ނޫސްވެރިން މުޒާހަރާކުރަނީ: ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ މި އަހަރު ވަނީ މިދިޔަ އަހަރަށް ވުރެ ތިން ދަރަޖަ ފަހަތަށް ގޮސްފައި.
03 މެއި 2018 - 09:30
ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ މި ފަހަރު ވެސް ދިޔައީ ފަހަތަށެވެ. މިދިޔަ ހަފްތާގައި ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ނެރުނު މި އަހަރުގެ ޕްރެސް ފްރީޑަމް އިންޑެކްސް ދައްކާ ގޮތުން މިދިޔަ އަހަރަށް ވުރެ ތިން ދަރަޖަ ދަށަށް ގޮސް، ރާއްޖެ މިހާރު ވަނީ 120 ވަނަ އަށް ވެއްޓިފަ އެވެ.
ދުނިޔޭގެ 180 ގައުމެއް ހިމެނޭ އިންޑެކްސްގައި 2016 ވަނަ އަހަރު 112 ވަނައިގައި އޮތް ރާއްޖޭގައި މިނިވަން ނޫސްވެރިކަމަށް މި ފަހުން ކުރިމަތިވި އެންމެ ބޮޑު ހުރަހަކީ އެ އަހަރުގެ އޮގަސްޓް މަހު އަބުރުގެ ގާނޫނަކަށް އަމަލުކުރަން ފެށުމެވެ. ރިޕޯޓާސް ވިތައުޓް ބޯޑާސް އިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ވަކިވަކި ނޫސްވެރިންނަށް ވެސް ހަމަލާތަކާއި އިންޒާރުތައް ވަނީ ކުރިމަތިވެފަ އެވެ. ބްލޮގަރު ޔާމީން ރަޝީދު މަރާލީ ވެސް މިދިޔަ އަހަރު އެވެ.
ރާއްޖޭގައި އޮތް، ނޫސްވެރިންނަށް ހަމަލާދިނުމާއި އެފަދަ އަމަލުތައް ހިންގާ މީހުންނާ މެދު ފިޔަވަޅު ނޭޅުމުގެ "ވިހަ މާހައުލު"ގެ ސަބަބުން ނޫސްވެރިންނަށް މިނިވަންކަން އަމިއްލަ އަށް ދޫކޮށްލަން މަޖުބޫރުވާ ކަން ވެސް އެ ޖަމްއިއްޔާ އިން ފާހަގަކުރެ އެވެ.
މި އަހަރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާ ގުޅިގެން ހާލަތު އިތުރަށް ގޯސްވެގެންދިޔަ ކަމަށް ވެސް ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ބުނެފައިވެ އެވެ.
ދެކުނު އޭޝިއާ ސަރަހައްދަށް ބަލާ އިރު ރާއްޖެ އުޅެނީ ބޫޓާނާއި ނޭޕާލާއި އަފްޣާނިސްތާނަށް ފަހު ހަތަރު ވަނައިގަ އެވެ. ރާއްޖެ އަށް ވުރެ ފަހަތުގައި ސްރީ ލަންކާ 131 ވަނައިގައި އޮތް އިރު ދެން ހުރި ގައުމުތަކަށް ލިބިފައިވާ ދަރަޖަތަކަކީ އިންޑިއާ އަށް 138، ޕާކިސްތާނަށް 139 އަދި ބަންގްލަދޭޝް އަށް 146 ވަނަ އެވެ.
1. 2013 - 103
2. 2014 - 108
3. 2015 - 112
4. 2016 - 112
5. 2017 - 117
6. 2018 - 120
މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުގެ ޕްރެސް ފްރީޑަމް އިންޑެކްސްގެ އެއްވަނަ މަގާމް ވެސް ހޯދީ ނޯވޭ އެވެ. އެއަށް ފަހު ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ބޮޑު ގައުމުތަކަކީ ސްވިޑްން، ނެދަލެންޑްސް، ފިންލެންޑް އަދި ސްވިޓްޒަލެންޑެވެ. އާދައިގެ މަތިން އިންޑެކްސްގެ އެންމެ ފުލަށް ދިޔައީ ނޯތު ކޮރެއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
03 May 2018
މިތާ އޮތީ ނަޝީދު ޕްރޮމޯޓުކޮއްދޭ ނޫސްވެރިކަމެ އިޒްޒަތާ އަބުރަ އަރާ ނޫސްވެރިކަމެ.
މޯރީ
03 May 2018
ތި ދަށްދިޔައީ ނޫސްވެރިންގެ ފެންވަރު ނެތިގެން
ކާފަ ދ
03 May 2018
މީ ކިހާ ބުރަދަނެއްހުރި ބަޔަކު ކުރާ ކަމެއްތަ؟
އަބްދުއްލާ
03 May 2018
ނޫސްވެރި ކަމަކީ ބަޔަކު އާމްދަނީ ހޯދަން ކުރާ މަސައްކަތެއްގެ ގޮތުގަ ނޫނީ ނުފެނޭ . މިހާރުމިކުރާ ނޫސްވެރިކަމުން ގައުމަށް ލިބެނީ ހުސްގެއްލުން. ގައުމަށް ފައިދާހުރި މުޖްތަމައަށް ނޫސްވެރިކަމުގެ ފައިދާ އެއް މިހާރު ނުކުރޭ . މިހާރުގެ ނޫސްވެރިކަމުގެ ސަބަބުން މުޖްތަމައުގެ އަހްލާގީ ފެންވަރު ދަށް ވުމާއި އެކަކު އަނެކަކަށް ކުރާ އިހުތިރާމް ދަށްވުމާއި .ގާނޫނަށް ބޯލެނބުން ބައެއް ނޫސްވެރިންގެ ފަރާތުން ފެނުމުން މުޖްތަމައުވެސް ވަނީ ހަލާކު . ވީމާ މިނިވަން ނޫސްވެރިކަމެއް ބޭނުމެއްނޫން.
އައްމަބޭ
03 May 2018
ތިޔާކަމެއް ނޭގުނު ހެއްދެވިހާ އެއްޗެއް ހިޔާލަށް އަންނަންޔާއައިހާ އެއްޗެއް މިގައުމުނޫން ކޮންގައުމެއްގަތޯ ތިލަކުރެވެނީ.....
ޖަލިޔާ
03 May 2018
ވަރިހަމަ
މަނިކު
03 May 2018
ދޮންމަނިކުބެ ތިބުނީ ވ.ތެދު ވާހަކަ އެއް..މިނިވަން ކަމަކީ ފަސާދަ ކުރުމެއްނޫން. އެމީހުންހުން ހެޔޮ ކޮންމެ އައުގުރާނެއް ގޮވިޔަސް ނޫސްވެރިންނޭ ކިޔައިގެން ފާޑެއްގެ ފާސްގަނޑެއް އަޅުވައިގެން..
ދޮންމަނިކުބެ
03 May 2018
ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ކިތަންމެ ފަހަތަކަށް ދިޔަސް އެއީ އެއްވެސް މައްސަލައެއްނޫނެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގައި ކުރި ލިބިގެން ޤައުމަށް ނުވަތަ ރައްޔިތުންނަށް ލިބޭ ފައިދާއެއް ނުވަތަ ގެއްލުމެއްނެތެވެ. ބޭނުން އެއްޗެއް ބޭނުން މީހަކަ ދިމާލަށް ކިޔެވޭ ނުވަތަ ނޫސްވެރިންނޭ ކިޔާފަ ޓެގް އަޅުވައިގެން ނުކުންނަ ސިޔާސީ ފިކުރުގެ ނޫސްވެރިކަމެއް މިޤައުމަށް ބޭނުމެއް ނޫނެވެ.