ރައީސްއާ އެކު މިރޭ ބޭއްވި ބައްދަލުވުމަށް ފަހު އަބްދުއްރަހީމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
24 ޖުލައި 2016 - 23:31
ކުރި އަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން، ޕީޕީއެމްގެ މެނިފެސްޓޯގައި ހުރި ކަންކަން އަވަސް ކުރުމާ ގުޅޭ ގޮތުން ސަރުކާރުގެ އިދާރާތަކުގެ އިސްވެރިންނާއި ވެރިކަން ކުރާ ކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ މެމްބަރުންނާ ރައީސް އަބްދުﷲ ޔާމީން މިރޭ މަޝްވަރާ ކުރައްވައިފި އެވެ.
މުލިއާގޭގައި އޮތް އެ ބައްދަލުވުމުގައި ބައެއް މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންގެ އިތުރުން ވެރިކަން ކުރާ ޕީޕީއެމް އާއި އެ ޕާޓީއާ ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގަތެވެ.
ރައީސްއާ އެކު މިރޭ ބޭއްވި ބައްދަލުވުން ނިމުމުން ބައެއް މެމްބަރުން ނުކުމެ ވަޑައިގަންނަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
އެ ބައްދަލުވުމަށް ފަހު، މުލިއާގޭ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމަށާއި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ވީހާ ވެސް ފަސޭހައިން އަދި އަވަހަށް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ކަމަށެވެ. އެ މަޝްވަރާތައް ކުރި އަށް ދިޔައީ، އޭނާ ވިދާޅުވި ގޮތުގައި، ވަރަށް މިނިވަން މާހައުލެއްގަ އެވެ.
"އަޅުގަނޑުމެން މަޝްވަރާ ކުރީ 2018ގެ ކުރިން ރައީސްގެ މެނިފެސްޓޯގައި ހުރި ކަންތައްތައް، ސަރުކާރުގެ އިދާރާތަކުންނާއި މަޖިލިސް މެމްބަރުންނާއި ކުންފުނިތަކުން ވީހާ ވެސް އަވަސް ކުރުމާ ގުޅޭ ގޮތުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމްގެ އެތެރޭގައި އުފެދިފައިވާ މައްސަލަތަކާ ބެހޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނުތޯ ދެންނެވުމުން އޭނާ ވިދާޅުވީ "މިއީ އެ ކަމަށް މަޝްވަރާ ކުރަން ބޭއްވި ބައްދަލުވުމެއް ނޫން" ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީޝާކިރު
25 July 2016
ކޮބާ 95000 ވަޒީފާ ކޮބާއަލަތު ކައިވެނީގެ ފުލެޓު ކޮބާ 50 ރިސޯޓު ކޮބާ ރިސޯޓު ހިއްސާ ކޮބާ މަސްވެރިންގެ 10.000 ކޮބާ ދަނޑުވެރިންގެ 8000 ކޮބާ ބޮލަކައް ޖެހޭ 15.000 ރުފިޔާ ކޮބާ އާއިލީ ޑޮކްޓަރު ކޮބާ ގޭގަ ތިބި ކަނބަލުންގެ ވަޒީފާ ކޮބާ ހުސްނުވާ އާސަނދަ ކޮބާ ފަނޑިޔާރުގެ އިސްލާހު ކުރެވިފަ ކޮބާ އިދިކޮޅު ހިޔާލައް ފުރުސަތު ދެވިފަ ކޮބާ ގެދޮރު ވެރިކުރުމައް ފޯމުލީ މީހުންގެ ފުލެޓު ކޮބާ 2 އަހަރުން އަޅަންބުނި ކުޅުދުއްފުށި އެއާޕޯޓު ކޮބާ ތެޔޮވަޅު ކޮބާ ދީނީ މީހުންނައް ލިބުނު ދީނީ މިނިވަންކަން ކޮބާ 100 ދުވަހުން އަޅަންބުނި 3 ޓާޝެރީ ހޮސްޕިޓަލު ކޮބާ މަސްތުވާ ތަކެތީގެ މައްސަލަ ކޮބާ މީހުންމަރާ މީހުންހުއްޓުވިފަ ކޮބާ ނޫސްވެރިންގެ މިނިވަންކަން ހުރިހާ ބާރެއް މުށުތެރެ ލާން ދެއްކިހާ ދަޅަ މިހިރީ ނުބައްދަލު އަދަދަކައް ފައިސާ ހަރަދު ކޮއްގެން ބުރިޖު އެޅިޔަސް ރައްޔިތުންގެ އާބާދީގެ ބޮޑުބައި އޮތީ ރައްރަށުގަ އެމީހުން ޔާމީނަކައް ވޯޓެއް ނުދޭނެ މިރާއްޖޭގެ ތާރީހު ނުދެކޭފަދަ ބޮޑެތި ޖަރީމާ ހިންގާފަ ހުރިކަމައް އެތައް ބަޔަކު ބުނަމުން ސަރުކާރުން އިސްތިޔުފާ ދެމުން ދާތަން ދެލޯހުރި މީހުންނައް އެބަފެނޭ ގޯނިގޯނީގަ ފައިސާ ހިފައިގެން ބަހަންދިޔައީ ތިމާ މީހާކަމައް ބުނާއަޑު ކަންފަތް ހުރިމީހުންނައް އިވޭ ވީމާ ޔާމީނު އަވަހައް އިސްތިޔުފާ ދެއްވާފަ ރަނގަޅު ވާނީ ގެޔައް ދިޔުން
މިޔާނޯ
25 July 2016
އަޅުގަނޑު ނުދެނަހުރީމު މީ ރައްޔިތުންނަށް ހެވާ ލާބަ އަށް މަސައްކަތްކުރާ ސަރުކާރެއްހެން. ވައުދެއް ވެފައި އޮތް ހެން ހީވެސްނުވޭ މި ދިޔަ 3 އަހަރުތެރޭ އަމަލުތައް ހުރިގޮތުން. ރައްޔިތަކު ހިއެއްނުވާ މި ސަރުކާރު ކެމްޕޭނުގައި ވި ވައުދެއް ފުއްދަފާނެ ކަމަށް ބަލައިގެން އުޅޭހެނެއް. ސަރުކާރު ބަޑަށް ސިފަ ވަނީ އިހު ޒަމާންތަކުގައި ދުނިޔެ ދުށް ޖައްބާރު ރަސްރަސް ކަލުން އެބައިމީހުން ވެރިކަންކުރި ޒަމާންތައް ރަމްޒު ކޮށްދޭ ބޮޑެތި ބިނާތައް ހެދުމުގައި އުޅޭހެން މުޅި ރައްޔިތުން އަޅުވެތިކަމުގައި ތިބޭ ހާޅުވެސް ވެރިކަމުގެ ލައްޒަތާ އާރާ ބާރު ހޯދުމަށް މަސއަކަތް ކުރާހެން
މުހައްމަދު
25 July 2016
ކޮބާތޯ ހަނިމާދޫ އެއަރޕޯޓް....ހދ.ގަ އެޅުނު ރިސޯޓެއް ...2018 އަންނައިރު އެކަން ހަނދާން ކޮންލާތި......މުޅި ބޮޑު ތިލަދުންމަތި ނުކުންނާނީ ޔާމީން އާއި ދެކޮޅައް....ސަލާމް
ސަނޫސީ
25 July 2016
މިސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ފަށާނީ ނ. އަތޮޅުންނޭ ރައީސް ވިދާޅުވި. ނަމަވެސް މިހާތަނަށް އައިއިރު ނ. އަތޮޅުގައި ތަރައްޤީގެ އެއްކަމެއްވެސް ނުކުރޭ. ދެން ލަލަލާ.
ތާރުކުނާވަޙީދު
25 July 2016
ވަޢުދުތަކެއް ފުއްދާނެކަމެއްނެތް. ރިޔާސީ ދައުރުގެ މުއްދަތު 10 އަހަރަށް އިތުރުކޮށް ޤާނޫނު އަސާސީ އިޞްލާޙުކޮށްލީމަ ނިމުނީ. ކަލޭމެން ބޭނުންހާ ގޮތަކަށް ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށް ތިދަނީ ބަދަލު ގެންނަމުންނޫންތޯ.
އެދުރުބެ
25 July 2016
މެނިފެސްޓޯ ތަންފީޒް ކުރާއިރު ތިރިގައި މިދަންނަވާ ކަންކަމަށް ވެސް ބަލާލުން ރަގަޅު. 1- ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރަށް ހުތުރުން ލިބޭ ކަންކަން (ވައްކަން. ކޮރަޕްޝަން، ނާޖާއިޒް ފައިދާ،) ކުރާމީހުންނާއި މެދު ފިޔަވަޅު އެޅުން. 2- ޕީޕީއެމް އާއި އާއްމު ރައްޔިތުންނާއި އޮންނަ ގުޅުން ރަގަޅު ކުރުން. މުޅި ރަށަށް ބަސް އިއްވުން އެއްމެ މިހަކު ނުބަހައްޓާ ނުފޫޒްގަދަ އާއިލާތައް އޮންބޯޑްކުރުން.
އަރުވާލި އަބްދުއްރަހީމް
25 July 2016
ވައުދު ކީއްކުރަންތޯ ކުލިތައް ބޮޑުވެ ކާބޯތަކެތީގެ އަގު ބޮޑުވެ މިއިން ކަމެއްގަ އަޅާލާ ވާހަކަދައްކާ މީހަކުވެސް ހަމަ ނެތީ އޭގެ އިތުރުން މުސާރަ ބޮޑުކުރުންވެސް ރައްޔިތުންނާ ވަރަށް ބީރަށްޓެހި
ސާބަސް
25 July 2016
ސާބަހޭ 3 އަހަރުފަހުން މަސްވަރާ، އަދިއެވެސް ވައުދުތަކަކީ ކޮބާކަމެއް ސާފުކޮން ކަނޑަނޭޅޭ. ގައުމެއްނެއް.
ކެނެޑީ
25 July 2016
ތިޔަ މެނިފެސްޓޯގެ އޮންލައިން ޕީޑީއެފް އެއް ދީބަލަ. އަހަރެން ހައިރާންވެ އަންތަރީސް ވެއްޖެ ކަލޭމެން އަހަރުމެންނަށްޓަކައި ތިޔަ އުޅޭ ވަރަކުން އާއިލާއާ އެކީ ރޭގަނޑުގެ ގަޑިތައް ހޭދަނުކޮށް ހަމަ އަހަރުމެންނަށް (ރައްޔިތުންނަށް) ޓަކައި ތިޔަވަރަށް އުޅޭތީ. ތިޔަވަރަށް އަދި ނޫޅޭދެން.
ކަދުރުރުކަށްއެރިމީހާގެނަދުރު
25 July 2016
އައްދެ. ތިއީ މާކަ ބޮޑު އުނދަގޫ އަދި ވަގުތެއް ވެސް ނަގާނެ ކަމެއް ނޫން. ހަދަންވީ ގޮތަކީ މުލީއާގޭގައި ބާއްވާ ނިއުސް ކޮންފަރެންސެއް. ބާއްވާފައި ބުނާނީ މިހެން -- ހަތްދިހަ ދެ ހާސް ވަޒީފާ މިހާރު އުފެދިއްޖެ (އުފެދުނީ ކޮންތާކު ކަމެއް ބުނާނެ ކަމެއް ނެތް) -- މުޅި ރާއްޖޭގައި 15 ހާސް ހައުސިންގް ޔުނިޓު އެޅިއްޖެ -- ބެޔަސް ނުބެޔަސް ދިހަހާސް ރުފިޔާ ދަނީ ދެމުން. ގިނަ މީޙުން ނުގެންދަނީ. -- ކޮންމެ ދަނޑުވެރިޔަކަށް 8 ހާސް ރުފަޔާ ދަނީ ދެމުން. ގިނަ މީހުން ޝަރުޠު ހަމަނުވަނީ. -- ކޮންމެ އާއިލާއަކަށް ޑޮކްޓަރެއް ހުންނާނީ ހަމަޖައްސާފައި. (ހުރި ތަނެއް ބުނާނެ ކަމެއް ނެތް) -- ޑޮލަރު މިހާރު ތިޔާގިވެ 10 ރުފިޔާއަށްވެސް ލިބެޔޭ އަހަރެމެންނަށް. ދެން ކަލޭމެނެންނަށް ނުލިބުމަކީ އަހަރެމެންގެ މައްސަލައެއް ނޫނޭ -- ދެން ބުނާނީ ބޮޑު ބުރިޖަކާއި އެއަރޕޯރޓަކާ އަންނަނީ އަޅަމުންނޭ. އެ އެޅީމާ ހުރިހައި ވައުދެއްވެސް އެ ފުދުނިއްޔޭ.
އިދުރީސް ދޮންބެ
25 July 2016
މި ކޮމެންޓަށް ތާއީދު