ޚަބަރު / މިހާރު

"މިހާރު" ގެ ނޫސްބަޔާން

17 މެއި 2018 - 15:32

"މިހާރު" އޮންލައިންގައި ޝާއިއުކުރި "ކަރަންޓުގެ ބޮޑު ބިލާ އެކު ޝަކުވާ އިތުރުވެއްޖެ" މި ޚަބަރާ ގުޅިގެން ދަންނަވަމެވެ.

ސްޓެލްކޯ އަށް ރައްދުވާ ގޮތަށް ލިޔެފައިވާ މި ޚަބަރަކީ "މިހާރު" ނޫސް ޗާޕްކުރާ ތަނުގެ ބިލަށް ބިނާކޮށް ހަދާފައިވާ ޚަބަރެކެވެ. އެކަމަކު ދެ މަސް ކޮށްފައި އައި ބިލްގައި، ކުރީގެ ބިލްތަކަށް ވުރެ އަގު ބޮޑުވެފައެއް ނުވެ އެވެ.

ފަހުން ބެލިބެލުމުން އެނގުނީ ދެ މަހުގެ ބިލް އެއްކޮށް އައީ، އެ އިމާރާތުގެ ރީޑިން ނަގަން ސްޓެލްކޯގެ މުވައްޒަފުންނަށް ކުރިމަތިވި ދަތިތަކާ ހެދި އެކަން ނުކުރެވިގެން ކަމެވެ. އިމާރާތުގެ މަސައްކަތްތަކެއް ކުރިއަށް ދާތީ، މީޓަރު ހުރި ތަނުގައި ބައެއް ސާމާނުތައް ބަހައްޓާފައި ހުރުމުން، ސްޓެލްކޯގެ މުވައްޒަފުންނަށް އެތަނަށް ވަދެވޭ ގޮތް ނުވުމުން، ރީޑިން ނެގޭ ގޮތް ނުވީ އެވެ.

އެކަމަކު ދެ މަހުގެ ބިލް އެއްކޮށް އޮތް ނަމަވެސް، ޚަބަރުގައި ބުނެފައިވާ ފަދަ އަގު ބޮޑު ބޭންޑްތަކުން އެ ބިލަށް ސްޓެލްކޯ އިން ޗާޖު ކޮށްފައެއް ނުވެ އެވެ. އެހެންކަމުން އެ ޚަބަރަކީ ނުބައި މައުލޫމާތުތަކެއްގެ މައްޗަށް ބިނާވެފައިވާ ޚަބަރެއް ކަމަށް "މިހާރު"ން ގަބޫލު ކުރަމެވެ.

"މިހާރު" ގެ ނޫސްބަޔާން

އެ ޚަބަރުގެ ސަބަބުން ސްޓެލްކޯ އަށް ލިބިދާނެ ގެއްލުންތަކަށް، "މިހާރު" ން މާފަށް އެދެމެވެ. އަދި އޮޅުން އަރާ ފަދަ މައުލޫމާތެއް ގެނެސްދެވުނީތީ "މިހާރު" ގެ ކިޔުންތެރިންގެ ފަރާތުން ވެސް މާފަށް އެދެމެވެ.

17 މެއި 2018

އެޑިޓަރު

273 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 5%
icon angry icon angry 35%
icon wow icon wow 0%
icon inlove icon inlove 0%

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454