ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގޮތުން ރައީސް ޔާމީން މަޖިލީހަށް ފޮނުއްވި ގަރާރު ދިރާސާ ކުރުމަށް އިއްޔެ ބޭއްވި، ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ ބައްދަލުވުމަށް މެމްބަރު އިބްރާހިމް ދީދީ ވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
21 ފެބުރުއަރީ 2018 - 21:46
ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގަރާރެއް ރައްޔިތުންގެ މަޖިލީހުން ފާސް ކުރާއިރު ވެސް މަޖިލީހުގެ ގަވާއިދު އޮތްގޮތުން އަމަލު ކުރަން ޖެހޭނީ ބިލްތަކާ މެދު އަމަލުކުރާ އުސޫލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ދީދީ (ޑީޑީ) މިރޭ ވިދާޅުވެއްޖެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު 30 ދުވަހަށް ދަންމަން މަޖިލީހުން ރޭ ފާސްކުރީ 38 މެމްބަރުންގެ ވޯޓުންނެވެ. ގާނޫނުއަސާސީ ބުނާގޮތުން ރައްޔިތުން އެ މައްޗަށް އަމަލު ކުރަން ލާޒިމްވާ އެއްވެސް ކަމަކަށް ވޯޓަށް އަހަން ޖެހޭނީ މަޖިލީހުގެ ދެ ބައި ކުޅަ އެއްބައި މެމްބަރުން ހާޒިރުވާ ޖަލްސާއެއްގަ އެވެ. މިހާރު މަޖިލީހުގެ މެމްބަރުންގެ އަދަދަށް ބަލާއިރު އެއީ 43 މެމްބަރުންނެވެ.
އެކަމަކު އެ ގަރާރަށް ވޯޓަށް އަހައި، ފާސްކުރުމުގެ ކުރިން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވެފައި ވަނީ ރައްޔިތުން އަމަލު ކުރުން ލާޒިމްވާ ކަންކަން މަޖިލީހުުގެ ގަވާއިދުގައި މާނަ ކޮށްދޭ 38 ވަނަ މާއްދާ މާއްދާގައި، ކުއްލި ހާލަތުގެ ގަރާރުގެ ވާހަކަ ހިމެނިފައި ނެތް ކަމަށެވެ. އެހެންވެ، ކުއްލި ހާލަތުގެ ގަރާރާ މެދު ވޯޓަށް އެހީ އާންމު ޖަލްސާތަކެކޭ އެއްފަދައިންނެވެ.
މެމްބަރު ޑީޑީ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގެ އިތުރުން މަޖިލީހުގެ ގަވާއިދު އޮތްގޮތުން ވެސް ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަށް ވޯޓަށް އަހަން ޖެހޭނީ މަދުވެގެން 43 މެމްބަރުން ހާޒިރުވާ ޖަލްސާއެއްގަ އެވެ. ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ މަޖިލީހުގެ ގަވާއިދުގެ 143 ވަނަ މާއްދާ އެވެ. އެ މާއްދާގައި، މަޖިލީހަށް ހުށަހެޅޭ ގަރާރާ މެދު ވެސް އަމަލު ކުރެވޭނީ މަޖިލީހަށް ހުށަހެޅޭ ބިލްތަކެކޭ އެއްފަދައިން ކަން ސާފުވާ ކަމަށް ޑީޑީ ވިދާޅުވި އެވެ.
"ގަވާއިދުގެ 38 ވަނަ މާއްދާ އެކަނި ވިދާޅުވެފައި [މަޖިލީހުގެ ރައީސް މަސީހް] އެކަން އޮޅުވާލީ. އެކަމަކު އެ ގަވާއިދުގެ 143 ވަނަ މާއްދާގައި މި އޮތީ ސާފުކޮށް ބުނެފައި ގަރާރުގެ މައްޗަށް ވެސް ހިނގާނީ ބިލްތަކާ މެދު ހިނގާ އުސޫލު ކަމަށް. އެހެންވީމަ ވަރަށް ސާފުކޮށް އެބަ މާނަ ކޮށްދޭ މި މާއްދާ އިން ވެސް އެއީ ރައްޔިތުން އަމަލު ކުރުން ލާޒިމްވާ ކަމެއް ކަން،" ޑީޑީ ވިދާޅުވި އެވެ.
އިދިކޮޅު އެހެން ބައެއް މެމްބަރުންނާއެކު، މެމްބަރު އިބްރާހިމް ދީދީ ވަޑައިގަންނަވަނީ.---ފައިލް ފޮޓޯ: މިހާރު
އޭނާ ފާހަގަ ކުރެއްވި ގަވާއިދުގެ 143 ވަނަ މާއްދާގައި ވަނީ މަޖިލީހުގައ ގަރާރުގެ މައްޗަށް ވެސް ހިނގާނެ އުސޫލަކީ އާންމު ގޮތެއްގައި ބިލުގެ މައްޗަށް ހިނގާނެ އުސޫލު ކަމަށެވެ. އަދި ގަރާރާ ބެހޭގޮތުން އަމަލު ކުރެވޭނީ ވެސް ބިލާ ބެހޭގޮތުން މަޖިލީހުގައި އަމަލުކުރާ އުސޫލުން ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަށް ވޯޓަށް އެހުމުގައި އޮންނަން ޖެހޭ ގާނޫނީ އަދަދާ މެދު ސުޕްރީމް ކޯޓުގެ ލަފައަކަށް މަޖިލީހުން ވަނީ އެދިފަ އެވެ. އެހެންވެ، އެކަމުގައި ލަފައެއް ދެވެންދެން، މަޖިލީހުން އިއްޔެ ފާސްކުރި ކުއްލި ހާލަތުގެ ގަރާރަށް އަމަލު ކުރަމުން ގެންދިއުމަށް ސުޕްރީމް ކޯޓުން މިރޭ ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު މަޖިލީހުން ފާސްކުރީ އެ ގަރާރުން ހިފަހައްޓާފައިވާ މަޖިލީހާއި ސުޕްރީމް ކޯޓުގެ ބާރުތައް އަނބުރާ ދިނުމަށް ފަހު އެވެ. އެގޮތުން ރައީސާއި ނައިބު ރައީސް ވަކި ކުރުމުގެ ބާރާއި ވަޒީރުން ވަކި ކުރުމުގެ ބާރާއި ޕްރޮސެކިއުޓާ ޖެނެރަލް ވަކި ކުރުމުގެ ބާރާއި ރައީސް ވަކި ކުރުމުގައި އުފެދޭ ޚިލާފާ މެދު ގޮތެއް ނިންމަން ސުޕްރީމް ކޯޓަށް ލިބިދޭ ބާރު ވެސް މަޖިލީހުން ގަރާރު ފާސްކުރި ވަނީ ގަރާރުން އުނިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢައްޑޫމީހާ
22 February 2018
ޙަޤީޤަތުގަވެސް ތެދުފުޅެއް ! 87 ވަނަ މާއްދާގެ ބޭނުމާށް މަޖްލިސް ޤަވާޢިދުގެ 38 ވަނަ މާއްދާ ގަ ބަޔާން ކޮށްފަ ވާ ގާނޫން ތަކުގެ ގެ ވާހަކަ އެކަނި ބުނެލާފަ މަސީހް މަސައްކަތް ކުރީ ރައްޔިތުން ނަށް އޮޅުވާލުމަށް ! އެޤައާޢިފުގެ 143 މާއްދާ އިން ސާފުކޮށް އެގެން އެ އޮތީ ރައްޔިތުން އެމައްޗައް ޢަމަލު ކުރަން ޖެހޭ ޤަރާރެއް ފާސްކުރަން ޤާނޫން ޢާއި އެއް ގޮތައް ބަލަން ޖެހޭނެވާހަކަ! ސާބަސް އަފަގެ ޑީޑީ
ތައްތި
21 February 2018
ސާފު ސީދާ ދިވެހި ބަހުން ލިޔެފައޮތް އެއްޗެއް ބޭނުންގޮތަކަށް މާނަކޮށްގެން ރައްޔިތުންނަށް އޮޅުވާލާބަޔަކު އަދި ރައްޔިތުންގެ ލޯ ކުރިމައްޗަށް ފެންނަން ނެތް ކިތައްކަން ކިހާ ވަރަކަަށް އޮޅުވާލާނެ. މިމީހުން 2019 ވަނަ އަހަރު ރައްޔިތުން ގާތަށް ވޯޓު ހޯދަން އައިމަ ރައްޔިތުންވާނެ މިމީހުންނަށް މިވާހަކަތައް ކިޔައިދޭން.. އަސްލު ހަގީގަތުގައި ލަދުވެސް ގަންނަން ޖެހޭނެ ރައްޔިތުންގާތަށް ގޮސް ވޯޓޭ ކިޔަންވެސް.
765
21 February 2018
ޑީޑީ ތިއީ ގާނޫނު އަސާސީގެ ތަރުޖަމާނުތަ?
ބިސްބެ
22 February 2018
ޑީޑީ ހެޔޮބަހެއް ބުނީމަ ކަލެއަށް ގޯސްވީ ދޯ! ހޭއަރާބަލަ ގައުމު މިއޮށްގެން ފުނޑެނި
ބޮޑޭ
22 February 2018
ގާނޫނު އަސާސީގެ ތަރުޖަމާނު ކުރިކަނަތައް ކަލެޔަކަށް ނޭގެއެއްނު! ފިލްޒާ ޖަލްސާއިން ނިކުންނެވި މި ގަރާރު ފާސްކުރުމުގެ ކުރިން. މިކަހަލަ ދެއުޅިއެއްނުވާ މީހުންގެ ސަބަބުން ގައުމު މި ދަރަޖައަށް ވެއްޓިގެން މި އުޅެނީ. އެހެންނޫނަސް ޑީޑީ ނޮވެމްބަރު 3 ގަ ދިން އުދުވާނީ ހަމަލާގެ ބަތޮލު. ޑީދީ މެންގެ އަދިވެސް ހުންނާނީ ގައުމީ ލޭ