ހުޅުލެއާ ހުޅުމާލެ ދެމެދުން ދަތުރުކުރި ދޯނި ބަންޑުން ޖަހާލައިފައި. ލޭންޑިން ކްރާފްޓެއް އޮޔާދާތީ ފުލުހުން އަންނަނީ އޭގައި ހުރި މުދާ ސަލާމަތްކުރަން މަސައްކަތް ކުރަމުން. -
26 ޖުލައި 2016 - 21:40
މުދާ ބަރުކޮށްގެން ދ. އަތޮޅުން ފުރައިގެން މާލެ އަށް ދަތުރުކުރި ކުރި ލޭންޑިން ކްރާފްޓެއް އޮޔާދާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ އޮޔާދާ ލޭންޑިން ކްރާފްޓްގައި އަށް މީހަކު ތިބި ކަމަށެވެ. އެކަމަކު އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ލޭންޑިން ކްރާފްޓް އޮޔާދާން ފެށީ، ތިލަފުއްޓާއި ގިރާވަރާ ދޭތެރޭގައި އޭގެ އިންޖީނުގެ ހޮޅިއެއް ފަޅައިގެން ދިއުމުންނެވެ.
އެއީ ކޮން ބައެއްގެ ލޭންޑިން ކްރާފްޓެއް ކަމެއް އަދި އޭގައި ހުރީ ކޮން ކަހަލަ މުދަލެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހުސާންތެރިޔާ
28 July 2016
ކޮބާ ކޯސްޓްގާޑް
ޑޮގު
26 July 2016
ޚަބަރުދޮގު .ފުލުހުން އެއްވެސްކަމެއް ނުކުރެ. ޓިއުލަނދު އަމިއްލައަްށް ހޮޅިބައްދައިގެން ތިކަން ނިމިއްޖެ