ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ކާފަ ދަރިކަލުން މިއަދު ހަވީރު ލިބިވަޑައިގެންފި އެވެ.

އެމަނިކުފާނުގެ ހުންނެވި ހަމައެކަނި އަންހެން ދަރިކަނބަލުން ޣާދާ އަބްދުﷲ ޔާމީނަށް ފިރިހެން ބޭފުޅަކު ލިބިވަޑައިގަތީ މީގެ އިރުކޮޅެއް ކުރިން ތައިލެންޑުގަ އެވެ. އެނގިފައިވާ ގޮތުގައި ރައީސް ޔާމީން 59، ގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް މިއަދުގެ މެންދުރު ވަނީ ތައިލެންޑަށް ފުރާވަޑައިގެންފަ އެވެ.

ރައީސް ޔާމީންގެ ތިއްބަވަނީ ތިން ބޭފުޅުންނެވެ. އެއީ އަންހެން ބޭކަނބަލަކާއި ދެ ފިރިހެން ބޭފުޅުންނެވެ.