ހިތަދޫ އެކްސިޑެންޓްގައި ބޮޑު އަނިޔާއެއް ލިބުނު ޒުވާން އަންހެންކުއްޖާ އިތުރު ފަރުވާ އަށް މާލެއަށް

އައްޑޫގައި އިއްޔެ ހަވީރު ހިނގި އެކްސިޑެންޓްގައި ބޮލަށް ސީރިއަސް ގެއްލުންތަކެއް ލިބުނު ޒުވާން އަންހެންކުއްޖާ އިތުރު ފަރުވާ އަށް ރޭ ދަންވަރު މާލެ ފޮނުވާލައިފި އެވެ.


ބީއެމްއެލްގެ އައްޑޫ ކޯލް ސެންޓަރުގައި މަސައްކަތް ކުރަމުން އަންނަ މަރިޔަމް އަލްމާސް، 24، އަދިވެސް ހޭނާރާ ކަމަށްވެ އެވެ. އޭނާގެ ހާލަތާ ބެހޭ އިތުރު މައުލޫމާތެއް ހޮސްޕިޓަލުންނާއި އާއިލާ އިން އަދި ހާމައެއް ނުކުރެ އެވެ.

އެކްސިޑެންޓް ހިނގީ އަލްމާސް ދުއްވި ސައިކަލާއި ކާރެއް ޖެހިގެންނެވެ. ކާރަށާއި ސައިކަލަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

މި އެކްސިޑެންޓްގެ އިތުރުން ރޭ މަރަދޫފޭދޫން ފޭދުއަށް ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ، ކޯޒްވޭގައި ހުރި ތަނބެއްގައި ޖެހިގެން ވެސް ނުރައްކާތެރި އެކްސިޑެންޓެއް ވަނީ ހިނގައިފަ އެވެ.

މި ހާދިސާގައި ސައިކަލް ދުއްވަން އިން މީހާގެ މޫނުމަތީގެ އެކި ތަންތަން ފެޅިފައިވެ އެވެ. އެކަމަކު ފުރާނައަށް ނުރައްކާތެރި ހާނިއްކައެއް ލިބިފައިނުވާ ކަމަށްވެ އެވެ.