ސީއެސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ޖިހާދު ވާހަކަފުޅު ދައްކަވަނީ.- މިހާރު ފޮޓޯ
14 އެޕްރީލް 2018 - 14:49
ސިވިލް ސާވަންޓުންނަކީ އެ ވަގުތަކު އޮންނަ ސަރުކާރަކުން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ދިނުމުގައި އެހީތެރިވާން ތިބޭ ބައެއް ކަމަށާއިި އެއާޚިލާފަށް އޮފީސް ތެރޭގައި ބައިބައިވުން އުފައްދައި މަސައްކަތުގެ މާހައުލު ކިލަނބުކުރާ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅަންޖެހޭ ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.
ސިވިލް ސާވިސް ކޮންފަރެންސް ފެށުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޖިހާދު ވިދާޅުވީ މަސައްކަތުގެ މާހައުލުގައި، ތަފާތު ވިސްނުމުގެ މީހުން ވެސް ތިބޭނެ ކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. ނަމަވެސް އޭގެ ސަބަބުން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތަކަށް އަސަރު ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވި ގޮތުގައި ރާއްޖެ އޮތް ގޮތުން، ރައްޔިތުން ބޭނުންވާ މިންވަރަށް ހިދުމަތް ދިނުމުގައި ގޮންޖެހުންތަކެއް އެބަހުއްޓެވެ. ނަމަވެސް ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ސިވިލް ސާވިސް އިން އަބަދުވެސް މަސައްކަތް ކުރަން ޖެހޭނީ އެންމެ ފުރިހަމައަށް ޚިދުމަތް ދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ތަރައްގީގެ މަގުގައި ފައި ހަމަކޮށް، ރައްޔިތުންގެ އިހުސާސްތައް ދެނެގަނެ ކުރިއަށް ދެވޭނީ ހިދުމަތުގެ ފެންވަރު ތަރައްގީކޮށްގެން،" ނައިބު ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސިވިލް ސާވިސްގެ ހިދުމަތްް ރަނގަޅު ކުރެވޭނެ އެއް އަސާސަކީ، ހިދުމަތާ ގުޅޭ މީހުންގެ ފެންވަރު ރަނގަޅުކުރުން ކަމަށެވެ.
އެގޮތުން، މަސައްކަތަށް އެކަށޭނަ ހުނަރާއި އެންމެ ގާބިލް މީހުން ހަމަޖެހިގެން ދިއުން ނުވަތަ "ކޮމްޕީޓެންސީ ބޭސްޑް ރެކްރޫޓްމަންޓް" ނިޒާމެއްގެ ދަށުން ވަޒީފާތަކަށް ބޭނުންވާ މީހުން އައްޔަންކުރެވިގެން ދިއުމުގެ މުހިއްމު ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެރު
15 April 2018
އެކަމަކު ބޯކިބާ ފަޅާ ބައި ބައި ކޮށްލައިގެން ކާނީދޯ
ޙްމް
15 April 2018
މާލަސް ވެއްޖެ ތިފާޑައް ވާހަކަ ދައްކައިގެން ރައީސްގެ ރުހުން ހޯދަން. ރަނިންމޭޓް އޯލްރެޑި ޗޫޒް ކޮށްފި. ޖިހާދު ޓްރައި އެގެއިން.
ސަމާސާ
15 April 2018
"ނައިބު ރައީސް ވިދާޅުވި ގޮތުގައި ރާއްޖެ އޮތް ގޮތުން، ރައްޔިތުން ބޭނުންވާ މިންވަރަށް ހިދުމަތް ދިނުމުގައި ގޮންޖެހުންތަކެއް އެބަހުއްޓެވެ." މިއީ ވަރަށްބޮޑު ތެދުފުޅެކެވެ. ރާއްޖޭގައި ކަންހިންގަން ތިއްބަވާ ވެރިންގެ ބަސްމަގާއި އަމަލުފުޅު ހުންނަގޮތުންވެސް ޚިދުމަތްދިނުމަށް ވަރަށް ބޮޑެތި ހުރަސް އެޅޭ. އެގޮތުން ފާހަގަ ކޮށްލެވޭ އެއްކަމެއްގެ ގޮތުގައި މީހަކަށް ބޮޑު މުސާރައާއި ބޮޑެތި އިނާޔަތް ދީފައި އެއްވެސް މައްސޫލިއްޔަތެއް އަދި ޒިންމާއެއް ނެތް މީޙެއްގެ ގޮތުގައި ބެހެއްޓުމަކީ ރާއްޖެ އޮތްގޮތުން އޮތް ހާލަތުން ބޮޑު އިސްރާފަކަށް އެބަވޭ. އެހެނީ އެ ބޮޑު ބިޔަ އިނާޔަތްތަކުންވެސް ރައްޔިތުންނަށް ބޭނުންވާފަދަ ޚިދުމަތެއް ދިނުމަށް ޚަރަދުކުރުމުގެ ފުރުސަތު އެބައޮތެވެ.
ކައިރު
15 April 2018
މިއޮތީ ރަނިންމޭޓަކު ނަގަން ކައިރިވެފަ ޔަގީނުންވެސް އެނގޭ ކަމަކީ އެގޮތަށް ނެގޭ ލިސްޓްުގަ މުޙައްމަދު ސަޢީދުމެން އަދާލަތުގަ އުޅުނު ޑރ ޝަހީމުމެން ނަންއޮތަސް ޖިހާދުގެ ނަމެއް ނޯންނާނެކަން މިހާރު ތިހުރީ ބޮޑުބަނޑޭރިގޭންވެސް ނިކުންނަވާފަ
ކަނިކުރެދި
15 April 2018
ދެހަފޮޅުތެރޭގަ އަދި ހުރިކަން ފިޔަވާ އެހެން އެއްވެސް ކަމެއް ނެތް
ބުނޭ
15 April 2018
ގައިމުވެސް މިޤައުމަކު ޖިހާދު ރަނިންމޭޓަކަށް ނުވަތަ ނައިބު ރައީސްއަކަށް ހޮވާކަށް ވޯޓުދިން މީހަކުނެތް. ދެން ކޮން ހައިސިއްޔަތަކުން ދައްކާވާހަކައެއް ތިޔައީ؟؟؟؟ ކޯޑިނޭޓަރަކު މިއަށް އެއްޗެކޭ ބުނެލަ ދީބަލަ.
ފަހުމް
14 April 2018
ނަމެއްގަ ހުރިކަން ހުންނަން ޖެހިފަ ތި ހުރީ ދޯނީގެ މަތިކަން މަތީގަ ތިހެން ހުރެވެސް ލިބޭ މަދު ފުރުޞަތެއްގަވެސް ކަށިން އާވި ތި ނަގަނީ
ޑާޑާޑާޑާޑާ
14 April 2018
"ފިޔަވަޅު އެޅުން" ރާއްޖޭގަ މިކަން ވެއްޖެ ރޯގާއަކަށް، އިރުއަރާ އިރު އޮއްސެނީ ރައްޔިތު މީހާ ކުށްވެރިވެގެން ރައްޔިތު މީހާއާދޭތެރޭ ފިޔަވަޅު އެޅުމަށްފަހު، ވަރުގަދަ ވެއްޖެކަމެއް މިއޮތީ.
ދޮން ބައްޕަގެ ދަރި
14 April 2018
ސިވިލްސަރވަންޓުން ސިޔާސީ ކުރުވަނީ ސިޔާސީ ޕާރޓީ ތަކުންނެވެ. ޚާއްސަކޮށް ސަރުކާރު ޕާރޓީން ނެވެ. ބައިބައިކޮށް އަރައިރުން އުފައްދައި ސިވިލް ސަރވިސް ސިޔާސީ ކުރުވާފައި އަދަބު ކަނޑައެޅުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ.
ހަރުބަސް ފެދޭ
14 April 2018
ބައިބައިވުން އުފައްދެނީ ބާރުވެރި ފަރާތްތަކުން ހިންގާ ބޮޑެތި ތަފާތުކުރުން ތަކުން. އަދުލު އިންސާފާ ހަމަހަމަކަން ގަސްތުގަ ގެއްލުވާލީމަ.