މަހްލޫފް: ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެން މަހްލޫފް ވަނީ ގޭބަންދަށް ބަދަލުކޮށްފައި.
04 އެޕްރީލް 2018 - 17:31
މުޒާހަރާއަކުން ހައްޔަރުކޮށް ދޫނިދޫގައި ބަންދުކުރި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، ޝަރީއަތް ނިމެންދެން ގޭބަންދަށް މިއަދު ބަދަލުކޮށްފި އެވެ.
މަހްލޫފްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ، އިދިކޮޅު ސިޔާސީ ލީޑަރުންތަކެއް މިނިވަންކުރަން ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުނުކޮށްގެން، މާފުށީ ޖަލު ކައިރީގައި މުޒާހަރާ ކުރި މައްސަލައިގައި އެވެ.
މި ދައުވާ އުފުލައި، ޝަރީއަތް ނިމެންދެން ގޭބަންދަށް ބަދަލުކުރިއިރު، އޭނާ ހައްޔަރުކުރީ އިދިކޮޅު ފަރާތްތަކުން މާލޭގައި މިދިޔަ މަހުގެ 22 ގައި ކުރި މުޒާހަރާއެއްގެ ތެރެއިންނެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މަހްލޫފް ހައްޔަރުކޮށް، އޭނާގެ ބަންދަށް މިދިޔަ މަހުގެ 17 ގައި 13 ދުވަސް އިތުރުކުރި އެވެ. އަދި އެ މުއްދަތު ހަމަވުމާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރި އެވެ.
މަހްލޫފަށް ޓެރަރިޒަމްގެ ދައުވާ އުފުލިއިރު، މީގެ ކުރިން އެއްވުމެއްގެ ތެރެއިން ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅި ކަމުގެ ދެ މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވެގެން ވެސް ޖަލަށް ލި އެވެ.
އެ ދެ މައްސަލައިގައި 10 މަހާއި 24 ދުވަސް ވަންދެން މަހްލޫފް ޖަލުގައި ހޭދަކުރެއްވި އެވެ. އެ ހުކުމުން ޖޫން، 8، 2017 ގައި މިނިވަންވުމާ އެކު އިދިކޮޅު ހަރަކާތުގެ އިސް ސަފުގައި އަނެއްކާ ވެސް މަސައްކަތް ކުރައްވަން ފެއްޓެވި އެވެ. މިދިޔަ މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ޕާޓީތަކުން ކުރާ މުޒާހަރާތަކުގައި އެންމެ އިސްކޮށް މިހާތަނަށް އުޅުއްވި އެއް ބޭފުޅަކީ މަހުލޫފެވެ.
ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރިއިރު ފުލުހުންގެ ބެލުމުގެ ދަށުގައި ސިޔާސީ އިސް ބޭފުޅުންތަކެއް އަދިވެސް އެބަތިއްބެވި އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒާއި ދިއްގަރު ދާއިރާގެ ފާރިސް މައުމޫނާއި ދަނގެތީ ދާއިރާގެ އިލްހާމް އަހުމަދާއި މައްޗަށްގޮޅި ދެކުނު ދާއިރާގެ އަބްދުﷲ ސިނާންގެ އިތުރުން ބައެއް ސިފައިންނާއި ފުލުހުންތަކަކާއި އާއްމުންގެ ބަޔަކު ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު ޒައިން
05 April 2018
މަހުލޫފުންމެން ފޭހުނު އިލޮޝި ހަމަ މަހުލޫފު މެންގެ ލޮލަށް ދޯ؟ ޔާމީހުންވަރު މީހެއް ނެތިގެން އޭނަ ހޮވަން އުޅުނުދުވަސްވެސް އަހަރުން ހަނދާން އެބަހުރި... އެކަމު ދެން މިހާރު އޯކޭ ވަރަށް ހިތްވަރު އެބަކުރޭ ގައުމު ހަމަ މަގަށް އަޅުވަން.... އެމީހަކު ކެނޑި ކަނޑުލެއްގެ ހިތި ފިލުވަންޖެހޭނީ އެމީހެއް ދެއްތޮ! މަހުލޫފަށް އިންސާފުލިބޭނެބާ؟ ހިޔެއްނުވޭ.... ޔާމީނުމެން މިހިންގަނީ ހުސް ޖަރީމާ ކޯޓުތައް ބޭނުންކޮށްގެން....
އަހުމަދު ސަލީމް
05 April 2018
ބަލަގަ ބޮޑެތި ޓެރަރިސްޓުން ގޭބަންދުގައި ބައިތިއްބަން ވާނެތަ؟ ތީތި ކަޑަ! ޓެރަރިޒަމަށް ތުހުމަތުކުރެވޭމީހަކު މިހާ މިނިވަންކޮށް އިންޓަނެޓުގެ ޒަރީއާއިންނާއި ފޯނުން ކަންކަންރާވަން މި ދޫކޮށްލީ ކޮން ވިސްނުމެއްގެ ދަށުންބާވައޭ މަހިތަށް އަރާ! އަދުރޭ ބައްލަވާ މީތި ކަޑަ!
ޓނސމމ
05 April 2018
މިހާރު ހުންނެވީ ހިތްތިރި ރައްޔިތުން ދެކެ ނިހާޔަތަށް ލޯބިވާ ރައީސް އެއް. ހީވޭ ވަރަށް އަވަހަށް (ފޭކް) ޓެރަރިސްޓް ބޯޑު އަޅުވާފަ ޖަލުގަ ތިބި އެހެން ބޭފުޅުން ވެސް ވ އަވަހަށް ގެއަށް ދޫކޮށްލާނެހެން.
ކިޔުންތެރިއެއް
05 April 2018
ހިތްވަރުކުރޭ ތިޔައީ ވަރުގަދަ ފަހުލަވާނެއް
ސަހާރީ
05 April 2018
ތިސޮރު ޖަލުގަ ބައިންދާ. ހެޔޮނުވާނެ. މުޅި މާލެ ނަޖިސްކޮށްފި
ބޭމިސާލު
05 April 2018
މަޙުލޫފަކީ ޒުވާންބޭފުޅެއް. ޖޯޝް ހުންނާނެ. ހަށިގަނޑުގައި ވަރުވެސް ހުންނާނެ. އެކަމަކު ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ގޭބަންދުކުރީ. މައުމޫނަކީ އުމުރުން 90 އަހަރާގާތްކުރާ މުސްކުޅިބޭފުޅެއް. އެކަމަކު އެއްކުށެއްގެ އެއްތުހުމަތެއްގައި ބަންދުކުރީ ޖަލުގައި. ކިހާ އިންސާފުވެެރި. ޝުކުރިއްޔާ ފަނޑިޔާރުން.
ފޯލަބެ
04 April 2018
މަހްލޫފަކީ ކެރޭ ހިތްވަރު ގަދަ ޒުވާނެއް... ވަރަށް އުފާ ވެއްޖެ...
ނަމޫނާ ކަތީބު
04 April 2018
އަނިޔާވެރިންގެ ނިމުން ވަރަށްހިތިވާނެއެވެ. މަހުލޫފެވެ ހިތްވަރުކުރާށެވެ. ހައްގަށް ނަސްރު ލިބޭނެ ދުވަހެއް އިރާދަ ކުރެއްވިއްޔާ މާލަހެއްނުވެ އަންނާނެއެވެ. އަޅުގަނޑަށް ފެންނަނީ މިގައުމުގެ ޔުނިވަރސިޓީ ތަކުގައި ޓެރަރިޒަމްގެ ނަމުގައި އެވޯޑެއް ތަޢާރަފުކުރާށެވެ. ބޮޑުކަމު ނުދެވުނަސް އެއަށް މި ވެރިކަމުގައި ކިޔާނީ މިހާރު ޓެރަރިޒަމެވެ. އަދި ބޭސް އުފައްދާ ފަރާތްތަކުން ޓެރަރިޒަމްގެ ނަމުން ނަންދީފަ ބޭހެއްވެސް ތައްޔާރުކުރަން ވެއްޖެއެވެ. މި ވެރިކަމުގެ އެންމެ މަގުބޫލުއެއްދައުވާއަކީ ޓެރަރިޒަމްގެ ދައުވާއަށްވީތީއެވެ. އިންސާނީވަންތަކަމެއްހުރިނަމަ ތިމާގެ އަޚާއަށް މިފަދަ ބޮޑެތި އަނިޔާ ދިނުމަށް ނުނިންމާނެއެވެ.
ރަހީމްބޭ ފެންވަރު ޤާޒީ
04 April 2018
ދޮގެއް ނޫނޭވެ. ޓެރެރިޒަމްގެ ޤާނޫނުގެ ނަމުގައި ހަދާފައިވާ ޤާނޫނުގެ ބޭނުން ހަތިޔާރެއްގެ ގޮތުގައި މި ބޭނުންކުރަނީ ޕާޓީ ބަދަލު ކުރާ މެމްބަރުންގެ މައްޗަށް ދައުވާ ކުރުމަށާއި ކޯޓް އަމުރު ނެރޭ ފަނޑިޔާރުންގެ މައްޗަށް ދައުވާ ކުރުމަށާއި ޤައުމުގެ ރައީސް ކަބް ކުރެއްވި ބޭފުޅުންގެ މައްޗަށް ދައުވާ ކުރުމަށެވެ. މިޒަމާނުގެ ތައުލީމު ހާސިލް ކޮށްގެން ތިބި ފަނޑިޔާރުން ނާއި ޕްރެސިކިއުޓަރުން މިކަން ހަޖަމު ކުރާތީ ހައިރާންވެ އަންތަރީސް ވެއެވެ.ހެޔޮ ނުވާނެ ދަރިން ނޭވެ
ޓިނު އަދުރޭ
04 April 2018
އަދުރޭވެސް ގޭބަންދު ކުރަންވީނުންތޯ؟