ސިޔާސީ ބައެއް މަގާމުތަކަށް ރައީސް ބަދަލުގެންނަވައިފި

ސަރުކާރުގެ ސިޔާސީ ބައެއް މަގާމުތަކަށް ރައީސް އަބްދުﷲ ޔާމީން މިއަދު ބަދަލުތަކެއް ގެންނަވައިފި އެވެ.


ރައީސް އޮފީހުން ބުނި ގޮތުގައި މިއަދު ގެނައި ބަދަލުތަކުގެ ތެރޭގައި ހިމެނެނީ ފިޝަރީޒް މިނިސްޓަރުގެ ނައިބުގެ މަގާމުގައި ހުންނެވި މ. ޒިޔާރަތްދޮށުގޭ އަހުމަދު ހާފިޒު، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވުމާއި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި މއ. އަނދުންކޮށީގޭ ހަސަން ރަޝީދު، ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވުމެވެ. މީގެ އިތުރުން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި، ފ. ނިލަންދޫ، ފިނިފެންމާގެ އަބްދުލްމުހުސިން ހަމީދު (ޖޭފޯ) ހައުސިން މިނިސްޓަރުގެ ނައިބުގެ މަގާމަށް އައްޔަން ކުރެއްވުމެވެ.

މި ފަހުން ވެސް ރައީސް އޮފީހުން ވަނީ ސިޔާސީ ބައެއް މަގާމުތަކަށް ބަދަލު ގެންނަވައިފަ އެވެ. އެގޮތުން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ނާއިފް ޝައުކަތު ހައުސިންގެ ޑެޕިއުޓީ މިނިސްޓަރަކަށް އަދި ހައުސިންގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ހުސައިން ވަހީދު ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރެއްވުން ހިމެނެ އެވެ.