ހެލިކޮޕްޓަރު ޖެއްސުމުގެ ތެރޭގައި، އުނގޫފާރުގެ ބޯޅަދަނޑުގެ އިމާރާތެއްގެ ފުރާޅު އެއްލާލާފައި.
27 މާޗް 2018 - 19:15
ރ. އުނގޫފާރު ބޯޅަދަނޑަށް މިއަދު އެމްއެންޑީއެފްގެ ހެލިކޮޕްޓަރު ޖައްސަނިކޮށް ދަނޑުގެ ޗޭންޖިން ރޫމާއި ރެސްޓްރޫމްގެ ފުރާޅު އެއްލާލައިފި އެވެ.
އެ ރަށުު ކައުންސިލްގެ މެމްބަރަކު ވިދާޅުވި ގޮތުގައި މީގެ ކުރިން ވެސް އެ ބޯޅަދަނޑަށް ހެލިކޮޕްޓަރު ޖައްސަ އެވެ. ނަމަވެސް އެފަދަ ހާދިސާއެއް ހިނގާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރިން ވެސް ހަމަ ބޯޅަ ދަނޑުގެ މެދަށް ޖައްސާނީ. އެކަހަލަ ކަމެއް ނުހިނގާ. އެފަދަ ކަމެއް މި ހިނގީ މިއަދު،" ކައުންސިލް މެމްބަރަކު ވިދާޅުވި އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އުނގޫފާރަށް ހެލިކޮޕްޓަރު ދިޔައީ އެ ރަށު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ މީހަކު މާލެ ގެނައުމަށެވެ. އެއީ އުމުރުން 61 އަހަރުގެ ފިރިހެނެއް ކަމަށާއި އެ މީހާ މިއަދު ހަވީރު 4:45 ހާއިރު މާލެ ގެނެސް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުފާކުރަން
29 March 2018
ތިހެދި މީހުން ތިހަދާފަ ތިހުރީ ކޮން ފެންވަރަކަށް ކަން ތި އެނގުނީ . ކޮންމެ ރަށަކަށް ކޮލިޓީޗެކް ކުރަން ތި ހެލިކޮޕްޓަރ ޖައްސަމާ. ރެސްޓް ރޫމް ހަދާށޭ ކިޔާފަ ލާރި ކެއިވަރު އިނގޭނެ. ބަޔަކަށް ބޮޑު ގެއްލުމެއްނުވެ ތިކަންވީ ކަމަށް ޓަކާ ޝުކުރު ކުރަން.
އާދަނު
29 March 2018
ހަހަހަހ
މުސާފިރު ޚާނާ
29 March 2018
މީގެ 20 އަހަރު ކުރިން މާލޭ ހެންވޭރު ބޯޅަދަޑަށްވެސް ހެލްކޮޕްޓަރެއް ޖެއްސި ހިސާބުގަޑުގެ 20ގޭގެ ފުރާޅާ ބައެއް ގަސްވެސް މުލުންލި އަދި ބަލަންދިޔަ ބައެއްމީހުން ވެއްޓުނުވެސްމެ. އެކަހަލަ ކަނކަން ހިނގާނެ. އެއީ ޤައުމީ މައްސަލައެއްކަމަކަށް ނުފެނޭ. ޗޭންޖިންގ ފުރާޅާ ދެން އެހންނޫނަސް އެއްލާލި ފުރާޅުތަކުގަ ޓީނު ޖެހީމަ އެ ނިމުނީ ނޫންތ؟
ރަދީފް
28 March 2018
ރަދީފްގެ ކޮމެންޓްގެ މަހްފޫމް ނުބައި ގޮތުގަ ތަރުޖަމާކޮއްގެން އެއްބައި މީހުން ކޮމެންޓް ކުރާކުރުން ކުއްވެރިކުރަން. ~ ރަދީފްގެ ޕަބްލިސިސްޓް
ފާތިމަތު
28 March 2018
ކަލޯ ރުޅިގަދަ
ހަސަން ޒަރީރު
28 March 2018
އެސް.އޯ.އީ ގެ މުއްދަތުގައި ހިނގި ހާދިސާއެއް ތީ، ކޮންމެވެސް އެއްޗެކޭ ނުބުނާތި
ކުރިކީލަ
28 March 2018
ތިތަނަށް ހެލިކޮޕްޓަރު ޖައްސަން މަރުހެޔޮނުވާނެ. ބަލާލަބަލަ ފުރަތަމަ އެހަރަ އަރާ ހިރަފުސް.
ހިޔޮއެދޭމީހާ
28 March 2018
ރަދީފޫ ބަޔަކަށް ހަސަދަވެރިވިޔަސް ތިޔައީ ފުކެއްބޮޑުވަރު އެއްމުސްލިމަކު އެނެއްމުސްލިމަކަށް ދެރައެއްލިބުނީމާ ހީމަލާމާތްކުރުމަކީ ވަރަށް ދަށުދަރަޖާގެ ކަމެއް ކޮއްމެ ރަށަކަށްވެސް ހަމަ ކަމެއްދިމާވެދާނެދޯ ރަދީފޫ އަދި އެހެންނޫނަސް ރީޖަނަލްހޮސްޕިޓަލްހުންނަށް ރަށަކަށް އެކަހަލަ ކަންކަންދިމާވާނެދޯ އެއިކީ މަލާމާތްކުރަންވީކަމެއްނޫން
ރަދީފް
28 March 2018
މަނިކްފާނު. #ކޮންފިއުޒްޑް
ނޫސްކިޔާމީހާ
28 March 2018
އޭ ރަދީފް ކާކުތޯބުނީ ބަލިމީހާ ބަލާ ނާންނާށޭ ބަލިކީންުރަން ބަލިނޫންމީހުންވެސް ބަލާއަންނަށްވީ ( އެކަމަކު ހިނގިހާދިޝާއެއްގެ ވާހަކަ ލިއެވިދާކެދޯ ) ވަކި އުނގޫފާރެއްނޫން އެއްހެންރަށަކަށް ކަމެއްވިޔަސް ހަމަ ނޫސްތަކަށް އަރާނެދޯ އުނގޫފާރޭ ބުނީމާ ހިތުގާއަޅާވޭންބޮޑީދޯ
ރަދީފް
28 March 2018
ނޫނޭ.އުނގޫފާރު އެއީ މަގޭ އެކްސްގެ އައިލެންޑް.
ގޮލާ
28 March 2018
ހެލިކޮޕްޓަރު ދުއްވާ އިންޑިއާ ސިފައިން ބޭރުކޮށް ދިވެހި ޕައިލެޓުންނަށް ތި ހެލިކޮޕްޓަރު ހަވާލުކުރޭ!!
މުހޮރު ދަ އިސްކުރު
28 March 2018
ދިވެހިންނަށް ދުއްވަން ދަސްކޮއްދީގެން ތާ ތިކަންވާނީވެސް. ދިވެހި ސިފައިން ހެލިކޮޕްޓަރު ދުއްވަން ޓުރެއިން ކުރަން ބޭރަށް ފޮނުވަން ފެނޭ. އެއިރަށް އިންޑިޔާ ޕައިލެޓުންނަށް ބަރޯސާ ވެގެން އުޅެން ނުޖެހޭނެ.
ރަދީފް
28 March 2018
ޗޭންޖިންގ ރޫމް އަދި ރެސްޓް ރޫމަށްވުރެ ދިވެހި ރައްޔިތެއްގެ ފުރާނަ ސަލާމަތްކުރުން މީގަ މުހިންމު.ކޮން ޗޭންޖިންގ ރޫމެއްތަ. ދޭބަލަ މަހަށް.
އެލްއޯއެލް
28 March 2018
ރަދީފް ހާދަ ރުޅިގަދަ ވެފަ!