އީޔޫގެ ވަފުދުގެ ބޭފުޅުން މިއަދު މައުމޫނާ ބައްދަލުކުރުމަށްފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.
13 ޖެނުއަރީ 2018 - 20:17
ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމާ ބެހޭ ގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ޔޫރަޕިއަން ޔުނިއަން (އީޔޫ)ގެ ވަފުދު މިއަދު މަޝްވަރާކޮށްފި އެވެ.
އެ ބައްދަލުވުމަށްފަހު މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ސިޔާސީ މަސްރަހުގައި ހުރި ކަންބޮޑުވުންތަކާއި ދެފުށް ފެންނަ މިނިވަން އިންސާފުވެރި އިންތިހާބެއްގެ މުހިންމުކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އީޔޫގެ އެމްބެސެޑަރާއި ޓީމަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގެ ހާލަތު ދެނެގަތުމަށް އައިސްއުޅޭ ޔޫރަޕިއަން ޔުނިއަންގެ ވަފުދުން ވަނީ މައުމޫންގެ އިތުރުން އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން ހޯމް މިނިސްޓަރާއި އެޓާނީ ޖެނެރަލްއާ ވެސް ބައްދަލުކޮށްފަ އެވެ.
އީޔޫ ޕާލަމެންޓްރީ ގްރޫޕުގެ އިސް ވަފުދެއް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވެސް ރާއްޖެ އައިސްފައިވެ އެވެ. އެ ވަފުދު އޭރު ރާއްޖެ އައިއިރު ފްރާންސްގެ ސްޓްރަސްބާގްގައި އޮކްޓޯބަރު ފަސް ވަނަ ދުވަހު ބޭއްވި ޕާލަމަންޓުގެ ބައްދަލުވުމުގައި ވަނީ ރާއްޖެ އަށް ފިޔަވަޅު އެޅުމަށް ގަރާރެއް ފާސްކޮށްފަ އެވެ.
ރާއްޖޭގެ ކަންކަން ހިންގަމުން ގެންދަނީ ޑިމޮކްރަސީއާ ބީރައްޓެހި މާހައުލެއްގައި ކަމަށް ބުނެ އީޔޫގެ ޕާލަމެންޓުގެ ބޮޑު އަޣުލަބިއްޔަތަކުން އެ ގަރާރު ފާސްކުރި ނަމަވެސް ދިވެހި ސަރުކާރުން ބުނެފައި ވަނީ ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަބްޖީ
14 January 2018
ރައީސް ޔާމީނާއި ރައީސް މައުމޫނަކީ ޕޮލިޓިކަލް ސްޓްރެޓެޖިސްޓުން. އެދެބޭފުޅުންގެ ސްޓްރެޓެޖީ ވަރަށް ރަގަޅަށް މަސައްކަތްކުރާކަމަށް ކަބްޖީ ޤަބޫލުކުރަން!
އިސްމާލު
14 January 2018
ލާދީނީ މީހުން ދައްކާ ދިމިޤްރާތީއަށް ބަލާނީ ލާދީނީ މީހުނަ ކަމުގައި ރައީސް މައުމޫނު ކުރިން ވިދާޅުވެފައިވޭ. ޝުކުރިއްޔާ
ޢިބުރާނާ
14 January 2018
ކުޑަކާފު، ބޮޑުކާފުގެ ކާފަ ހުރަސްފާހަގަ ޖެހުމަށް މަދަދު ހޯދަނީ!
ފާތުން
14 January 2018
ޑިމޮކްރަސީއާ ބީރައްޓެހިވިއަސް ރައްޓެހިވިއަސް އެއީ ބޭރުގެ ފަރާތްތަކާ ބެހޭ ކަމެއްނޫން. ދުނިޔޭގެ ގާނޫނަކީ، ﷲ ތައާލާ ބާވާލެއްވި ކީރިތި ގުރުއާން. އޭގައި ނޯވޭ ޑިމޮކްރަސީއަށް ތަބާވާންޖެހޭނެކަމަކަށް.
އަޖައިބު
14 January 2018
އޭގައި އޮންނަ ގޮތަށްތޯ މިއުޅެނީ؟ އިދިކޮޅު އެންމެން ބަންދުކޮށް ނުހައްގު އަނިޔާދީ، ވެރިކަމަށް އައިސްދާނެ އެންމެންގެ މައްޗަށް ދައުވާކޮށް، އެމީހުންގެ ގޯތިގެދޮރުން ހަތިޔާރު ފެނިއްޖެ ކަމަށް ހަދާ، ދައުލަތުގެ މާލިއްޔަތުން ގައުމުގެ ނައިބު ރައީސް މެދުވެރިކޮށް ފައިސާ ނަގާ، މެންބަރުންނަށް ބަހާ، ވޯޓަށް ނުފޫޒު ފޯރުވާ..... ހަމަ ހައްތަހާ ވެސް އެންގެވި ގޮތަށްދޯ މި އުޅެނީ؟
ޔާމިނު
14 January 2018
އެ ފޮތުގައި ވަންކަން ކުރުމާއި އަނިޔާވެރިވުމާއި މަކަރުވެރިވުމާއި އަހުދު ނާމާއަށް ހިލާފުވުން ޙަރާމް ކުރަންވަވާފައިވަނީ.
ފާތުން
14 January 2018
ދުނިޔޭގަ ކުށްސާބިތު ކުރާ ނިޒާމަކީ، ކޯޓުތައް މެދުވެރިކޮށް. މީހަކަށް ވަގަށް ގޮވާ ކޮރަޕްޝަނޭ ބަޔަކު ގޮވުމަކީ، އެމީހަކަށް އަދަބުދެވޭކަމެއްނޫންކަން ނޭނގޭކަމީ، ސްކޫލްތަކުގެ ދޮރުމަތންވެސް ކުދިން ކުދިން ނުހިނގާކަން އެނގޭ ހެތްކެއް.
ދުއްލިސާ
14 January 2018
މަނިކުފާނު ތިގޮތަށް ވަފުދުތަކާބައްދަލުކުރަމުން ވަޑައިގަންނަވާ.30އަހަރު ވަންދެން މިގައުމުގެ ރައްޔިތުން މަނިކުފާނުގެ އަޑުއައްސަވާއިފި. ދެނެއްހީއެއްނުވޭ ތިކުރައްވާކަންތަކަށް ބިރުގަންނަބަޔަކު މިގައުމުއި ތިބިހެނެއް. މަނިކުފާނު ތިހުންނެވީ މިގައުމުގެ ރައްޔިތުންގެ އުމުރުގެ ބޮޑުބައެއް ބޭކާރުކޮށްލާފަ.މިޢީ21ވަނަގަރުނު މިހާރު ދިވެހިންބޭނުންވަނީ ރޮކެޓް ސްޕީޑްގައި ކުރިއަށްދާން. ވަރަށްގިނައިން ސަލާން.
ހުމާމު
14 January 2018
ކާފަރުންނާ ގުޅިގެން ތިސޮރު ކުރާނެހާ ކަމަކީ ރާއްޖެ ހަލާކުކުރުން. ތީ ނުބައި ބެއެއް!
ރާއްޖެ
14 January 2018
އީޔޫ ވެސް މިހާރު "ޑިކްޓޭޓަަރުންނާއި" މަޝްވަރާ ކުރޭތަ؟
ކޭންވީބީ
13 January 2018
ރިޔާސީ އިންތިހާބާ ބެހޭ ގޮތުން އީޔޫގެ ވަފުދު މައުމޫނާ މަޝްވަރާކޮށްފި ނަމަވެސް އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ މަމެން ޕިންކީން ނަހަދާނަމޭ އީޔޫ ވަފްދް ބުނާ ގޮތެއް ސަބަބަކީ އީޔޫ އިން އަންނަ އެކަކަށް ވެސް ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ވޯޓް ލާން ހުއްދަ އެއް ނޯވެއޭ ދެން އެމެން މިގައުމުގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ތެރެއަށް ބޭނެން ނުޖެހޭނެއޭ. މަމެން ނާއި އެކު އޭ ޗައިނާ އަދި ސައުދީ އޮތީ އަދި ޔޫއޭއީ އޮތީ. އީޔޫ މަހަށް ދޭބަލަ ދެން. ދެން މިކަން ވެސް ދަނެގަންނަންވީއޭ އެމްޑީޕީގެ ބިއުޓީ ކްއީނޭ މެން ވެސް ދަނެގެން މަމެން ޕިންކީން އަތުގައި ހިފަންވީއޭ. ކޭންވީ ބީ އީޗް އަދަރސް ކޮމްޕެނީ. މޭބީ ވީ ކޭންބީ އީޗް އަަދަރސް ކޮމްޕެނީ އޯ ކޮމްޕެނީ. ޓެލްމީ ވަޓް ޔޫ ވޮނާ ޑޫ އޯއް އައި ޑޯން ނޯ ޔުއަރ ނޭމް ކޭން ވީ ބީ އީޗް އަދަރސް ކޮމްޕެނީ މޭބީ ވީ ކޭންބީ އީޗް އަދަރސް ކޮމްޕެނީ އޯ ކޮމްޕެނީ އޯ ކޮމްޕެނީ އޯއް އޯއް އޯއް ޑޯން މިސް އައުޓް ދިސް ޗާންސް އައި ވޯންޓް ހޭވް އަ ކޮންވަރޒޭޝަން. މޭބީ ވީ ކޭންބީ. ކޭންވީ ބީ...
ޕަކާސް
14 January 2018
ސައިޒް ވީ ދޯ! އަދި ތިއަށްވުރެވެސް ކުޑަވާނެ!
ތަމެން.
13 January 2018
ސާބަހޭ މަނިކުފާނު ތިކުރާ ހިއްވަރަށް. އެންމެ ތަންފުކެއްވެސް ދޫނުދޭތި. މީ އަނިޔާވެރި ސަރުކާރެއް.
އަލިފުތާބެއްޔާ
13 January 2018
ހުދުމުހުތާރުކަމުން މުޅި ދެކުނުއޭސިޔާގަވެސް އެވަރުދެވަނަ މީހަކުނެތިގެން އީޔޫ އާ އެމެރިކާނުން ދުރުކުރި ވެރިޔަކާ އީޔޫއިން ގުޅިގެން މަސައްކަތްކުރަންފެށީމަ މަގާތައް އައްނަނީީ ވަރައް ދިމޮކުރާތީ ހިނެއް. މިހާރު މޫސުމީީ ބަދަލުތަކުން އެއްމެ ބޮޑު ގެއްލުމެއް މި ލިބެނީީ އެހެންވީމަ ޑިމޮކްރަސީީ އައްކަމަށް މިީ ފެންނަނީީ.