ދ. ކުޑަހުވަދޫގައި މިއަދު މޫދަށް އެރި އުޅުނު 16 އަހަރުގެ ފިރިހެން ކުއްޖަކު ގެނބިގެން މަރުވެއްޖެ އެވެ.
އެ ހާދިސާގައި މަރުވީ، އެ ރަށު ސަމަންދަރު އަހްމަދު އަފްސާނެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް އެތަނުގެ އޮފިޝަލަކު ކަށަވަރުކޮށްދެއްވި އެވެ.
އެނގިފައިވާ ގޮތުގައި އެ ރަށުގެ ދެކުނު ފަރާތު މޫދަށް އެރި އުޅުނީ އެ ކުއްޖާ އެކަންޏެވެ. މޫދުގައި މަރުވެފައި އޮއްވާ ފެނުނީ، ގެއްލިގެން ރައްޔިތުންގެ ބަޔަކު ނިކުމެ ހޯދަމުން ދަނިކޮށެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.