އިދިކޮޅު ފަރާތްތަކުން ކޮންމެ ހުކުރު ދުވަހަކު ކުރާ ދުއާގައި ޝަމްއޫން ބައިވެރިވަނީ.-- ފައިލް ފޮޓޯ: ޓުވިޓާ
30 ޖުލައި 2016 - 15:35
ފުލުހުންނާއި ސިފައިންނާ މެދު ނަފުރަތު އުފައްދައި ހަމަނުޖެހުން އުފައްދަން އުޅޭ ކަމަށް ކަމަށް ބުނެ ރޭ ހައްޔަރުކުރި ޝަމްއޫން ޖަލީލް (ލޫކަސް ޖަލީލް) ގެ ބަންދަށް ކްރިމިނަލް ކޯޓުން ދެންމެ 15 ދުވަސް ޖަހައިފި އެވެ. ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމަށްވާ ޝަމްއޫން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ރޭ 10 ޖަހާކަންހާއިރު އެވެ. އޭނާ ހައްޔަރުކުރީ، ފުލުހުންގެ ތަރުޖަމާނު ވިދާޅުވެފައިވާ ގޮތުގައި، އޭނާ އާއި އިތުރު ބަޔަކު ބައިވެރިވެގެން ރާއްޖޭގެ ދިފާއީ ބާރުތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެދޭ ގޮތަށް ވާހަކަ ދައްކައި މުޖުތަމައުގައި ހަމަނުޖެހުން އުފައްދަން އުޅޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގަ އެވެ. އެކަމަކު، އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. އިދިކޮޅު އެމްޑީޕީގެ މެމްބަރެއް ކަމަށްވާ ޝަމްއޫނަކީ ޓުވިޓާ އާއި ފޭސްބުކުގައި ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރަށް ވަރަށް ފާޅުގައި ފާޑުކިޔާ މީހެކެވެ. އަދި އިދިކޮޅު ފަރާތްތަކުން ބާއްވާ ހަރަކާތްތަކުގައި ވެސް އޭނާ ބައިވެރިވެ އެވެ. ޝަމްއޫން ހައްޔަރު ކުރިއިރު، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެން ކުރެއްވި ޓުވީޓަކާ ގުޅޭ މައްސަލައެއް ވެސް ފުލުހުން ދަނީ ބަލަމުންނެވެ. އެ މައްސަލައިގައި މާދަަމާ ފުލުހުންގެ އިދާރާ އަށް އަނެއްކާ ވެސް ހާޒިރުވުމަށް އޭނާ އަށް ވަނީ އަންގައިފަ އެވެ. އަލީ ހުސެންގެ އިތުރުން، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ވެސް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. އޭނާ މިދިޔަ ބުރާސްފަތިދުވަހު ހާޒިރު ކުރީ ފޭސްބުކްގައި މި މަހުގެ އަށް ވަނަ ދުވަހު ކުރި ޕޯސްޓަކާ ގުޅިގެން ޖުޑިޝަރީން ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށް އިޔާޒްގެ ވަކީލް ވަނީ ވިދާޅުވެފަ އެވެ. ހަމަ އެއާ އެކު، އިދިކޮޅު އިއްތިހާދުގެ ހިޔަނި ހޯމް މިނިސްޓަރު އަހުމަދު ތަސްމީން އަލީ އާއި ސިވިލް ރައިޓްސް މިނިސްޓަރު ހަސަން ލަތީފް އަދި ހެލްތު މިނިސްޓަރު ޝިދާތާ ޝަރީފު ފުލުސް އޮފީހަށް ހާޒިރުވުމަށް ވަނީ ޗިޓު ފޮނުވާފަ އެވެ. އެ ތިން ބޭފުޅުން ހާޒިރުވާން އަންގާފައި ވަނީ މިއަދު ހަވީރު 4:00 އަށެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝައްމޫން ޖަލީލް
31 July 2016
މަށައްކިޔަނީ ޝައްމޫން ޖަލީލް. ސޯޝަލް މީޑިޔާގަ ލޫކަސް ޖަހައިގެން އަޅުގަނޑު އުޅުނަސް އަޅުގަނޑައް އަސްލު ކިޔަނީ ޝައްމޫން ޖަލީލް.
އިދިކޮޅު ޕިންކޭ
31 July 2016
އަހަރެންގެ ހިތުގަ ފުލުހުންނާ ސިފައިންނާމެދު ނަފުރަތު އުފެދުނީ ބޮޑޭ ޓީވީ އަށް އަރާ، ސިފައިންނާ ފުލުހުންނަކީ ކޮރަޕްޓް ބަޔެކޭ ވިދާޅުވި ދުވަހުން ފެށިގެން. ދައުލަތުގެ ބަޖެޓްގެ ބޮޑު ބައެއް ސަލާމަތީ ބާރުތަކަށް ޚަރަދުކުރާއިރު އަހަރެން ކުރިޔަކުން ހިޔެއްނުކުރަން ސިފައިންނާ ފުލުހުންނަކީ އެހާ ކޮރަޕްޓް ބައެއްކަމެއް. އެދުވަހުން ފެށިގެން އަހަރެން ވަރަށް ނަފުރަތުކުރަން.
ޕްރޮފައިލް
30 July 2016
ލޫކާސް ބަންދަށް 15 ދުވަސް ޖަހާ ލޫކާސް ބަންދުގައި ބަހައްޓައިގެން އެބަޖެހޭ ތިމައްސަލަ ކޯޓަށް ހުށައަޅައިގެން ކޯޓް ޝަރީއަތް ނިމެންދެން ލޫކާސް މެން ދެން ބަހައްޓަން ބްލޫސްގެ ބެލުމުގެ ދަށުގައި، އެެއިރަށް އަންނާނެ ދެން ހުރި އެއްޗެހި ވެސް މުލުން ލުހިގެން. އިދިކޮޅު ރަންރީނދޫ މައި ޓްވިޓަރު ވެސް އެދަނީ ސްޕީޑް އެކްސެލެރޭޓް ވަމުންނެވެ. ތިގޮތަށް ސްޕީޑް އެކްސެލެރޭޓް ކުރަމުން ރައީސް އެރެސްޓް ކުރަން ގޮވަމުން ދާނަމަ ފަރުބަދަ އަކަށް އަރާ ކްރޭޝް ވެސް ވެދާނެއެވެ. ސްޕީޑް ދަށް ކުރޭ ސްޕީޑް ދަށް ކުރޭ ހެޔޮ ނުވާނެ. ތިބާގެ ރުޅިވެރިކަން މައިތިރިކޮށް ސެލްފް ކޮންޓްރޯލް ކުރައްވާ. އަންނި ކިޔާ މީހަކަށް ވެރިކަން ލިބުނަސް އަދި ނުލިބުނަސް އެއީ ކޮންމެހެން ތިބާ އަށް މާ އިންޓަރެސްޓިންގް ސަބްޖެކްޓެއް ނޫނެވެ. އިންޓަރެސްޓިންގް އީ އިޝޫސް ތަކަށް ހައްލު ގެނެވޭނެ ލީޑަރަކު ވެރިކަން ކުރުން. އެކަން އެކުރަނީ ރައީސް ޔާމީން އެވެ. ވީ ވިލް ކީޕް އިން އަ ލޯ ޕްރޮފައިލް.
ޕިންކް
30 July 2016
ލުކާސް ހައްޔަރުކުރީމަ އިދިކޮޅު ޕިންކް ޕެންތާ ތައް ތިބޭނެ ވަރަށް ހެވިފަ.
ކަލަކުވޭ ބިރުވެތިވޭ.
30 July 2016
ސިފައިންނަށް ވިޔަސް، ފުލުހުންނަށްވިޔަސް، ރައްޔިތުންގެ ނަފުރަތާ ފުރައްސާރަ ނިސްބަތްވަނީ އެބައިމީހުންގެ އަމަލުތައް ހުންނަގޮތުން. އެމީހުންގެ އަމަލުތައް ރަގަޅުކުރުމަކުން މީހަކު ކިތަންމެ ޓްވީޓެއްކުރިޔަސް އެހެން މީހުންގެ ނަފުރަތެއް ނުކުރާނެ. ފުލުހެއްނިޔަސް، ސިފައިންގެ މީހަކުވިޔަސް ކުށެއްކޮއްފިއްޔާ ވާނީ ކުށަކަށް، ފާފަޔެއްކޮއްފިއްޔާ ވާނީ ފާފަޔަކަށް. އެބަޔެއްގެ އަމަލުތަކަށް ޖަވާބުދާރީވާން ޖެހޭ ދުވަހެއް އަންނާނެ.
ގިޔާސް
30 July 2016
ސަރުކާރަށް ފާޑުކިޔާ ، އެންމެން ޖަލަށް ލާފައި ސިފައިން ބޭނުންކޮށްގެން ވެރިކަން ކުރެވިދާނެ ކަމަށް ދުށުމަކީ ވަރަށް ކޮސް ނިންމުމެއް ފާޑުކިޔާއެންމެނ ްޖަލަށް ވެސް ނުލެވޭނެ ހިޔާލް ފާޅުކުރުނ ްނުވެސް ހުއްޓުވޭނެ! ކުރާ ވައްކަން ތަކުގެ ވާހަކަ ދައްކާނެ ޔާމިންގެ ނުލަފާ ވާހަކަވެސް ދައްކާނެ!
ޭައައްޑޫ
30 July 2016
ތިޔަ ބުނާ ލޫކަސް ގެ ފަތިފުށް ބަލާބަލަ، އެންމެ ފުރަތަމަ ޓްވިޓާގެ ދީނަށް ފުރައްސާރަ ކުރަމުން ދުވީ... ތިޔަކަހަލަ މީހުން ފަހަތުން ދުވާތީވެއޭ އެމްޑީޕީ ގެ ކުލަ ފަނޑުވަމުން މިދަނީ
ކަމްއައުޓް
30 July 2016
ލޫކަސް، ދޫގަސް، މޫގަސް، ހޯގަސް މީ މީހުންނަށް ކިޔާ ނަންތަ. މިވައްތަރު ނަން ކިޔަނީ ކޮލަމްބިޔާގެ ލޯކުދިވާ ލޯރޑުންނަށް ނޫންތޯއެވެ. އަނެއްކާ މި ނަމާއި ކޮލަމްބިޔާ ގެ ލޯކުދިވާ ލޯރޑުންނާއި ގުޅުމެއް ނުވާނެ ކަމަށް މަމެން ޕިންކް ކުދިން ހީކޮށް ޔަގީން މިކުރަނީ. މީ ދޯ އެ ރަންރީނދޫ ބިއުޓީ ކްއީން ޓްވިޓަރު އެންމެ ކުޅަދާނަ ނޫސްވެރިޔާ ކަމަށް ލޭބަލް ކުރި ލޫކާސް އަކީ. ލޫކާސް، ލޫކާސް، ލޫކާސް.. ވޯރިއަރސް، ވޯރިއަރސް، ވޯރރިއަސް، ކަމް އައުޓް ޓު ޕްލޭ ދަ ގޭމް.. ކަމް އައުޓް ޓު ޕްލޭ ދަ ގޭމް.. ކަމްއައުޓް..
އައިއެފް
30 July 2016
ފުލުހުންގެ ނަފްރަތު ހައްޔަރުކޮށް 15ދުވަހުގެ މުއްދަތުޖަހާ އެއަށްފަހު ޖަލަށް ލާން ހުކުމް ކުރެވުމުން ނަފުރަތު ނާންނާނެއެވެ. ދެންއަންނާނީ ލޯތްބެވެ.
އެދުރުބެ
30 July 2016
މިރޭން ފަށައިގެން މަވެސް ތިޔަ މުއައްސަސާގެ އަނިޔާވެރި ކަމުގެ ޓުވީޓު ކުރަން ފަށާނަމެވެ. އިތުރު އެތައްބައެއްގެ ނުފުރަތު ކޮންމެ ދުވަހަކު އިތުރުވަނީ ހަމަ ތިމުއައްސަސާއިން ކަންތަ ކުރާ ގޮތުންނެވެ.