް ޔާމީން ހިތްވަރު ދެއްވާފައި ނުވާ ބޭފުޅެއް ކަމަށެވެ. އަދި ރައީސް ޔާމީނާ ބެހޭ ގޮތުން އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަނީ އަމިއްލަ އެދުމެއް އޮވެ، ރައީސް ޔާމީނަށް ހަސަދަވެރިވާތީ ކަމަށް ސިޔާމް ވިދާޅުވި އެވެ.
"މާތް ﷲ ދެނިވޮޑިގެންވާނެ. އަޅުގަނޑު ކައިރީގައި ދުވަހަކު ވެސް، މިހާ ހިސާބަށް ދިޔައިރު، ނުސީދާ ގޮތުން ކަމެއް ކުރަން ބުނެފައެއް ނެތް. ވައްކަން ކުރަން ބުނެފައެއް، ވައްކަމަށް ހިތްވަރުދޭނެ ވާހަކައެއް (ނެތް) ބުނެފައެއް. ކޮރަޕްޝަނެއް ބުނެފައެއް (ނެތް)،" ސިޔާމް ވިދާޅުވި އެވެ.
ރައީސް ޔާމީނަށް ތައުރީފް ކުރައްވައި، ސިޔާމް ވިދާޅުވީ ރައީސް ޔާމީނަކީ އަނިޔާވެރި ބޭފުޅެއް ނޫން ކަމަށެވެ. އެމަނިކުފާނަކީ ރާއްޖޭގެ ރައްޔިތުންނަށް އިހްލާސްތެރިއެއް ކަމަށް ސިޔާމް ވިދާޅުވި އެވެ. އަދި ރައީސް ޔާމީންގެ އަމިއްލަ އެދުމެއް ނެތް ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.
މީދޫ ދާއިރާގެ ވެސް މެމްބަރު ސިޔާމް ވިދާޅުވީ ލޯނު ނަގާ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކާއިރު، ލޯނު ނުނަގާ ދުނިޔޭގެ އެއްވެސް ގައުމެއް ތަރައްގީވެފައި ނުވާ ކަމަށެވެ. އަދި ލޯނު ނުނަގައި އެއްވެސް ގައުމެއް ތަރައްގީވެފައި އޮތްނަމަ، އެ ގައުމެއް ދެއްކުމަށް އޭނާ ގޮވާލެއްވި އެވެ.
ސިޔާމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިންގޭނީ ލޯނު ނަގައިގެން ކަމަށެވެ. ކޮންމެ މީހަކު، ބޭރު ގައުމަކަށް ގޮސް، ލޯނު ދޭށޭ ބުނެގެން އެ ލޯނު އެ ގައުމަކަށް ނުދޭނެ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.
ރާއްޖޭގެ މާލިމީއަކަށް ހަމަޖައްސަން ވާނީ "ފަރަކަށް ނާރުވާނެ" ވެރިއެއް ކަމަށާއި 2023 އާ ހަމައަށް އެ ވެރިއަކީ ރައީސް ޔާމީން ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ. އަދި ރައީސް ޔާމީނަކީ "ހުރިހާ ރައްޔިތުންގެ ބައްޕަ" ކަމުގައި ސިޔާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކުރިމަގު އުޖާލާ ކުރަން ބޭނުންވެއްޖެނަމަ، އަދި އެއްފަހަރު އަޅުގަނޑުމެންގެ އޯގާތެރި ރައީސް ޔާމީނަށް އަޅުގަނޑުމެން ޖާގަ ދޭން ޖެހޭނެ،" ސިޔާމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކީލާބޫސް
25 December 2017
ޕްރޮޖެކްޓް ތަކާ ހަވާލުވާން ވިދާޅުވޭތަ؟ ޝިޔާމް ބޭނުން ކޮންމެ ޕްރޮޖެކްޓެއް ޝިޔާމަށް ލިބޭނެކަމަށް ބުނަނީ ދޯ.
ވަހީދު
25 December 2017
އަޅެ ބުނެބަލަ ރައީސް ވިދާޅުވިތަ ވައްކަން ނުކުރައްޗޭ އެންމެ ފަހަރަކުވެސް؟
ކާނަލް
25 December 2017
ދެން ޝިޔާމުވެސް ދައްކަވާ ވާހަކަ ދެއްތޯ؟ ޝިޔާމު އަރިހުގައި މީހަކު ވައްކަން ކުރަން ބުނަންވެސް ކެރޭނެތަ؟
ރަދީފް
25 December 2017
ވަރަށް ޕްރޮފެޝަނަލްކޮށް ބުނާނީ ވައްކަމުގެ ވާހަކަ.ޝިޔާމްމެން އަދި ވަރަށް ޅަވާނެ.
ސުއްކަތުރާ
25 December 2017
ޔަހޫދީންވެސް މުސްލިމުން މަރާފައި، އިންސާނިއްޔަތާ ހިލާފު އަމަލުތަށް ހިންގާފައި ސިދާ ސާފުބަހުން އެކަންކަމަށް އިންކާރުކުރެއެވެ. ނަމަވެސް އެމީހުން ދައްކާ ވާހަކަ ގަބޫލުކުރަނީ މަދުބައެކެވެ. ދުނިޔޭގެ ހަގީގަތް. ވަރަށް ވެދުން. ސ
ސާދާސީދާ
25 December 2017
އެކަންކަން ރައީސް އަށް ދޫކޮށްލައްވާ!
ޖުހާ
25 December 2017
އަރާކޮންމެ ތަނެއްގައި ވައްކަމުގެ ވާހަކަޔާ މިލިޔަނުން ނޫނީ ބިލިޔަނުން ކިޔާށޭ ވިދާޅުވެ ވާހަަކަ ދައްކަވަން ފެށީމާ ކޮންމެވެސް ގޯހެއް އެބައުޅޭކަން ގަމުވެސް އެބައެނގޭ މޮޅަށް ދެނެވޮޑިގެންވާނީ ﷲ
އެކަމަކު
25 December 2017
އެކަމަކު ޝިޔާމޫ މިސަރުކާރުން ވަރަށްބޮޑެތި ވައްކަންތައް ކުރިއޯ ކިޔާ އަޅެ ތެދެއްތަ އެއީ
އަލީ ނާޒިމް
25 December 2017
ބައްޝާރު ވެސް ވަރައް ރީތި ބަހުން މުޅި ދުނިޔޭގެ ސުވާލު ތަކައް ޖަވާބު، ދެޔޭ. އެކަކުވެސް ގަބޫލެއް ނުކުރޭ!
ބަލްރޯގް
25 December 2017
ބައްޝާރު މަސައްކަތް ކުރަނީ އޭނާގެ ގައުމައް ހަމަލަދޭ އާލު ސުއޫދުންގެ އެޖެންޓުންނާ ދެކޮޅަށް އޭނާގެ ގައުމު ހިމާޔަތް ކުރަން. ރާއްޖޭގަ މިވާ ގޮތަކީ އާލު ސުއޫދުންނަށް ގައުމު ވިއްކާލައިގެން މިއުޅެނީ.
ކުނި
25 December 2017
އެކަމަކު މިސަރުކާރުން އަމިއްލަޔަށް އިއުތިރާފުވި ރާއްޖޭގެ ބައިތުލްމާލުން މިހާތަނަށްކުރި އެންމެ ބޮޑުވައްކަން ކޯށްފައިވާކަމަށް ދެން ކީކޭ ބުނާނީ މިހިރީ ހަމަ އަންތަރީސްވެފަ