ހުޅުމާލޭގައި ފްލެޓް އިމާރާތްކުރުމުގެ މަޝްރޫއު އިފުތިތާހު ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު މުއިއްޒު ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
18 ފެބުރުއަރީ 2018 - 22:36
ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުޅުމާލޭގައި 10،000އަށް ވުރެ ގިނަ ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފަށާނެ ކަމަށާއި އަދި އެ ފްލެޓްތައް ލިބޭ މީހުން ވަރަށް އަވަހަށް ކަނޑައަޅައި، އިއުލާން ކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މައްޗަންގޯޅި އާއި ހެންވޭރުގެ މީހުންނާ ބައްދަލު ކުރުމަށް ޕީޕީއެމުން ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ހުޅުމާލޭގައި މިހާރު ވެސް 7،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް ކުރިއަށް ދާއިރު ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި 1،530 ފްލެޓް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި މި ހުރިހާ ހައުސިން ޔުނިޓްތަކުގެ ޖުމްލަ އަދަދު، 10،000އަށް ވުރެ މައްޗަށް ދާއިރު އެ ފްލެޓްތައް ލިބޭނެ މީހުން ސީދާ ރައީސް އަބްދުﷲ ޔާމީންގެ ބެއްލެވުމުގެ ދަށުން ކަނޑައަޅުއްވައި އިއުލާން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ އެކަމުގެ ހަބަރުތައް، އެ މަރުހަލާތަކުގެ ހަބަރުތައް ލިބިވަޑައިގަންނަވާނެ. އެހެންވެ، ޒުވާނުން ވެސް، އިސް ރަށްވެހިން ވެސް އެކަނިވެރި މައިން ވެސް އެކި ފަރާތްތަކުން މިއާމެދު ވިސްނަވާ،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލޭގައި ދިރިއުޅޭ ސިވިލް ސާވަންޓުންނަށް ހާއްސަކޮށްގެން އަޅާ ފްލެޓްތަކަށް 2،100 އަށް ވުރެ ގިނަ މީހުން ކުރިމަތިލި ކަމަށާއި އޭގެ ތެރެއިން 50 ޕަސެންޓް މީހުންނަށް "ފްލެޓް ޔަގީން" ކަމަށެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އާއްމުންނަށް ހާއްސަކޮށްގެން އެންމެ ފުރަތަމަ ހައުސިން ޔުނިޓްތަކެއް އަޅާފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1990 ވަނަ އަހަރު އެވެ. އަދި އޭގެ ފަހުން، އަޅާފައިވާ ފްލެޓްތަކުގެ އަދަދު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް 4،000އަށް ވެސް ނާރާ ކަމަށާއި އެކަމަކު މި ވެރިކަމުގައި މިހާތަނަށް 7،000އަށް ވުރެ ގިނަ ފްލެޓްގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވަނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި، 80،000 މީހުންނަށް އަމާޒުކޮށްގެން ރައީސް ފައްޓަވާދެއްވި ހިޔާ މަޝްރޫއުގެ މަސައްކަތް ވެސް ފާހަގަ ކުރައްވާފަ އެވެ.
"ގެދޮރުގެ މައްސަލައާ އެއްވަރުގެ ހައްލެއް އެ މަނިކުފާނު އެ ގެނެސްދެއްވަނީ. އެއް ބެޑްރޫމް، ދެ ބެޑްރޫމްގެ ތަންތަން. ސޯޝަލް ހައުސިން އަދި މެދު ފަންތީގެ ތަންތަން ވަރަށް އަވަހަށް ފެންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވަނީ ރައީސް ޔާމީންގެ މި ތަރައްގީ ފެންނާތީ ވީހާ ވެސް ގިނަ ބަޔަކު އެ މަނިކުފާނަށް ތާއީދު ކުރުމަށް އެދިވަޑައިގެންފަ އެވެ. އެގޮތުން ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ހޮވުމަށް، އަމަލީ ގޮތުން ބައިވެރިވުމަށާއި ކެމްޕޭން މަސައްކަތުގައި އާއި ގޭގެއަށް ދިޔުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.
މި ސަރުކާރުން އެޅި އެންމެ ފުރަތަމަ ފްލެޓްތައް ހަވާލުކޮށް، އެ ތަންތަނުގައި މިހާރު މީހުން ދިރިއުޅެން ވަނީ ފަށައިފަ އެވެ. އެކަމަކު އެ ފްލެޓްތައް ދިން ބައެއް މީހުންނަކީ އޭގެ ހައްގު ވެރިން ނޫން ކަމަށް ބުނާ ލިސްޓެއް ލީކުވުމާއެކު މުއިއްޒަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރުޅި
20 February 2018
ކުރާނެކަމެއްނެތް އެއީ މުއިއްޒުގެ ތަރިކަ މުދަލެއް. ދޭމީހުންނަކީ ހިމާޔަތްލިބިގެންވާ ބައެއްނު. ރައްޔިތުންނަކާ ކީއް؟
އސަގަަބެެ
20 February 2018
އާދެ ތިކީކީ ނޭނގޭ ވާހަކަ ތަކެއްނޫން. މިރިސޯޓުގައި އުޅޭ ދަރުބާރު ޕާރޓީ އަށް ތާއީދުކުރާ ސޮރަކު އެބަކިޔާ އަންނަ މަހު 20 ނޫނި 22 ހާ ތާނުގަ އެބަ ޖެހެޔޭ މާލެ ދާން. އަދި ނުވިތާކަށް އެސޮރު އެބަ ކިޔާ ތިމަންން އަށް ލިބޭ ފުލެޓް ގަ ސޮއި ކުރާ ށޯ މިދަނީ. މަހު ކުއްޔަކީ 70000ރުފިޔާ ޔޯ މަހަކު. އަނެއްކޮޅުން އެ ސޮރަކީ ގދ ސޮރެއް. މާލޭގައި އުޅޭ ސޮރެއްވެސްނޫން . މަ ހުރީ ހަމަ ކޮސްވެފައި. ސަޯ ޔަގީން ލިސްޓް ވެސް ފައިނަލް ކޮށްގެން ތިތިބީ.
ހަނދުކޭތަ
20 February 2018
ތިބޭފުޅާ ތިވާހަކަ ދައްކާތާ މިހާރު ކިހާ ދުވަހެއް. ދޮގު ހެދުމާއި ދުރުވެ، ﷲ އަށް ބިރުވެތި ވޭ!
އައި ނީޑް ސަމް ކޭޝް
19 February 2018
ޕާޓީ ކުދިންނަށް އަޑި އަޑިން ރައީސް ނަޝީދު އެޅުއްވި ފްލެޓް ބަހާލާފަ، މާލޭގަ ރައީސް ނަޝީދު އެޅުއްވި ޓާޓާ ފްލެޓްތައް ވިއްކާލާފަ އިންތިހާބާއި ދިމާކޮށް ވުޖޫދުގަ އަދި ނުވެސް ނެތް ފްލެޓްތަކެއް ލިބޭކަމަށް ނިކަމެތި ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން އުޅޭނެ ކަމެއްނެތް.. ހުޅުމާލެއަކީ ރައީސް މައުމޫނުގެ ދުރުވިސްނުމާއެކު ފެށި ވަރަށް ވިޝަނަރީ ޕްރޮޖެކްޓެއް.. ހުޅުމާލޭގައި އެންމެ ގިނަ ފްލެޓް އެޅުއްވީ ރައީސް ނަޝީދު.. އެއީ ޗައިނާ ފްލެޓްގެ 1000 ފްލެޓް.. މިސަރުކާރަށް 5 އަހަރު ވެގެންދާއިރު އަމަލީ ގޮތުން އެންމެ ފްލެޓެއްވެސް އަޅައި ނުނިމޭ.. ރަށްރަށުގައި މަގު ހަދާ ނަރުދަމާ އަޅާފަ މެޑަލް ޖަހަނީ ބަލަ އެއީވެސް ރައީސް ނަޝީދުގެ ވެރިކަމުގައި އެކުލަވާލައި ފަންޑު ހޯދާފަ ހުރި ޕްރޮޖެކްޓްތައް.. މިސަރުކާރަށް ވީހާވެސް ކަމަކީ އިންތިހާ ބޮޑު ދަރަންޏާއި ކޮރަޕްޝަނާއިއެކު ބްރިޖާއި އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތެއް ހެދުން.. ދެން ވީކަމެއް ހަމަ ހަރާމް..
މިސްރާބު
19 February 2018
ތި ޚަބަރުންވެސް މައިތިރި ނުކުރެވޭނެ ތިކަމުގަވެސް އިންސަފެއް ނެތް
ފުދިއްޖެ
19 February 2018
ތި ބުނެވުނީ ތިކަންތައް ދާނެ ގޮތް: "ސީދާ ރައީސް ޔާމީނުްގެ ބެއްލެވުމުގެ ދަށުން". ވީމާ އަހަރެއަހަރެމެން އާދާއިގެ ރައްޔިތުން އެއްވެސް ކަމަކަށް އުންމީދެއް ނުކުރަމު. ދެން މުޢިއްޒުގެ ބައްޕަޔަކީ ނުލާހިކު އަބުރުވެރި މާތް ބޭފުޅެއް. މިއަދު މަގާމުގެ ދަހިވެތި ކަމުގައި ތިބައި މީހުންނާއި ޖެހި އަހިވަކާއި ޖެހި އަހިވައް ފާވީމާ އެ ބައްޕަގެ ހަދާނަށްވެސް ހުތުރު.
އަހްމަދު
19 February 2018
މި ސަރުކާރުން މިދިޔަ 30 އަހަރާ ނުބައްދަލު އަދަދަކަށް ލާރިދަމައިފި ރައްޔިތުން އަތުން.
ކިނާން
19 February 2018
ސާބަހޭ ރައީސް މި ގައުމުގެ ޒުވާނުންނާއި އަދި މި ގައުމުގެ ރައްޔަތުންނަށް ތިޔަ ކޮއްދެއވަމުން ގެންދަވާ ބުރަ މަސަކައްތަކައް ށުކުރިއްޔާ މިނިސްޓަރ މުއިޒް އަކީ ގަޓު ހުރި ބޭފުޅެއް.
ޒުވާނާ
20 February 2018
ކޮންކަމެއްތަ ކޮށްދެނީ. އިބްރާހީމް ނާޞިރު ދުވަސްވަރުން ފެށިގެން ޔާމީނާހަމައަށް ވެރިކަން ކުރި އެންމެންނަށް ދައުލަތަށް ލިބުނު ލާރިއަށްވުރެ ޔާމީނުގެ ހަތަރު އަހަރު އެކި ނަންނަމުގައި ރައްޔިތުންގެ އަތުން ދެމިލާރިއާއި ތަންތަން ވިއްކައިގެންނާއި ލޯނު ނަގައިގެން ހޯދިލާރިގިނަ. ދެން ކޮން ތަރައްޤީއެކޭތަ މިކިޔަނީ.
ނާސިދު
19 February 2018
މިވީ 5 އަހަރުތެރޭ މިސަރުކާރުން އެޅި ފުލެޓެއް އަދި ލޮލަށް ފެންނާކަށް ނެތް . ކުރިހާކަމަކީ އަމަލީ މަސައްކަތް ކުުރުން ، ބިންގާ އެޅުން، ކަޑަ ޖެހުން، ކުރީގެ ސަރުކާރުތަކުން ނިންމާފަހުރި ފުލެޓްތައް ފެމިލީ އެންޑް ފުރެންޑްސްއަށް ދިނުން.
އާސިމާ އަހުމަދު
19 February 2018
ބަލަދު އެރި މީހުންނަށް ފްލެޓް ބަހާނިމުނީތަ؟ ރަނގަޅަށް ބަލާ ކުރިން ބެހި އިރު ގާތްތިމާގެ މީހުންތެރޭވެސް އަދި ރައްޓެހިންތެރޭވެސް މީހަކަށް ފްލެޓެއް ދިއްކޮށްނުލެވިހުރިތޯ... ހުރިއްޔާ އެމީހަކަށް ދީފަ ނޫނީ ތިޔަ ވާހަކަ ދައްކައިގެންވެސް ނުވާނެ..... މިހާ ގައްދާރު މީހަކު ހުންނާނެހެން ހިޔެއްނުވޭ..... އަދީބަށް ވުރެ ވަކިން ސަހަލު މީހެއް ނޫން މީކީ... ކިތައް ނިކަމެތިންގެ ހައްގު ނިގުޅައިގަތީ؟ އެކަން ފޮރުވަން އަދި ވުޖޫދަށް ނާންނަ ތަންތަނުގެ ހުވަފެން ރައްޔިތުންނަށް ދައްކައިގެން އެކަން ހަނދާން ނައްތާލަން މިއުޅެނީ.... ނުވާނެ އެކަމެއް. މިހާރު މި ސަރުކާރުގެ ފެންވަރު އެނގިއްޖެ. ނޫސްތަކުގަ ފްލެޓް ދިންގޮތުގެ ވާހަކަ އާއި މައްސަލަ ބަލަން ހުށަހެޅިވާހަކަ ގެނެސްދިން އަދަދެއްނޭނގޭ. ސަރުކާރަށް ކަމެއްވީހެންވެސް ހީނުވޭ. މިވަރުބަޔަކު އަދި ނުދެކެން