ކޮންކޯޑް ދޯނި: ދޯނި މިހާރު ވަނީ ފެނިފައި. ފޮޓޯ: އެމްއެންޑީއެފް
19 މާޗް 2018 - 16:21
މިދިޔަ ހުކުރު ދުވަހު ފަންސަވީސް މީހުންނާ އެކު އައްޑޫން މަހަށް ފުރި މަރަދޫ "ކޮންކޯޑް" ދޯނި ގެއްލިގެން ހޯދަމުން ދަނިކޮށް މިއަދު ފެނިއްޖެ އެވެ. ދިގުމިނުގައި 108 ފޫޓު ހުރި ދޯނި ފެނުނީ އެމްއެންޑީއެފް ހެލިކަޕްޓަރުން ހޯދަމުން ދަނިކޮށް އައްޑޫއާ 32 މޭލު ބޭރުންނެވެ.
"ކޮންކޯޑް" މަހަށް ފުރީ މިދިއަ ހުކުރުދުވަހު އިރު އޮއްސުނު ފަހުންނެވެ. އެ ދޯންޏާ އެންމެ ފަހުން ގުޅުނީ ރޭ އިރު އޮއްސުނު ވަގުތު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
Khabareh nuvegen Hoadhamundhiya "Concorde" Dhoani MNDF CG "Kurangi" Helicopter ah Fenijje. Mi Dhoani Fenunee Addu City aai Hulhagu Dhekunun 32 Meylu Beyrun pic.twitter.com/gmflgJSZcJ
— MNDF (@MNDF_Official) March 19, 2018
ދޯނި ފެނުމާ ގުޅިގެން އެމްއެންޑީއެފުން ކުރި ޓްވީޓް.
އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި އެންމެ ފަހުން ގުޅުނު އިރު ދޯނީގެ އިންޖީނަށް ދިމާވި މައްސަލައެއް ހައްލުކުރުމަށް ފަހު ދަތުރުކުރަމުން އަންނަ ކަމަށް، ދޯނީގެ ވެރިފަރާތަށް އެންގި އެވެ. ނަމަވެސް އޭގެ ފަހުން ދޯނީގެ ހަބަރެއް ނުވެގެން އެމްއެންޑީއެފްގެ ސަމާލުކަމަށް ގެނައީ މިއަދު ހެނދުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަންމަޑޭ
20 March 2018
ދިވެހި ސިފައިން ނަމެއްގަ ހެލިކޮޕްޓަރ ގަ ތިބޭނީ މުޅިންހެން އިންޑިއާ ސިފައިން .. އެނިގެން މި ބުނަނީ .. މި ގައުމުގެ އަސްކަރީއާގަ ނެއް ހެލިކޮޕެއް ދުއްވަލެވޭ ވަރު މީހަކުވެސް .. އިންޑިއާ ސިފައިންނަށް މީގެ ސުކުރު ހައްގުކަން ބޮޑީ
އަހުމަދުބެ
20 March 2018
70 ފޫޓަށް ވުރެ ބޮޑެތި އިޑިފަހަރު ގެ ދަތުރު ތައް މޮނިޓާރ ކުރެވޭނެ ގޮތް ސަރުކާރުން އެމްއެންޑީއެފް އަށް ހަދައިދޭން ޖެހެއެވެ. ރައްޔިތުންގެ ފައިސާ ސިޔާސީ މީހުނަށް ތަޅާ ބުރުއްސި އަސް ކަމަކު ނުދާނެއެވެ. އޭރުން ވޯޓުން ތަޅާ ބަލިކުރާނަމެވެ.
އިޔާ
20 March 2018
އަޅެ މިޚަބަރުން އެގަހުކޭލެއް މިގަހުކޭލެއް އެބައެނގޭ؟
ކެޔޮޅު އަހައްމަދު
20 March 2018
އެ ދޯނި ފަހަރު ގެ ވެރިންނާއި ކެޔޮޅުންގެ ޒިންމާ ނޫފުލަނީ ކީއްވެތަ.. މޮބައިލްފޯނާ، ސެޓަލައިޓް ފޯން ވީއެޗްއެފް /ޔޫއެޗްއެފް ރޭޑިއޯ ސެޓް އަދި ސޯލަރ ޕެނެލް އަދި ޖީޕީއެސް ގެ އިތުރުން ރޭޑަރ ސިސްޓަމް ބެހެއްޓިއަސް ޒިންމާދާރު ކަމެއް ނެތް ކެޔޮޅުން ނާއި އޮޑިވެރިން ތިބޭނަމަ މަސްއަލަ ދުވަހަކުވެސް ހައްލެއް ނުވާނެ...
ޢެލެކުސް
20 March 2018
ކޮންމެސް ދޯންޔެއް ގެއްލިގެން އުޅޭ ވާހަކަ އަބަދުވެސް ނޫސްތަކުން ކެނޑި ނޭޅި ފެނޭ މިހާރު. ގެއްލޭ އުޅަނދު ފަހަރު ހޯދުމަށް ދައުލަތުން ބޮޑު ހަރަދުތަކެއް ކުރަން ޖެހި، މަސްވެރިންގެ އާއިލާތަށް ކަންބޮޑުވެއެވެ. މިކަމަށް ހަރުދަނާ ގާނޫނެއް ފާސްކުރަން އެބަޖެހޭ. ޒަމާނީ ޓެޗްނޮލޮޖީގެ އެހީގައި މިހާރު ވަގުތުން ވަގުތަށް އަުޅަނދު އޮންނަތަން ލޮކޭޓް ކުރެވޭ އެބަ، ސެޓްލައިޓް ފޯނާއި އެހެނިހެން ރައްކާތެރިކަން ފުރިހަމަ ކުރަން އެބަޖެހޭ ފުރުމުގެ ކުރިން. މި ކަންތަށްތަށް ގާނޫނަކުން އެބަޖެހޭ އުޅަނދު ފަހަރަށް ލާޒިމް ކުރަން.
ކައުންސެލަރު
20 March 2018
މިއަކުން މިއެނގުނީ ކޯއްޗެއް؟ 5 ކާފެއްނުދަންނަމު އުތަ؟!
މައްމަނު އާދަނާ
19 March 2018
ދޯނި ފެނުނު އިރު ހުރީ ސުވާދީބު ގެ ސަރަހައްދަށް ވަދެވިފައި
ކާފަ
19 March 2018
ކޮންކޯޑް" މަހަށް ފުރީ މިދިއަ ހުކުރުދުވަހު އިރު އޮއްސުނު ފަހުންނެވެ. އެ ދޯންޏާ އެންމެ ފަހުން ގުޅުނީ ރޭ އިރު އޮއްސުނު ވަގުތު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އޭރު ދޯނި އޮތީ އައްޑު އަތޮޅުގެ 32 މެލު ބޭރުގާ. މިވަރުން ދޯނި ގެއްލުނުކަން ޔަގީނެއްނުވި!!!!!
އަހުމަދު77
19 March 2018
އަސްލުވެސް މި ހަބަރަކުން ހަމަ އެއްގޮތަކަށްވެސް ސާފެއް ނުވި ތި ދޯނީގެ ކަންތަކެއް. ފެނުންއިރު ވެފައިވާ ގޮތެއްވެސް. ތަންކޮޅެއް ރަނގަޅަށް މައުލޫމާތު ހޯދައިގެން ލިޔެބަލަ.
ދަޅުއްޕެ
19 March 2018
އިންޑިއާ ސުފައިންނަށް ޝުކުރިއްޔާ.
ަނެއިވް
19 March 2018
އިންޑިއާ ސިފައިންނޭ ކިޔާފަ އަނގަހުޅުވަން ލަދެއްވެސް ނުގަންދޯ ކަލޭ!
ހަސަން ފޭދޫ
19 March 2018
މިކަމަށް ދިޔަ ހަރަދު އޮޑިވެރިޔާ އަތުން ނަގަން ފެނޭ.
އެމޭޒިންގްދޯ
19 March 2018
ކޮބާ ތަމެންނަށް ފެނޭތޭ މަމެން ޕިންކީންގެ ވެރިކަމުގައި ގެއްލުނު ދޯނި ވެސް ހޯދީ ދޯ ވަގުތުން އެމޭޒިންގް އެން ފްލޯލެސް ދޯ.