މެމްބަރު އާޒިމް (މ) ފުލުހުންގެ ބަންދުން ދޫކޮށްލުމާއެކު އުފާފާޅުކުރައްވަނީ.-- ފޮޓޯ: އެމްޑީޕީ
28 މާޗް 2018 - 16:36
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި އިދިކޮޅު އިތުރު ތިން ބޭފުޅަކު މިއަދު ދޫކޮށްލައިފި އެވެ.
ފުލުހުންގެ ބަންދުން ދޫކޮށްލި ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ އާޒިމާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ ކޮއްކޮ، އާދަމް ޒާލިފްގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާގެ އަހުމަދު ނިޔާޒެވެ.
އޭގެ ތެރެއިން އާޒިމާއި ނިޔާޒަކީ، މި މަހުގެ 16 ވަނަ ދުވަހުގެ ރޭ އިދިކޮޅު ޕާޓީތަކުން ބޭއްވި އެއްވުމުގެ ތެރޭގައި އުޅުއްވަނިކޮށް ހައްޔަރުކުރި ދެ ބޭފުޅުންނެވެ. ޒާލިފު ހައްޔަރުކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހެވެ.
އާޒިމާއި ނިޔާޒުގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ކުރިން ނުވަ ދުވަސް ޖަހައިފަ އެވެ. ޒާލިފްގެ ބަންދަށް ޖެހީ 15 ދުވަހެވެ. އެ ބޭފުޅުން ދޫކޮށްލީ ކޯޓަށް ހާޒިރު ނުކޮށެވެ.
އިދިކޮޅު ހަރަކާތުން މާޗް 16 ގައި ބޭއްވި މުޒާހަރާގައި ޖުމްހޫރީ މައިދާނުގެ ތެރެއިން ހައްޔަރުކުރި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެސް ވަނީ މިއަދު ދޫކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރު
29 March 2018
ތިޔަހުރިހައި މީހުންނަށް ޖަލު ހުކުމް އިއްވައި ޖަލުގައި ބެހެއްޓީ ފަނޑިޔާރުގެ އޭނާއަށް ކަލޭމެން ދިން ބާރަކުން، އެހެންކަމުން މިހާރު ކޮންމެހެން ކުށެއް ކުރާކަށެއް ނުޖެހޭ ޖަލަށްދާން، ހަމަ ފުލުހުންގެ މީހަކު އާންމު މީހަކު ހައްޔަރުކޮށް އޭނާ ޖަލައްލައިގެން ގެންގުޅެފައި ފަނޑިޔާރު ކުރިމައްޗަށް ގެންގޮސް މުއްދަތު ޖަހަނީ އަނެއްކާވެސް ބިޑިއަޅުވާފައި ޖަލައްލާން، އެހެންކަމުން ބަލަންވީ ފަނޑިޔާރުންގެ މައްސަލަ،
ވަފާ
28 March 2018
ފެނޭތަ؟ އައްނި އާ ޔާމީން އާ މީހަމަ އެކައްޗެއް!އެމްޑީޕީ މީހެއް ވެއްޖިއްޔާ ދޫކޮށްލާނެ.