އޭޖީ އޮފީހުން މިއަދު އިސްތިއުފާ ދެއްވި ޝަފީއާ: އޭނާ އިސްތިއުފާ ދެއްވީ ކުއްލި ހާލަތާ ގުޅިގެން އޭޖީ އަމަލު ކުރައްވަމުން ގެންދަވާ ކަންކަމާ މެދު ހިތްހަމަނުޖެހިގެން ކަމަށް އެނގިފައިވޭ --ފޮޓޯ/ސޯޝަލް މީޑިއާ
22 ފެބުރުއަރީ 2018 - 21:40
ކުއްލި ނުރައްކަލުގެ ހާލަތު ރައްޔިތުންގެ މަޖިލީހުން އިތުރުކުރި މައްސަލައިގައި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އަމަލު ކުރައްވަމުން ގެންދަވާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ އިސް ވަކީލަކު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އޭޖީ އަމަލުކުރައްވާ ގޮތުން، ނުރުހުންވެވަޑައިގެން އިސްތިއުފާ ދެއްވީ، އޭޖީ އޮފީހުގެ ޑެޕިއުޓީ ކައުންސެލާ ޖެނެރަލްގެ މަގާމުގައި ހުންނެވި ޝަފީއާ ރިޒާ އެވެ.
ޝަފީއާ އިސްތިއުފާ ދެއްވިއިރު އެޓާނީ ޖެނެރަލްގެ އޮފީހުގެ އިސް ވަކީލަކު ވެސް މިރޭ ވަނީ ކުއްލި ހާލަތުގެ އިއުލާންކުރީ ގާނޫނާ ޚިލާފަށް ކަމަށް ބުނެފަ އެވެ. އެ އޮފީހުގެ އިސް ވަކީލެއް ކަމަށްވާ މަރިޔަމް ޝުނާނާ ކުރެއްވި ޓްވީޓެއްގައިވަނީ ކުއްލި ހާލަތު އިއުލާންކުރީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށާއި އެހެންވެ ކުއްލި ހާލަތު އުވާލަން އެ ޓްވީޓްގައި އޭނާ ގޮވާލާފައިވެ އެވެ. މިއީ ކުއްލި ހާލަތާ ދެކޮޅަށް ދައުލަތުގެ ވަކީލަކު ސޯޝަލް މީޑިިއާގައި ޚިޔާލެއް ފާޅުކުރި ފުރަތަމަ ފަހަރެވެ.
Dearest Mr. President, Please lift the unconstitutional SoE imposed. SoE should not be used as a weapon to restrict non-derogable liberties under Art 255 of the Constitution. Thank you.
— M_SHUNA (@shuna_007) February 22, 2018
ކުއްލި ހާލަތާ ދެކޮޅަށް އޭޖީ އޮފީހުގެ ވަކީލް ކުރި ޓްވީޓް
މިހާރު ހިނގަމުންދާ ކަންކަމާ މެދު ހިތްހަމަނުޖެހިގެން އެޓާނީ ޖެނެރަލްގެ އޮޕީހުގެ މުވައްޒަފުންތަކެއް ދާދިފަހުން ޕެޓިޝަނެއް ވެސް ހަދަން އުޅުނެވެ. އެކަމަކު ވަކި ހިސާބަކުން އެކަން ވަނީ ހުއްޓާލައިފަ އެވެ.
މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން 15 ދުވަހަށް އިއުލާންކުރި ކުއްލި ހާލަތު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، އެ ގަރާރުގެ މުއްދަތު އިތުރު 30 ދުވަހަށް ވަނީ އިތުރުކޮށްފަ އެވެ. އެކަމަކު ކުއްލި ހާލަތު އިއުލާންކުރަންޖެހޭ ސަބަބެއް ނެތް ކަމަށާއި އަދި އެ ގަރާރުގެ މުއްދަތު މަޖިލީހުން އިތުރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ގާނޫނީ ބައެއް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތަސްނީމް
23 February 2018
ތިޔައީ ފިސާރިކަނބަލުންނަކީ
ޖިންނިބޭ
23 February 2018
މިއީ ކޮން ބައެއް؟ މި އޮތްހާ ދުވަހު ތިބީ ކީއްވެ؟ ރައްޔިތުން ވިސްނާލާ! ވަގުތު ބަަލާފަ ކޮޅު ބަދަލުކުރާ ގުރޫޕް
ގާވިއާ
24 February 2018
ވަގުތުޖެހުމުން ކޮންމެކަމެއްވެސް ވާނެކަން ތިބާއަށް ނޭގޭތީ ދެރައީ!
ޢެމްއާރ
22 February 2018
ޝަފީއާއަކީ އޭޖީ އޮފީހުގެ ދެބައިކުޅައެއްބައި އިންޓަރނޭޝަނަލް ކޮނިއުނިޓީއާއި ގުޅުންހުރި ހުރިހާ މަސައްކަތެއްކުރަނީ ޝަފީއާ ވަރަށް ކެއްކޮށްފަ އެނިކުތީ
އެޑަމް
22 February 2018
ހިއްވަރުކޮށްލާ މިކަން މިނިމެނީ
ހެހެހެ
22 February 2018
ނުނިމޭނެ ހަންކެނޑުނަސް. އެހާ ހިތްވަރެއް ނެތް. ރައީސް އިސްތިއުފާއެއް ނުދެއްވާނެ. އެއީ ކެނެރީގޭ ނަޝީދެއް ނޫން. ރައީސް ހުންނެވީ ހަމަހޭގައި
ތުއްތުނާ
22 February 2018
އެކަކު އަނެކަކުގެ ފަރާތުން ހިތްވަރު ލިބި މާދަމާރޭ މެޑަމް ބާއްވާ ޖަލްސާއަށް ދާން މަޖުބޫރު ކުރި ނަމަވެސް ނުދާންވީ...... އެންމެން އެއްފަހަރާ ނޫނެކޭ ބުނަން ޖެހޭ...........
ދޮނާ
22 February 2018
ޝަފީޢާ އަކީ ވެމްކޯގެ ބޯޑުމެންބަރެއްވެސްމެ ދޯ
ޙަބްރާޝް
22 February 2018
ވިދާޅުވާހާ ގޮތަށް ކަންކަން ކޮށްދީދީދީދީ ވަރުބަލިވެއްޖެ! ދެން ކެތެއް ނުކުރެވޭނެ!
އިންދިސް
22 February 2018
ތިޔާއީ އެޑްވާންޓޭޖް ގެ ބޭނުން ކޮށްގެން އެމެންނަށް މަޝްހޫރު ކަމެއް ލިބޭތޯ ބަލަން އުޅޭ ބަޔެކޭ ރާއްޖޭގެ ލީގަލް އިންޑަސްޓްރީ މަސައްކަތް ކުރާ ގޮތް މަމެން ދަންނަމޭ އެއީ ކޮރަޕްޓް ކަމުން ހައްދު ފަހަނައަޅާފައިވާ ބަޔެކޭ ރާއްޖޭގެ ލޯޔަރުން އެކަނި އޭ ޓެކްސް ނުދައްކާ ވިޔަފާރި ކުރާ ބަޔަކަށް ވެސް އުޅޭނީ ދެން ކޮން ވާހަކަ އެއް ދައްކަން ތޭ ތަމެން ފުރަތަމަ ވެސް ރަނގަޅު ވާންވީ އެއް ނޫންތޭ ތަމެން ނަށް ވަޒީފާގައި ތިބެގެން ވަޒީފާގެ ބަޔާނާއި ޚިލާފަށް އަމިއްލަ ރައުޔު ނުނެރެވޭނެއޭ އެއީ ވާނެ ކަމެއް ނޫނޭ. އެއީ ވާނެ ކަމެއް ނޫނޭ. އެއީ ވާނެ ކަމެއް ނޫނޭ. އިން ދިސް ކޮރަޕްޓް ލޯޔަރޭ މެންގެ ވޯލްޑް އިން ދިސް ކޮރަޕްޓް ލޯޔަރޭ މެންގެ ވޯލްޑް.
ޒިމް
22 February 2018
މަބުނި އަޅެ ދޮގެއްތަ ފިސާރި ކަނބަލުން މި ނޭންގާނީ ސަރުކާރު ސައިޒްމިކުރަނީ ސާބަހޭ ކަނބަލުންނޭ
މީވެސް މާލެ މީހެއް
22 February 2018
ކަލޭނޭ، އިސްތިޢުފާ ދޭނެކަމެއް ނެތެވެ. ތިބި މަޤާމުގަ ތިބެގެން ޙައްޤު ބަސް ބުނާށެވެ. އެކަމުގެ ސަބަބުން ވަޒީފާއިން ވަކިކުރިޔަސް ހާސް ނުވާށެވެ! ދާދި އަވަހަށް ހަމަ އެވަޒީފާ އިޔާދަވާނެ އެވެ.