އިމާރާތެއް ތަޅާލުމުގެ މަސައްކަތުގައި ބިދޭސީންތަކެއް ހަރަކާތްތެރިވަނީ..-- ފޮޓޯ: ނިޝާން އަލީ/ މިހާރު
13 ފެބުރުއަރީ 2018 - 18:39
ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ބިދޭސީންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ދީފި އެވެ.
އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަންވަރު ސޮއިކުރައްވައި ނެރުއްވި ބަޔާނެއްގައި އަންނަ ހުކުރު ދުވަހު ބާއްވާ ސިޔާސީ އެއްވުމެއްގައިި ބިދޭސީންތަކެއް ބައިވެރިވާން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެކަމަށް ބައެއް ފަރާތްތަކުން ބާރު އަޅަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަންވަރު ވިދާޅުވި ގޮތުގައި މިފަދަ ހަރަކާތްތަކުގައި ބިދޭސީން ބައިވެރިވުމަކީ ބިދޭސީންނަށް ދޫކޮށްފައިވާ ވިސާއާ މުޅިން ފުށު އަރާ ކަމެކެވެ. އެހެންވެ، ބިދޭސީންގެ ވިސާގައި ނުހިމެނޭ ކަންކަމުގައި ބައިވެރިނުވުމަށް ވެސް އަންވަރު ވަނީ ހުރިހާ ބިދޭސީންނަށް ގޮވާލައްވައިފަ އެވެ.
އެއްވުމުގައި ބައިވެރިވާ ބިދޭސީންނާއި އަދި ބިދޭސީން ގެންގުޅޭ މީހުންނާއި ވިޔަފާރިވެރިންނަކީ ކޮންމެ ވިޔަފާރިއެއް ކުރާ ބައެއް ކަމުގައިވިޔަސް އެ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށާއި އެއްވުންތަކުގައި ބިދޭސީން ބައިވެރިވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އަންނަ ހުކުރު ދުވަހު އެކި ރަށްރަށުން މީހުން އެއްވެ ގައުމުގެ އަމާންކަމާއި ސުލްހަމަސަލަސްކަން ނަގާލަން އުޅޭ ކަމަށް ބުނެ، އެފަދަ ހަރަތާކްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު، ފުލުހުން ވަނީ ދީފަ އެވެ. އެކަމަކު، ހުކުރު ދުވަހު ބޮޑު އެއްވުމެއް ނޯންނާނެ ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިންތު
14 February 2018
އަންވަރު އަށްވެސް ކުރެވޭނެ ވަރުގެ ކަންތައްތަކުގެ ވާހަކަ ދައްކާ ! އަންވަރު ކިހިނެތް މާލޭގައި ބާއްވާ ކެމްޕެއިން ޖަލްސާ ތަކުގައި ބައިވެރިވާ ޗައިނާ މީހުނާއި، ރަށްރަށުގައި ވަޑައިގެން ބާއްވާ ޖަލްސާ ތަކުގައި އަތްޖަހަން ތިބޭ ބޭރު ޓީޗަރުންނާއި ޑޮކްޓަރުން އަދި ނަރުހުންނާއި މެދު ފިޔަވަޅު އަޅަނީ ؟ އަނގަ ތޯއްޗެއް !
ފޮނިކަލޯ
14 February 2018
އެއްވުމުގައި ބިދޭސީން ގިނައިން ބައިވެރިކުރަނީވެސް ސަރުކާރު ހިންގާ ޕާޓީން ، މީޙަޤީޤަތަކީ ނުފެން ނަކަމއްހަދައިގެން އަޅުގަނޑުމެން ތިބެނީ
އަހުމަދުބެ
14 February 2018
ޗައިނާ ސަފީރުވެސް ފަހުގަޑީ އެއޮތީ އިދިކޮޅު ހަރަކާތު ބައިވެރިވެ އަދި ނުވީތާކަށް ޕްރޮޖެކްޓްތައް ފެށި މީހަކީ ނަޝީދު ކަމަށް ބުނެ ނަޝީދަށް ޑިޕްލޮމެޓިކް ގޮތަށް ތާއީދުކޮށްފަ. މިކަމާ ރުޅިއައިސް ވައްތަރު ވައްތަރު ބަޔާންނެރުނީމަ ކަޑަ.
އައްދު
14 February 2018
ޗައިނާ ސަފީރު އުޅުއްވަނީ ދިވެއްސަކާއި ކައިވެނި ބައްލަވައިގެންތޯ؟ ނުވަތަ އޭނާ އަކީ ދިވެހި ރައްޔިތަކަށް ޗޭންޖް ވީތޯ؟ ޖަސްޓް ކިއުރިއަސް
އަބްދުﷲ
14 February 2018
ޢިއުލާނުގައި ކުށެއް އޮތީހެން ހީވަނީ... "އިދިކޮޅު އެއްވުންތަކުގައި" އެހެން ބުނަން އުޅުނު ކަމަށް ވަނީ.. "އިދިކޮޅު" ބަހުގެ ބާރުގަދަ ކަމުން ދިރުވައިލެވުނީ ދޯ؟ ލޮލް
މަހޭޝް
13 February 2018
އަންވަރުވެސް ބަންގާޅިންގެ ކަންކަމުގައި އެއްޗެއްބުނާ ހިސާބައްދިޔައީމަ ހަމަޓަސްލާފަ އެބުނީނުން؟؟ އެހެންވީމަ އޭ އަހަރުމެން މިބުނަނީ ޤައުމަށް އިޙްލާސްތެރިވާނޭ ޕީ.ޕީ އެމް ބޭފުޅުން.. ވަގުތެއް ހޯދާލައިގެން ޒިކުރާ މިސްކިތް ކާރިއަސް އެއްވާ މީހުންގެ ކަންތައްވެސް ބަލާލާނަމަދޯ؟؟
ްއެއްކަލަ މީހާ
13 February 2018
ހާދަ ދެރަ އޭ ދޯ!!!!!!!! ދެން ޕީޕީއެމް ކޯރަމް ހަމައެއް ނުވާނެ ދޯ :(
ތުނިޔަ
13 February 2018
ޢަޅޭ ޕީޕީއެމް އެއްވުންތަކުގަ ޕިންކް ޓީޝާޓް ލައްވާފަ ފަހަތުގަ އެތިބޭ ބަންގާޅު ސޮރުތައް ތިފިޔަވަޅުން އިސްތިސްނާތޯ؟ ފިޔަވަޅު އަޅަން ތިއްބަވާ ބޭފުޅުން ކުރީސަފުގަ ތިއްބަވާތީ ފަހަތް ނުފެންނަނީ ތޯއްޗެ!
ކޮސްކާޅު
14 February 2018
މިހާރު ޗައިނާ މީހުންވެސް ތިބޭ.
ހަހަހަ
13 February 2018
ޕީޕީއެމް ޖަލްސާތަކުގަ ފުދޭވަރަކަށް ގިނައިން ބިދޭސީން ބައިވެރިވޭ
ލޮލްސް
13 February 2018
ޗައިނާ އެމްބެސަރަށް ދިން އިންޒާރު