އެޓާ ރަސްމީކޮށް ލޯންޗް ކުރަން ހޮނިހިރު ދުވަހު ގަމުގެ އީކްއޭޓަ ވިލެޖްގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ކައުންސިލް
19 ފެބުރުއަރީ 2018 - 12:57
އައްޑޫ ހިމެނޭ ގޮތަށް ދެކުނުގެ އަތޮޅުތަކުގައި ޓޫރިޒަމް ތަރައްގީކޮށް، ކުރިއަރުވަން މަސައްކަތް ކުރަން ޚާއްސަ ކޮށްގެން އިކުއެޓޯރިއަލް ޓްރެވަލް އެންޑް ޓޫރިޒަމް އެސޯސިއޭޝަން (އެޓާ) ގެ ނަމުގައި ޖަމިއްޔާއެއް އުފައްދައި މަސައްކަތް ފަށައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އިސް ނެގުމަކަށް އުފެއްދި ޖަމިއްޔާގެ މުޝްތަރާކަށް ހުންނެވީ އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.
މިދިޔަ މަހު ރަޖިސްޓަރީ ކުރީ އެޓާގެ ބޯޑް އެކުލަވާލައި، ބޯޑަށް މެމްބަރުން ވެސް ވަނީ ހަމަޖައްސައިފަ އެވެ. އައްޑޫ ސިޓީ ކައުންސިލްގެ އިސް ނެގުމަށް ޖަމިއްޔާ ހެދި ނަމަވެސް، އެޓާ މަސައްކަތް ކުރަނީ މިނިވަން މުސްތަގިއްލު ބޯޑަކާއެކު، ވަރަށް މިނިވަންކޮށް ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.
ހަތް މެމްބަރުން ހިމެނޭ އެޓާގެ ބޯޑުގެ ރައީސަކީ ގަމުގައި ހިންގާ އީކްއެޓާ ވިލެޖްގެ މެނޭޖަރު މުހައްމަދު ވަހީދެވެ. ނައިބް ރައީސަކީ އައްޑޫގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަދި އައްޑޫގައި އެކްއަވެންޗާގެ ނަމުގައި ޑައިވިން ސެންޓަރެއް ހިންގަމުން އަންނަ އަަބްދުﷲ ތޮއްޔިބް (ޓޮމް) އެވެ. ޖަމިއްޔާގެ ޖެނެރެލް ސެކްރެޓަރީ އަކީ އަމިއްލަ ފަރުދެއްގެ ގޮތުން އައްޑޫ އިޝްތިހާރުކޮށް، މާކެޓް ކުރުމުގެ މަސައްކަތް ކުރާ "ޑިސްކަވާ އައްޑޫ" ގެ ބާނީ މިސްބާހް ނަޒީރެވެ.
ބޯޑުގައި ދެން ހިމެނޭ މެމްބަރުންނަކީ މަރިޔަމް ގާސިމް، މޫސާ ހަނީފް، އަހުމަދު ނަދީމް އަދި އިބްރާހީމް ޝަޒިމް އެވެ.
އެޓާއާ ބެހޭ ގޮތުން މޭޔަރު ސޯބެ "މިހާރު" އަށް މިއަދު ވިދާޅުވީ ޓޫރިޒަމަށް ޚާއްސަ ޖަމިއްޔާއެއް އުދައްދަން ނިންމި މައިގަނޑު އެއް ސަބަބަކީ އައްޑު އާއި ފުވައްމުލަކާއި ހުވަދު އަތޮޅާއި ލ. އަތޮޅު ވެސް ހިމެނޭ ގޮތަށް މެދުފަންތީގެ ޓޫރިޒަމް ވީހާ ވެސް ބޮޑަކަށް ކުރިއަރުވައި ތަރައްގީ ކުރުމަށް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ދެކުނުގެ އަތޮޅުތަކުގައި މިހާރު ގެސްޓް ހައުސް ވިޔަފާރި ފުޅާވަމުން އަންނައިރު، އެކަމަށް އިތުރަށް މަގުފަހިކޮށް ދިނުމަށް މަސައްކަތް ކޮށް ދޭނެ ބަޔަކު ތިބުމަކީ މުހިއްމު ކަމެކެވެ. އަދި ގަން އެއާޕޯޓު، ބައިނަލްއަގްވާމީ އެއާޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރާއިރު، އެއީ ބޭރުގެ އެއާލައިންތަކުން މަތިންދާބޯޓުތައް އޮޕަރޭޓް ކުރަން އެކަށީގެންވާ ވަރަށް، އެނދުތައް ހުރި ސަރަހައްދަކަށް ހަދަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އެޓާގެ ބޯޑް މެމްބަރުން އައްޑޫ މޭޔަރު ސޯބެ (ވާތް ފަރާތުން ހަތަރު ވަނަ) އާ އެކު. ފޮޓޯ: ކައުންސިލް
"އެހެންވެ، އައްޑޫ ވެސް ހިމެނޭ ގޮތަށް ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކޮށް، ތަރައްގީ ކުރުމަކީ މުހިއްމު ކަމަކަށް ވާތީ މި ކަހަލަ ކަމެއް ފަށަން ނިންމީ. މީގެ ސަބަބުން މި ދާއިރާ އިން ކުރިއަށް ދެވެން ހުރި ފުރުސަތުތަކާއި ކުރިއަށް ދެވޭނެ ގޮތްތައް ފަހިކޮށް ދޭން އެޓާ އިން މަސައްކަތް ކުރާނެ،" ސޯބެ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް ކޮންސާން އަކީ ސަސްޓެއިން ކޮށް މި ތަނަށް ބޭރުގެ އެއާލައިންތައް އޮޕަރޭޓް ނުކުރެވިދާނެ ކަމުގެ ބިރު އޮތުން. މިހާރު ވެސް ސްރީ ލަންކަން އެއާލައިންސަށް ވެސް އެބަހުރި ދަތިތަކެއް ޝެޑިއުލްކޮށް ދަތުރު ބާއްވަން މިތާނގައި އެނދު މަދުވީމަ. އެހެންވެ އެ އެއާލައިނާ ގުޅިގެން ވެސް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަން އެބަހުރި ރޭވިފައި."
މީގެ ކުރިން ސީދާ އައްޑޫ ސިޓީ ކައުންސިލުން ވެސް ވަނީ ގެސްޓްހައުސް ވެންޗާގެ ނަމުގައި އައްޑޫގައި ޕްރޮޖެކްޓެއް ކުރިއަށް ގެންދަން ނިންމައި އެކަން އިއުލާން ވެސްކޮށްފަ އެވެ. އެކަމަކު ފަހުން ކައުންސިލްގެ ބާރުތައް ސަރުކާރަށް ނެގުމާ ގުޅިގެން، އެ ޕްރޮޖެކްޓް ވަނީ ހުއްޓާލަން ޖެހިފަ އެވެ.
މޭޔަރު ވިދާޅުވީ އެޓާއިން މަސައްކަތް ކުރާނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އާއި މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާއި ޓޫރިޒަމް ދާއިރާ އަށް މަސައްކަތް ކުރާ އެކިއެކި ފަރާތްތަކާ ވަރަށް ބޮޑަށް ގުޅިގެން، މަޝްވަރާ ކޮށްގެން ކަމަށެވެ.
Addu Trust Fund in tourism promote kuranee
The most trusted news source in the Maldives
Mihaaru
އައްޑޫގައި ޓޫރިޒަމް ކުރިއަރުވަން ކައުންސިލުން ވަރަށް ބޮޑަށް ބޭނުންވޭ.
އެޓާގެ މަސައްކަތްތައް މިހާރު ފަށާފައިވާ އިރު، ކައުންސިލުން ވަނީ އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑުން ހަރަދުތަކެއް ކުރަން ވެސް ނިންމައިފަ އެވެ. އެގޮތުން މި އަހަރުގެ ބަޖެޓްގައި ވަނީ އެކަމަށް 3.5 މިލިއަން ރުފިޔާ ހިމަނައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީދޫ މުރުޝިދު
20 February 2018
މީދޫ ބަޔަކުވެސް މިކަހަލަ ޓޫރިޒަމް ޖަމްއިއްޔާ އެއް ހަދާފައިވޭ މީގެ 2 އަހަރު ކުރީން. އެޖަމްއިއްޔާގެ ފަރާތުން އައްޑޫ ގަމަށް ޗާރޓަރ ފް؛ލައިޓް ޖައްސުވައިގެން މީދޫން 40 ގެ ކުއްޔަށް ނަގައިގެން ހިންގން ވަރަށް ފޮނި ވާހަކަ ދެއްކި. ހަރާމުން ހަރާން ވީ އެއް ކަމެއް ވެސް. މަވެސް ޔަގީން ކަން ދީފާ ނަން ސޯބެމެން ތިހެދި ޖަމްއިއްޔާ އަށް ވެސް ވާނެ އެއް ކަމެއް ވެސް. ރަނގަޅު ވަރުގެ އެންމެ ގެސްޓް ހައުސް އެއް ފުރަތަމަ ހިންގޭނެ ބަޔަކުވެސް އައްޑޫން ނުފެނޭ. އައްޑޫ ޑެސްޓިނޭޝަން މަރކެޓިން ޕްރޮޖެކްޓެއް ހަދައިގެން މަރކެޓް ކުރާނެ ގޮތެއް އެނގޭނެ ބަޔަކު ތި ކަން ކަމާއި އުޅޭ ތަނެއް ނުފެނޭ. ކޮންމެ ކަމެއްގަވެސް ނަމުން ސޯބޭ އުޅެން ޖެހެނީ . އެކަމަކު ސޯބެ އަކީ ޓޫރިޒަމްގެ އަލިފެއްވެސް އެނގޭ މީހެއް ނޫން. އަދި ހިންގުންތެރި ކަމުގެ ރޮނގުންވެސް ސޯބެ އަކީ މާ ފަހަތުގައި އުޅޭ މީހެއް. މާ ކުޑަ ރަށް ރަށުގެ ކަައުންސިލުން އިސް ނަގައިގެން މާ ރަނގަޅު ކަން ކަން އެހެން ތަންތާ ކުރާ ތަން ފޭނޭ.
ކަބްޖީ
19 February 2018
މިބޯޑުގެ މަސައްކަތް ޕްރޮފެޝަނަލްކޮށް ބައިޕާޓިސަންކޮށް ގެންދެވިއްޖިއްޔާ ދެކުނު ޓޫރިޒަމްއަށް ފައިދާކުރާނެ. އެމްޑީޕީ ނުވަތަ ޕީޕީއެމްގެ ގޮތްޕެއްގޮތަށް މިބޯޑު އަމަލު ނުކުރާނެކަމަށް ކަބްޖީ އުއްުމީދުކުރަން.
ފުވައްމުލަކި ކޫދެއް
19 February 2018
ތިޔަ ޖަމުއިއްޔާއިން އައްޑޫގެ ޓުއަރިޒަމް ކުރިއަރުވާ. އަފުންނާ ނުބެހޭ!!
ސޭކުބެ
19 February 2018
ވަރަށް ރަގަޅު ފެއްޓުމެއް. އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ.
ޕޯޕޮއިޒް
19 February 2018
ރަގަޅު ކަމެއް. މިހިނގާ 21 ވަނަ ގަރުނުގަ މާލޭ ސަރުކާރަށް އައްޑޫގަހުރި 2 މެގަވޮޓުގެ އިންޖީނުގަނޑެއް އިންސްޓޯލުކުރެވުނީ 3 އަހަރުދުވަހުން.. އެފަދަ ބަޔަކަށް ހެއްލިގެން ކަމެއްކޮށްދޭނެކަމަށް ބަލައިގެން ތިބުމަކީ މޮޔަކަމެއް.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
19 February 2018
ޔޯރަޕް އިއްތިހާދުގެ ޤައުމު ތަކާއި ޗައިނާ ، އެމަރިކާ އަދި ޔޫއޭއީ ފަދަ ޤައުމު ތަކުން މާލޭގައި ހިންގަމުން އެދާ ހަމަނުޖެހުނުގެ ތެރެއަށް ދަތުރު ނުކުރުމަށް އެ ޤައުމު ތަކުގެ ފަތުރުވެރިންނަށްދަނީ ނަސޭހަތް ތެރިވަމުން. . . މިދަނޑި ވަޅުގައި ރައްޔިތުންނާއި އެކުގައި އޮތް “ރައްޔިތުންގެ މޭޔަރ” އިސްނަގައިގެން ތިކުރެއްވީ ރަނގަޅު މަސައްކަތެއް. ކާމިޔާބު ވާނެ. . . ހަމަނުޖެހުން ބޮޑުވެ މާލެ އަށް ފަތުރުވެރިން ދަތުރު ނުކުރި ކަމުގައި ވިޔަސް “މިއީ ތަފާތު ބަޔަކު ދިރިއުޅޭ ތަފާތު ތަނެއް” ކަމަށް ބުނެ ގޭން އެއަރޕޯޓް ފްލައިޓް ތަކަށް ހުޅުވިފައިވާ ކަމަށާއި “ސީދާ ޤުދުރަތީ ރީތިރަށްތައް” އެކުލެވޭ ކްރިސްޓަލް ކްލިއަރ ވޯޓަ ، ވައިޓް ސޭންޓް ބީޗް އޮތީ “އީކްއޭޓަރ” ވަންއެންޑް ހާލްފް ޑިގްރީޗެނަލް ގަ އޮތް ހުވަދޫ އަތޮޅުގައި ކަމަށް ޔޯރަޕް އިއްތިހާދާއި އެމަރިކާ އޮސްޓްރޭލިޔާ ، ޖަޕާން ރަޝާ އަދި އިންޑިޔާ ގައި އިސްތިހާރުކޮށް އަމިއްލަފައިމައްޗަށް ތެދުވޭ.
އެހެންތާ ؟
19 February 2018
ތިއީ ވެސް ބައާވާތެއް ކަމަށް ޔާމީން ބުނެފާނެ. ބުނަން ރަނގަޅަށް ތިހެދީ. ޓްއަރިޒަމް އިސްތިހާރު ކުރަން އެމްއެމްޕީއާރސީ އިން ކުރެވޭނެ ކަމެއްނެތް. އެތާ ތިޖޫރީ ހުރި ތަނުގައި ހުރީ ބޮޑު ވަޅުގަނޑެއް.
ވަން އެންއޮންލީ ސަދަންއެޓޯލްސް
19 February 2018
ގައްޑާ ބައެއް. ތިކޮށްލީ ހަމަ މޮޅުތަކެއް. ގްރޭޓް ޖޮބް އައިލައިކް.
ބެސްޓް
19 February 2018
ސާބަހޭ... !! ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
19 February 2018
ވަގުތު ނަގާނުލާ ޖަމީއްޔާގެ މަޤުސަދަށް ބާރުމިނުގައި މަސައްކަތް ކުރާންޖެހޭ. . . މިކަމުގައި މިވަގުތު އެންމެ ބޮޑު އެހީއެއްވެދެވިދާނެ ބަޔަކީ މާލޭގެ ރިސޯޓްތަކާއި ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާ ދެކުނުގެ ރައްޔިތުންގެ އިތުރަށް ބޭރު ގައުމު ތަކުގެ ފައިޕްރޮފައިލް މަޤާމް ތައް އަދާކުރާ ދެކުނު މީހުންނާއި އެ ޤައުމު ތަކުގައި ތިބި ދެކުނުގެ ކިޔަވާބކުދިން. . ގަމުގެ އެއަރޕޯޓް ފަޅުތަނަކަށް ބޭއްވުމަށް އެދޭ އިކްއިޓޯރިއަލް ކޮންވެންޝަން ސެންޓަރ ވީރާނާކޮށްލި އަދި ހުވަދޫ އަތޮޅުގެ ފަތުރުވެރިކަމަށް ގަމުން ސީޕްލޭން އޮޕަރޭޓް ކޮށްނުދިން ބަޔަކު ތިކަމުގައި އެހީތެރިވެދޭނެ ކަމަށް ހީކޮށްގެން ނުވާނެ. . . އައްޑޫ މުލައް ހުވަދޫ އަދި ލާމް އާއި ތ އަތޮޅު އެކީގައި ތެދުވެ ސަރަހައްދީ ރައްޔިތުން “އަޅުވެތި ކަމުން މިންޖުކުރުމަށް” އަތު ގުޅާލަންޖެހޭ. މިކަމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ސަދާން ޕްރޮވިންސް ގައި އެބަހުރި. ﷲ ގެ މިންވަރު ފުޅާއި އެކު ދާދި އަވަހަށް ލާމަރުކަޒީ ޤާނޫނުގެ ބާރުވެރިކަން ވެސް އަލުން ލިބޭނެ.