ރާއްޖެ ވަޑައިގެން އުޅުއްވާ އީޔޫގެ ވަފުދާ، ފޮރިން މިނިސްޓަރު ޑރ. އާސިމް މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީީ
14 ޖެނުއަރީ 2018 - 15:03
މިހާރު ރާއްޖެ އައިސް އުޅޭ އުޅޭ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ވަފުދާ، ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް މިއަދު ބައްދަލު ކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި، އެކި ދާއިރާތަކުން ރާއްޖޭއާ ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން އީޔޫއާ ގިނަ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ.
ކައުންޓަ ޓެރަރިޒަމާއި ހައްދު ފަހަނައެޅުން ހުއްޓުވުމާއި ތިމާވެއްޓަށް އަންްނަ ބަދަލުތަކަށާއި ތިމާވެށި ހިމާޔަތް ކުރުމަށް ވެސް ހާއްސަ އިސްކަމެއް ދީގެން، ފޮރިން މިނިސްޓަރާއި އީޔޫގެ ވަފުދުން މަޝްވަރާ ކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ސަރަހައްދީ ގުޅުންތައް ހަރުދަނާ ކުރުމަށް ވެސް މަޝްވަރާ ކޮށްފައިވާކަން މިނިސްޓްރީން ނެރުނު ބަޔާނުގައި ފާހަަގަކޮށްފައި ވެ އެވެ.
ރާއްޖެ ވަޑައިގެން އުޅުއްވާ އީޔޫގެ ވަފުދާ، ފޮރިން މިނިސްޓަރު ޑރ. އާސިމް މިއަދު ބައްދަލުކުރެއްވުމަށްފަހު އެ ވަފުދުގެ އިސްބޭފުުންނާއެކު އާސިމް ފޮޓޯއަކަށް ހުއްޓިވަޑައިގެން (ވ-2).-- ފޮޓޯ: ފޮރިން މިނިސްޓްރީީ
އީޔޫ ވަފުދުގެ އިސް ބޭފުޅަކަށް ހުންނެވީ، އެ ޖަމާއަތުގެ އެކްސްޓާނަލް އެކްޝަން ސާވިސްގެ އޭޝިއާ ޑިޕާޓްމަންޓުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޕޯލާ ޕެމްޕަލޮނީ އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގެ ހާލަތު ދެނެގަތުމަށް އައިސް އުޅޭ އީޔޫގެ ވަފުދުން އިއްޔެ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ވެސް ބައްދަލުކޮށްފަ އެވެ. އަދި އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި އެޓާނީ ޖެނެރަލް މުހައްމަދު އަނިލްއާ ވެސް ބައްދަލުކުރި އެވެ.
އީޔޫ ޕާލަމެންޓްރީ ގްރޫޕުގެ އިސް ވަފުދެއް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވެސް ރާއްޖެ އައިސްފައި ވެ އެވެ. އެ ވަފުދު އޭރު ރާއްޖެ އައިއިރު ފްރާންސްގެ ސްޓްރަސްބާގްގައި އޮކްޓޯބަރު ފަސް ވަނަ ދުވަހު ބޭއްވި ޕާލަމަންޓުގެ ބައްދަލުވުމުގައި ވަނީ ރާއްޖެއަށް ފިޔަވަޅު އެޅުމަށް ގަރާރެއް ފާސްކޮށްފަ އެވެ.
ރާއްޖޭގެ ކަންކަން ހިނގަމުން ގެންދަނީ ޑިމޮކްރަސީއާ ބީރައްޓެހި މާހައުލެއްގައި ކަމަށް ބުނެ އީޔޫގެ ޕާލަމެންޓުގެ ބޮޑު އަޣުލަބިއްޔަތަކުން އެ ގަރާރު ފާސްކޮށްފައިވީ ނަމަވެސް ދިވެހި ސަރުކާރުން ބުނެފައި ވަނީ ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
14 January 2018
އދ އާއި ޔޯރޮޕްއިއްތިހާދު އެމަރިކާ އާއި އިޤިރޭސިވިލާތުގެ އިތުރުން އިންޑިޔާ ސަރުކާރުރާއްޖޭގެރިޔާސީއިންތިހާބުގެ ކުރިން، އިންތިޒާމްތަކުގެތެރެއަށްވަންނާންޖެހުނުސަބަބު ތަކާއިމެދު ޤާނޫނީ އަދި އިލްމީނަޒަރަކުން ވިސްނާންޖެހޭ. މަތީގައިދެންނެވިފަރާތްތަކުން “ދައުލަތުގެ ބަރުތައް ރައްޔިތުންނަށް އަލުންހޯދާދިނުމަށް” މަސައްކަތްކުރާއިރު ސިޔާސީ ޕާޓީ ތަކާއި މިހާރުގެ ސަރުކާރާއި މަޝްވަރާ ކުރާފަދައިން “ދައުލަތުގެ ޤާނޫނު އަސާސީ ކޮށާލުމުގެ ކުރިން” ރައްޔިތުން ބާރުވެރި ކުރުވަން ބާރުތައްދީފައިވާ ސިޓީ ކައުންސިލާއި އަތޮޅު އަދި ރަށު ކައުންސިލް ފަދަ ދާއިރާ ތަކުގެ ވިސްނުން ބަލާންޖެހޭ. އެހެން ކަމުން ޕާޓީ ލައިނުން ސިޓީ ކައުންސިލް ތަމްސީލު ކުރަން ފުރުސަތު ނުލިބިއްޖެނަމަ އައްޑޫ ސިޓީ ކައުންސިލް އަމިއްލައަށް އިސްނަގައިގެން އައްޑޫ އާއި ދެކުނުގެ ބޮޑުއާބާދީ އަށް މިކަމުގައި ބަސްބުނުމުގެ ހައްޤުހޯދާ ރައްޔިތުންގެ ބާރުވެރިކަން ތަމްސީލު ކުރުމުގެ ޤާނޫނީ ފުރުސަތު ލިބިގަންނާންޖެހޭ. ތާއަބަދު އެމީހުން ބޭނުންގޮތަކަށް ތަބާވެގެން ނުތިބެވޭނެ.
ބެއްޔާ އައްޑޫ
14 January 2018
ރިޔާޒު ރަޝީދާ ބައްދަލެއް ނުކުރޭތަ؟
ރާއްޖެއާ ދެކޮޅަށް
14 January 2018
ހުއްދަ ނެގިބާ؟