މަހްލޫފް މުޒާހަރާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ: އޭނާގެ މައްޗަށް ކުރި ދެވަނަ ދައުވާ ވެސް ސާބިތުވެ ވަނީ އިތުރު ޖަލު ހުކުމެއް މިއަދު އިއްވާފައި.--- ފޮޓޯ: ފޭސްބުކް/މަހްލޫފް
25 ޖުލައި 2016 - 16:47
ޖަލަށް ލާފައިވާ މަޖިލިސް މެމްބަރު އަހުމަދު މަހުލޫފަށް ކުރާ ދެ ވަނަ ދައުވާ ވެސް ސާބިތުވެ އޭނާ އިތުރު ހަ މަސް ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.
ފުލުހުން ބެރިކޭޑް ޖަހައި ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަން ކަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މަހުލޫފްގެ މައްޗަށް ސާބިތުވެ ހަ މަހުގެ ޖަލު ހުކުމެއް އައިއިރު، މިފަދަ އެހެން ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ވަނީ މިދިޔަ ހަފުތާގައި ހުކުމްކޮށްފަ އެވެ.
މެމްބަރު މަހުލޫފްގެ މައްޗަށް ކުރި ދެވަނަ ދައުވާގައި ވަނީ، މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް އޭނާ ގަދަކަމުން ވަދެ، ބެރިކޭޑުތައް ކޮއްޕައި ހެދި ކަމަށެވެ. އެހެންވެ، ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުމުގެ ދައުވާ މަހުލޫފްގެ މައްޗަށް އުފުލީ އެވެ. އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނުކަން ވެސް ކުރައްވާ މަހުލޫފަށް މިދިޔަ ހޯމަ ދުވަހު ހުކުމް އިއްވީ ވެސް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި މައްސަލައެއްގަ އެވެ. އެއީ ފުލުހުންގެ ބަންދުގައި ހުރެ، ފިލަން މަސައްކަތް ކުރި ކަމަށް ބުނެ ކުރި ދައުވާ ސާބިތުވުމުންނެވެ. ދެ ދައުވާއާ ގުޅިގެން ވެސް މަހުލޫފުގެ މައްޗަށް އައީ އަހަރަކަށް ވުރެ ކުރު ހުކުމެއް ކަމުން އޭނާގެ މަޖިލިހުގެ ގޮނޑިއެއް ނުގެއްލެ އެވެ. އެކަމަކު، ހުކުމުގެ މުއްދަތުގައި މަޖިލީހަކަށް ހާޒިރެއް ނުުވެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމީން(ތިމަރަ)...............................
26 July 2016
ނޯ ކްރައުން ނޯކްރޮސް ބަޑީ...............................................
މާހިރު
26 July 2016
ތިއީ އެއްވެސް މައްސަލައެއްނޫނެވެ. 2 އަހަރު އޮތްތަން 6 މަހަށް ބަދަލުކޮށްލީމާ އެކަން ހަމަޖެހުނީއެއްނޫންތޯއެވެ. މިހާރު ރާއްޖޭގައި އޮތީ އެ އުސޫލެވެ.
ޕޕ
26 July 2016
ޤައުމުގެ އާދޭހަކީ މިފަދަ ޒުވާނުން ކުރީސަފަށް ނިކުމެ ޔާމީންގެ ވަކިތަކުން ޤައުމު ސަލާމަތް ކޮށްދިނުން..
ވޯޓް ވިއްކި ގަމާރު
26 July 2016
ނިހާނު ބެރިކޭޓް މަތިން ފުންމި އަދަބެއް ނުލިބޭ މިހެން ވީމަ ސަދޫމް ޕޮލިހުނޭ، ޕްރޮސެކިޓާއޭ އަދި ފަޑިޔާރުންނޭ ކިޔަނީ
ސަމަންދަރު
26 July 2016
ކޯޓަކުން މީހަކަށް ހުކުމެއް ކުރާއިރަށް ރައީސް ޔާމީނޭ ސަރުކާރޭ ކިޔައިގެން ވާހަކަދައްކާ މީހުންނަށް ނޭގެނީތަ، ސަރުާރާ ޖުޑިޝަރީއަކީ ދެއެއްޗެއްކަން، ޝަރީޢަތް ކުރަނީ ރައީށް އޮފީހުން ނޫންކަން، ޖުޑިޝަރީގެ އެންމެ އިސްބޭފުޅަކީ އުއްތަމަފަނޑިޔާރުކަން. އަހަރުމެން ޖެހެނީ ހަމަ ކިޔަވަން، އޭރުން ތަންކޮޅެއް ބޮޑަށް ރޯފިލާނެ. މިނިވަންދުވަހުގެ ހެއުއެދުމާއިި ތަހުނިޔާ ދަންނަވަން.
އަހްމަދު
26 July 2016
ކޮމެންޓކުރި މީހާ ވަކިވަކިން އޮތްކަމުގެ މިސާލަކީ ނިހާނު ކިޔާ ބޭކަލަކި iތިޔަބުނާބެރިކޭޓެައް މަތިން ފުންމި ނެތް މައްސަލައެއް.
ނޯއައިޑިއާ
26 July 2016
މަޚްލޫފުގެ ޕްރައިމް ރެސްޕޮންސިބިލިޓީ އަކީ އެއީ ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދާ ދިނުމެވެ. އެކަމަކު އެކަން މަޚްލޫފު ނުކޮށް މިސަރުކާރު ގައިގައި ސިޔާސީ ޗާބޫކުން ތަޅަން ނިކުމެ ބްލޫސް ކުދިންނަށް ހަމަލާ ދިނުމުން ދެން އޭގެ ޕްރައިސް ޕޭބެކް ކުރަން ޖެހޭނެއެވެ. އެޕްރައިސް މަޚްލޫފު އެ ޕޭބެކް ކުރަނީ. މިސަރުކާރު އައީ ކޮމިޓްމަންޓްސް ތަކާއި އެކުއެވެ. މިސަރުކާރުގެ ކޮމިޓްމަންޓްސް ތައް ފުރިހަމަ ވިޔަ ނުދިނުމަށް ޓަކައި ފާޅުގައި ޖެއްސުން ކޮށް އަދި ފާޑުކިޔަސް އެއީ އެއްވެސް މައްސަލަ އެއް ނޫނެވެ. އެކަމަކު ފުލުހުންގެ ގާނޫނާއި ޚިލާފު ވެއްޖެނަމަ އެކަމަށް ގާނޫނީ ގޮތުން ދޭން ޖެހޭ އަދަބެއް ދެވޭނެއެވެ. އެ މައްސަލަ އެއް ނެތޭ ދުވާލަކު 1000 މީހުންނަށް ގާނޫނީ ގޮތުން އަދަބު ދޭން ޖެހުނަސް. އެކަން ކުރާނެ މިސަރުކާރުން. ދެން އޮތީ 2018 ގައި ރިޔާސީ އިންތިޚާބުގެ ވާހަކަ. 2013 ގައި ވެސް އެއިރު ކްރިޓިކްސް އިން ބުނި ރައީސް ޔާމީންގެ ޕޮޕިއުލަރިޓީ އެއް ނެތޭ. ފުރަތަމަ ޕްރައިމަރީ ވެސް ލުއްސާލީ މުލުންނެވެ. ދެން 2018 ގައި އޮންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ އެއްބުރުން ނެވެ. އިދިކޮޅު ރަންރީނދޫ ޓްވިޓަރުން ނަށް އެދުވަހަކުން އެގިގެން ދާނެ ހައު ކޭޕެބުލް ވީއާރ.. ޔޫ ހޭވް ނޯ އައިޑިއާ ވަޓްސް އިންސައިޑް ދިސް ސްޕިއަރ..
ގަޓުބެ
26 July 2016
މަޙޭ ހިތްވަރު ގަދަ ކުރާތި. ތި އުފެދެނީ ދިވެހި މަންޑޭލާ. ޜައްޔިތުންގެ ހައްގުގައި ސާބިތުވާތި. ޢާއިލީ ކިލަނބުކަމެއްނެތް ރިސޯޓު މަހުޖަނު އާއިލާއެއްގެ ދަރިއެއް ނޫން.. ދިވެހި ޒުވާނުންގެ ރޫހު މަހޭ
އަބޫ
25 July 2016
މަހުލޫފުގެ މައްޗަށް ތި ތައުވާ ސާބިތުވެއްޖިއްޔާ ފުލުހުންނަށް ގޮވާލަން މަޖިލިސް މެމްބަަރ ނިހާނު ބެރިކޭޑް ފަޅާލާ ފުލުހުންނަށް އަނިޔާކުރިކުރުމަށްވެސް ދައުވާކުރަން. އެހެންނޫނީ ހަމަ ބުނެވޭނީ ސިޔާސީ ވެގެން ފުލުހުންވެސް ދައުވާކުރަނީޔޭ
ހުޝާަމަތު
25 July 2016
ޔާމީނު ޖަލަށްލުމަށް ހުކުމްކުރާދުވަހު މަ ގޭ ބަނޑުގަ ގޮއްލަންދެން މަަހޭނަން. އިންޝާﷲ އެދުވަސް ފެންނާނެކަމަށް އުންމީދުކުރަން.
އަސަދު
25 July 2016
އެންމެ މޮޅުޤާޒީ ހުރީ ދ. ބަނޑިދޫގައި. އުއްދޫގައި ދަނޑު ގޮވާން ކުރަން އުޅުމީހެއް