އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ޑރ. މުހައްމަދު އިޔާސް މިއަދު ފުލުހުން އޮފީހަށް ހާޒިރުވެވަޑައިގަންނަވަނީ. ފޮޓޯ: އަބްދުﷲ ޖަމީލް /މިހާރު
28 ޖުލައި 2016 - 15:11
އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ފުލުސް އޮފީހަށް މިއަދު ހާޒިރުކުރީ ޖުޑީޝަރީން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށް އިޔާޒްގެ ވަކީލް ވިދާޅުވެއްޖެ އެވެ.
މެންދުރުފަހު 2:00 އަށް ފުލުސް އޮފީހަށް ހާޒިރުވެ ވަޑައިގަތުމަށް ފަހު ގާތްގަނޑަކަށް ބައި ގަޑިއިރު ފަހުން ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން އިޔާޒްގެ ފަރާތުން އޭނާގެ ވަކީލް ވިދާޅުވީ އިޔާޒް ހާޒިރުކުރީ މި މަހު 8 ވަނަ ދުވަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެން ޖުޑިޝަރީން ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެ މައްސަލަައިގެ ތަފުސީލެއް އޭނާ ނުދެއްވަ އެވެ.
ވަކީލް އެ ވިދާޅުވި ދުވަހު އިޔާޒްގެ ނަމުގައިވާ ފޭސްބުކް ޕޭޖްގައި ކޮށްފައި ވަނީ އެންމެ ޕޯސްޓެކެވެ. އެއީ މަރަށް މަރު ހިފުމާ ބެހޭ ގޮތުންނެވެ. އެ ޕޯޓްގައި ބުނެފައި ވަނީ އިސްލާމީ ޝަރީއަތުގައިވާ ގޮތަށް ގިސާސް ހިފަން އުޅޭ ނަމަ އެކަމަށް މަރުހަބާ ކިޔާ ކަމަށާއި އެކަމަކު މަރުވި މީހާގެ އާއިލާ އިން މާފު ދީފި ނަމަ މަރަށް މަރު ހިފައިގެން ނުވާނެ ކަމަށެވެ.
މިހާރު މަރަށް މަރު ހިފަން އުޅެނީ އިސްލާމް ދީނުގައި އޮތް ގޮތަށްތޯ ސުވާލު އުފެދޭ ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަަވަހާރާކޮށްލި މައްސަލާގައި ކުށް ސާބިތުވެ މަރުގެ ހުކުމް އައިސްފައިވާ ހުސެން ހުމާމް މަރަން ދަންވަރު ކޯޓު ހުޅުވައިގެން މައްސަލަ ނިންމި އިރު މީގެ ކުރިން ވެސް އެތައް ބަޔަކު މަރަން ހުކުމް ކޮށްފައި ވާތީ ކަމަށެވެ. އަދި މަރަން މަރު ހިފި ނަމަވެސް ހައްދު ގާއިމު ނުކުރާނެ ކަމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ކަމަށާއި އެހެންވެ މިއަށް ކިޔަނީ ފޮތުގެ އެއްބަޔަށް އީމާންވެފައި އަނެއް ބަޔަށް ކާފަރުވުން ކަމަށް ވެސް އެ ޕޯސްޓްގައި ބުނެފައިވެ އެވެ.
ވަކީލު ވިދާޅުވީ ފުލުހުން އޮފީހަށް އިޔާޒް ހާޒިރުކުރެއްވުމުން އިޔާޒް އިހުތިޔާރުކުރެއްވީ ހަނުހުންނެވުމަށް ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ޑރ. އިޔާޒް ވިދާޅުވީ ފުލުހުންގެ ވާޖިބު އެ މީހުން އަދާކުރަން ޖެހޭނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެއްވެސް ޝަކުވާއެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ހައްގު ބަސް ބުނަންވާނެ. އިންޝާﷲ ހުރިހާ ކަމެއް އަދި ރަނގަޅުވާނެ،" ޑރ. އިޔާޒް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިއަލިޓީ
29 July 2016
މިކުޅޭ ކުޅިގަނޑުގެ ބޭނުމަކީ އެކިމީހުން މަޝްހޫރުކުރުވާ އެމީހުން އެންމެން ވެރިކަމަށް ކުރިމަތިލައި، ޔާމީނާއި ދެކޮޅަށް ނުކުންނަ މީހުންތައް ބައިބައިކުރުން. އެކަމަކު ވެސް، 2018 ގައި ދެވަނަ ބުރެއް އޮތިއްޔާ ޔާމީނެއް ނުހޮވޭނެ. ފުރަތަމަ ބުރުން، ފުލުުންނާއި ސިފައިންގެ އެހީއާއި އެކު ހޮވެންޏާހޮވެންވީ!
ސާދާސީދާ
29 July 2016
ޑރ. އިޔާސް އަކީ ޢިލްމްވެރި، ޙިކްމަތްތެރި ބޭފުޅެއް. ޙައްޤުބަސް ބުނުމުގައި ފަސްނުޖެހޭ ދަރިއެއް. މި އިސްލާމީ ޤައުމު ފަޚްރުވެރިވާ ބަޠަލެއް.
އައިއެފް
29 July 2016
ޢިލްމުވެރިންނަކީ މާތްﷲ މާތްކުރައްވާ ޤަދަރު އުފުއްލަވާފައިވާ ބޭކަލުންތަކެއް. އެބޭފުޅުންނަކީ ރަސޫލުންގެ ވާރުތަވެރިން. އެބޭފުޅުންނާ ނުކުޅޭތި. ފަހަރެއްހައި އަޒާބެއް އަތުވެދާނެ. ޢަޒާބަކީ ހަމައެކަނި އުޑުން ހިލައައުމެއްނޫ ވަކި. އަދި ވަށައިގެންވާ ކަނޑު ރަށްތަކަށް އެރުމެއްވެސްނޫން. ގައުމު ނާންމާކަމާ ބިރުވެރިކަން އަދުލުއިންސާފު ނެތިގެންދިޔުން މިވެސް ކޯފާ.
ޙަސަނު
29 July 2016
ޝޭޚްވެސް ފިލާއޮވެދޮތަ ހައްގުބަސް ބުނަން ކެރެނީ.ބަސް ބުނަންވީ ތަނުގައި ހުންންވީ ހަމަ ހިމޭނުން.
އަބްދުﷲ
29 July 2016
އިޔާޒް އެ އެޕޯސްޓް ގައި ބުނެފައިވާ ގޮތަކީ އެންމެ ރަނގަޅަކަށް ނޫން ކަމަށް އަހަރެން ދެކެން... ތެދުބަހުން ބުނާކަމުގައި ވަނީނަމަ ބުނަންވާނީ "ފުތުގައި ވާ އެންމެ ހުކުމަކަށް ނުވަތަ ކުކުމެއްގެ ބަޔަކަށް (އާޔަތެއްގެ ބަޔަކަށް) ތަބާވާ ބަޔެކޭ މި އުޅެނީ.
ޖަަމަލު
29 July 2016
ގަލަކާ ނުވަތަ ފާރަކާ ވާހަކަ ދެއްކުންވެސް މާރަނގަޅުވާނެ މިތާ މިތިބަ ޕޮލިހުންނާ ފަނޑިޔާރުންގެ ސުވާލުތަކަށް ޖަވާބު ދިނުމައްވުރެއް. ޝޭހް ހެދީ ހަަމަ ރަނގަޅަށް. އެބައިމީހުންނާ ޖަދަލު ކުރުމެއް ނުވޭ
އަލީ
28 July 2016
ތިޔަކޯޓުން ސުވާލުތިކުރަނީ، އިސްލާމީ ޝަރީއަތާއި އޭގައިވާގޮތާމެދު ޝޭހާއި ޖަދަލުކޮއްލެވޭ ފެންވަރުގެމީހަކު ކޯޓުގައި ނުހުންނާނެ. ބިރުދެއްކުންނޫން ކަމެއްނޫން ތީކީ.
މަހައްޕު
28 July 2016
އެހެންވެތާ "މަ ހައްޕު" ކިޔައިގެން ޕޮލިހުގައި ހުރީ...
ހުސެން
28 July 2016
ބުނާނަމަ ހެޔޮބަހެއް ބުނާށެވެ. ނޫންނަމަ ހަނު ހުންނާށެވެ. ސާބަސް ޝެއިޚް ސާބަސް..
ލުގުމާން
28 July 2016
ތީގައި އެއްވެސް މައްސަލައެއްނެތް، އޮތްހާވެސް މައްސަލައަކީ ހަނު ހުއްނެވި މައްސަލަ. ކީއްވެބާ އެކަންއޮތްގޮތް ސާފްކޮށް ފުލުހުންނަށް ވިދާޅުވެނުދެއްވުނީ؟ ތީ އޭ ޝޭހުގެ މައްސަލައަކީ...
ހަސަން
28 July 2016
ހަނުހުރީ ފުލުހުންނަށް ކަން އޮތްގޮތް ސާފު ކޮށްނުދެވޭތީއެއް ނޫން.
އަބްދުﷲ
29 July 2016
އިސްލާމީ ޝަރިއާގެ މައްސަލައެއްގައި ފުލުސްއޮފީހަށް ގެންދާކަށް ނުޖެހޭ. ޝަރިއަތުގެ މަޖުލީހުގައި . ޕޮލިސް އިޔާޒް ދައްކާވާހަކަ ޤަބޫލް ކުރާނެތަ
ނަދީމް
28 July 2016
ކީއްކުރަން ޕޮލިހަށް ހުށަހަޅަނީ؟؟ ސްޕްރީމް ކޯޓުން އަމިއްލައަށް ދައުވާކޮށްފަ ހުކުމް އިއްވާ ޖަލަށްލީމަ ނިމުނީނު.. މާ ޑްރާމާ ބޮޑުނުކޮށް ކުރާކަމެއް ކޮށްބަލަ..
މަސް
28 July 2016
މާތް ﷲ ޝައިޚަށް ހެއު ރަޙްމަތް ލައްވާށި! ގޯސް ކަންކަން އިޞްލާޙުކުރުމަށް ބުނެދީ ބާރުއެޅުން އެއީ ސިޔާސީވުން ކަމަށްވަންޏާ ތިޔައީ އަހަރެމެންގެ ސިޔާސީ ލީޑަރުން. ކުރިޔަށް ވަޑައިގަންނަވާ!
އަފީ
29 July 2016
ލައްބައޭ.. ކުރިއަށް ވަޑައި ގަންނަވާ..