ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި: ނަޝީދާ ގުޅޭގޮތުން އދ. އިން ނިންމާ ނިންމުމަށް ދިވެހި ސަރުކާރުން އަމަލުކުރަން ޖެހޭނެ ކަމަށް ޝަހީދު ވިދާޅުވި.-- ފޮޓޯ: އަހްމަދު އާޒިމް (އަންޖު)
03 ޖެނުއަރީ 2018 - 12:39
މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަކުރެއްވޭނެ ކަމަށް، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުން ކަނޑައަޅާނެ ކަމަށް، އދ. އިން އީރާނަށް ކަނޑައަޅާފައި ހުންނެވި ދީނީ އަދި ފިކުރީ މިނިވަންކަމާ ބެހޭ ޚާއްސަ މަންދޫބު ޑރ. އަހްމަދު ޝަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޝަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވެން ޖެހޭނެ ކަމަށް މި އަހަރު ކަނޑައަޅާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ. އދ.ގެ އެ ނިންމުމާ އެކު ރައީސް އަބްދުﷲ ޔާމީނަށް ޖެހިވަޑައިގަންނަވާނީ ރިޔާސީ އިންތިހާބު ނުބާއްވާނެ ކަމަށް ކަނޑައަޅުއްވަން ކަމަށް ވެސް ޝަހީދު ވިދާޅުވި އެވެ.
ނަޝީދުގެ ބައިނަލްއަގުވާމީ ގާނޫނީ ވަކީލުން ވަނީ، އެ މަނިކުފާނުގެ މަދަނީ އަދި އިންސާނީ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ބުނެ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީ އަށް މައްސަލަ ހުށަހަޅައިފަ އެވެ. ނަޝީދަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ހޯދައިދޭން ވެސް އެ މައްސަލައިގައި ވަކީލުން އެދިފައިވެ އެވެ.
HRC Ruling aumah fahu @PresidentYAG ah jeheynee inthikhaab eh nubaavvane kamah kada alhan! @KerafaNaseem @MohamedNasheed @Ch13official https://t.co/rIkB8ib4d6
— Ahmed Shaheed (@ahmedshaheed) January 2, 2018
މި މައްސަލަ އަށް އިޝާރާތް ކުރައްވައި ޝަހީދު ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވި ގޮތުގައި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީގެ ނިންމުންތަކަށް ތަބާވާނެ ކަމަށް ސެޕްޓެމްބަރު، 19، 2009ގައި ދިވެހި ސަރުކާރުން ވަނީ ސޮއިކޮށް، އިގުރާރުވެފަ އެވެ. އެހެންކަމުން، 2008 ގައި ހެދި ގޮތަށް، މި އަހަރުގެ އިންތިހާބުން ނަޝީދު ބޭރުކުރަން ޖާގަ ދީގެން ނުވާނެ ކަމަށް ޝަހީދު ވިދާޅުވި އެވެ.
ޑރ. އަހްމަދު ޝަހީދު: އޭނާ މިހާރު ހުންނެވީ އދ. އިން އީރާނަށް ކަނޑައަޅާފައިވާ ހާއްސަ މަންދޫބުގެ މަގާމުގައި.
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީ އަށް ނަޝީދުގެ ވަކީލުން މައްސަލަ ހުށަހެޅީ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު އެ މަނިކުފާނު މިނިވަންކުރަން ދިވެހި ސަރުކާރަށް ގޮވައިލި ގޮވައިލުމަށް އަމަލު ނުކުރުމުންނެވެ. އެ ގްރޫޕުން ނިންމާފައި ވަނީ، ނަޝީދަށް ހުކުމް އިއްވާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށާއި ވަގުތުން އެ މަނިކުފާނު މިނިވަންކުރަން ޖެހޭ ކަމަށެވެ.
ނަމަވެސް އެ ނިންމުމަކީ ދިވެހި ސަރުކާރުން މައުލޫމާތު ނުހޯދައި ނަޝީދުގެ ކޮޅަށް ބުރަވެފައި އޮތް ނިންމުމެއް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ނަޝީދަށް ގެއްލުނީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގިރިފުށީގައި ހައްޔަރު ކުރި މައްސަލައިގައި އިއްވި 13 އަހަރުގެ ޖަލު ހުކުމާ ގުޅިގެންނެވެ. މި ހުކުމުގައި ނަޝީދު ހުންނެވިހާ ހިނދަކު، ބައިނަލްއަގުވާމީ ޕްރެޝަރާ އެކު ރާއްޖެ ވަޑައިގެންނެވިއަސް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ނުދޭނެ ކަަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ހުރިހާ ފުރުސަތުތަކެއް ނަޝީދަށް ބަންދުވެފައިވީ ނަމަވެސް އެމްޑީޕީން ބޭނުން ވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނަޝީދު ނެރޭށެވެ. އިންތިހާބު ބާއްވަން ވާ އިރަށް ނަޝީދުގެ ކެންޑިޑެސީ ޔަގީންވާނެ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާދިރު މަނަދޫ
04 January 2018
ދެން ތިޔަ ރަޕަތޭލް އޮވޭ. ފީކުދާނި އަންގާ ގޮތައް ނަސީދު ހައްދަަިގެން. ނަތަންޔާހޫ ބުނީ އިޒުރޭލްގެ ރައީސް ކަން ޝަހީދު އައް ދީފަ ބޮޑުވަޒީރު ކަން އަންނި އައް ދޭން ޑަމްޕަރު ވަރައް އަވަހައް ޓްވީޓު ކުރާނެ ޔޯ..
ތަމް
04 January 2018
ޔާމީނު ބިރުގަންނުވަން ކިޔާ އެއްޗެހި އެއީ...
ދޮންގޮމާ
03 January 2018
ޕަޕަޓުއާ ކައިރި ބުނެލަން އޮތީ ކުށްވެރިން ކުށްވެރިގޮތުގަ ބައިތިއްބާފަ އާވެރިޔަކު ދައްކަބަލާށެވެ .. ވޯޓު ދޭނަމެވެ
އިސްމާއީލް
03 January 2018
ތިޔަ ގަރާރުގައި ނޯވޭތަ ތިޔަ ކޮމިޝަނުން ރާއްޖޭގެ ޤާނޫނު އަސާސީއަށް ހުރިމަތްތެރިކޮށް ހިތާނެވާހަކަ? ޑރ. ޝަހީދުވެސް ހާދަ ގަދައޭ ކުދިން ކުދިން ވާވައްދަން.
އިސްމާއީލު
03 January 2018
ނަޝީދަކީ ރައީސްކަމަށް ވެސް އދ.އިންކަނޑަ އަޅާފާނެތަ؟
މޯޑް
03 January 2018
އދ އިން މީނާ އަށް އަންގައޭ ވޯޓްލުމުގެ ކުރިން މިއުޅެނީ މިވެނި ކަމެއް ކަނޑައަޅާށޭ! ކިހާ ގަދަ.
1234
03 January 2018
ރޮހިންގާ މުސްލިމިންނާއި ޕަލަސްތީނުގެ މިސްލިމިން ކަތިލަމުން ދާއިރު ކޮބާތަ ތިބުނާ ސްޕެޝަލް ރެޕެޓޯ ؟
ފަޅުވެރިން
03 January 2018
ބަލަ ރާއްޖޭގައި ބާއްވާ އިންތިޚާބުތަކަކީ ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ބާއްވާ އެއްޗެކޭ، އެއީ އަލިފުދާލުން ބާއްވާ އެއްޗެއް ނޫނޭ! ރާއްޖޭގެ އީސީ އިން ނެރޭ ވޯޓް ކަރުދާހުގައި ނަޝީދުގެ ނަމެއް ނޯންނާނެއޭ! އެއީ ވާނެ ކަމެއް ނޫނޭ މިބުނަނީ!!
އަލީ.
03 January 2018
މަރުހަބާ އދ ނަޝީދައްވާދަ ކުރެވެންވާނެ ނަޝީދާ ވަދަކޮއްގެން ޔާމިނު ބަލިކުރެވޭނެ ވަރައްފަސޭހަކަމާއެކު އެކަމާބިރުން ޖަލައްލީ ޖަލައްލާންޖެހޭމިހުން ފައިގަ ޓެގެއްއަޅުވާފަ
ޙައްޤު ބަސް ބުނާ
03 January 2018
މި ޤައުމުގަ ޤާނޫނު އަސާސީއެއް އޮވޭ! ޤާނޫނު އަސާސީން ފުރުޞަތުނެތް މީހަކަށް، އދ އަކަށް ފުރުޞަތެއް ނުދެވޭނެ! މީ ޙައްޤު ބަސް ޝަހީދޫދޫދޫދޫދޫދޫދޫދޫދޫދޫދޫދޫދޫ!
އަލީ.
03 January 2018
ގާނޫނުއަސާސީގެ ބަނޑޭރި ގަނޑު ނުބަލަ އެތެރެޔައްބަލާ މަޖިލީހުގެ 12 މެންބަރުން ކުއްލިޔަކައް ވަކިކޮއްލުމަކީ ގާނޫނުގެ ތެރޭގައޮތް އެއްޗެއްނޫން އޭގެބެރުގަ ކަލެމެން ލިޔެގެން އުޅޭއެއްޗެއް