ރައީސް އަބްދުﷲ ޔާމީންގެ ޚާއްސަ މަންދޫބެއްގެ ގޮތުން ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް މިއަދު ކުވެއިތަށް ފުރާވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ކުވެއިތުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި މިނިސްޓަ އޮފް ފޮރިން އެފެއާޒް، ޝެއިހު ސަބާހު އާލް ހާލިދު އާލް ހަމަދް އާލް ސަބާހުގެ ދައުވަތަކަށް މިނިސްޓަރު އާސިމް ކުރައްވާ ދެ ދުވަހުގެ މި ދަތުރުފުޅުގައި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.
އާސިމްގެ އަރިހުގައި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ބައިލެޓްރަލް އަހުމަދު ޚަލީލާއި ރާއްޖެ އިން ކުވެއިތަށް ކަނޑައަޅާފައި ހުންނަވާ ނޮން- ރެސިޑެންޓް ސަފީރު އަބްދުﷲ ހަމީދު އަދި ޑިރެކްޓަ އަބްދުލް ވާރިސް ސައީދު ބައިވެރިވެވަޑައިގަންނަވަ އެވެ.
ރާއްޖެއާ ކުވެއިތާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ ޑިސެމްބަރު 1، 1977 ގަ އެވެ.