ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު ހުސެއިން މަނިކު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލިސް
22 ފެބުރުއަރީ 2018 - 18:05
ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމް ދޫކުރުމުގެ ވިސްނުމެއް ނެތް ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު ހުސެއިން މަނިކު ދޮންމަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
ހުސެއިން މަނިކުގެ އިތުރުން ވިލުފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ރިޔާޒް ރަޝީދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް، އެ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވުމާ ގުޅިގެން، އެއަށް ރައްދު ދެއްވަމުން ހުސެއިން މަނިކު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އެއްވެސް ބޭފުޅަކާއެކު ވާހަކަތަކެއް ކުރިއަށް ނުދާ ކަމަށެވެ.
"އަޅުގަނޑުގެ [މަޖިލީހުގެ] މި ދައުރު ނިންމާލާނީ ރައީސް ޔާމީނާއި ޕީޕީއެމާއެކު. އަޅުގަނޑު ހޮވުނީ ރައީސް ޔާމީނާއި ޕީޕީއެމްގެ އެހީތެރިކަން ވެސް ލިބިގެން. އެހެންވީމާ ޖުމްހޫރީ ޕާޓީއާ ގުޅުމުގެ އެއްވެސް ވިސްނުމެއް ނެތް. އަޅުގނޑަކީ ގާސިމް އިބްރާހީމް [ޖޭޕީގެ ލީޑަރު] އާ ވާހަކަ ދައްކައި ހަދާ މީހެއް ވެސް ނޫން،" ހުސެއިން މަނިކު ވިދާޅުވި އެވެ.
ހުސެއިން މަނިކު ވިދާޅުވި ގޮތުގައި ރައީސް ޔާމީން އަދި ޕީޕީއެމުން ބޭނުންވާ ކޮންމެ ކަމެއްގައި އޭނާގެ އެހީތެރިކަން އަބަދު ވެސް ލިބޭނެ އެވެ.
ކިނބިދޫ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ހަރަކާތުގައި އިސްކޮށް އުޅުއްވާ ރިޔާޒް މިއަދު ވިދާޅުވީ ރިޔާޒް ރަޝީދާއި ހުސެއިން މަނިކަކީ ގާސިމާއެކު ކުރިން މަސައްކަތް ކުރެއްވި ބޭފުޅުންނެވެ. އެކަމަކު ހުސެއިން މަނިކު އެ ވާހަކަ ވެސް ދޮގުކުރެއްވި އެވެ.
"އަޅުގަނޑަކީ ދުވަހަކު ވެސް ގާސިމާ އެކު މަސައްކަތް ކުރި މީހެއް ނޫން. އެ ތާރީޚެއް ފެންނާކަށް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާތުން
23 February 2018
ދެރަވެއްޖެ މިމީހުން ނަށް ވޯޓް ދެވުނިތީ
ފާތި
23 February 2018
ތިކުރަނީކީ މާކަށް މޮޅުކަމެއް ނޫން! ޔާމީންއަށްޓަކާ މުޅި ގައުމާއި ރައްޔިތުންގެ ހައްޤު ގުރުބާންކުރާ މީހެއް ރައްޔިތުންގެ މަޖްލިސް މެންބަރެއްގެ ގޮތުގަ ހުންނަންވެސް ލަދު ގަންނަންޖެހޭ! ތީހަމަ އަމިއްލަ އެދުން. އެހެން އެއްވެސް ކަމެއް ނޫން.
ދޯކާ ކިންގް
22 February 2018
މިފެންނަނީ ކާންދޭ އަތުގަ ދަތް އަޅާ މަންޒަރެއް ނޫން، ކާންދިން އަތް ރޮލާ ދިރުވާލާ މަންޒަރު، ކުޑަކޮއް ލަދުހަޔާތް ހުރި ނަމަ ނުބުނާނެ މިމީހުން ހޮވުނީ ރައީސް ޔާމީނުގެ މަސައްކަތަކުންނޭ، މައުމޫނު ތައްޕާހުން ތިޔަ ހުރިހާ އެންމެންވެސް ހޮވިފަ ތިތިބީ......
ހަނދުކޭތަ
22 February 2018
އައިޑީ ކާޑް މާސްޓަރގެ އަޑު ގަދަވަނީ މިހާރު
ދަލޭކަ
22 February 2018
ދޫކޮށްފިޔާ, ތަރިކާ މުދާ, ގޮނޑި ދަމައިގަންނާނެ, އެޅިހާ ބަތަކަށް ރިހަވާންޖެހޭނީ,
ގާޒީ
22 February 2018
ނުކުރެވޭނެ އެވަރު ކޮއްދީފައެހުރީ