މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 31 އަހަރުގެ އަންހެނަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ އެފަދަ އަމަލެއް ހިންގަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހިންގި ހާއްސަަ އޮޕަރޭޝަނެއްގައި ކަމަށެވެ. އޭނާގެ ބަންދަށް މާފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ 13 ދުވަސް ޖަހައިދީފަ އެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރު ކުރި އިރު އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި އަޅާފައި ހުރި ތިން ރަބަރު ޕެކެޓް ވަނީ ފެނިފަ އެވެ.
ހިންމަފުށީގައި ހުންނަ ޖަލަށް މަސްވާތަކެތި އެތެރެ ކރަން އުޅުނު 18 އަހަރުން ދަށުގެ ކުއްޖަކު މިދިއަ ބުދަދުވަހު ހައްޔަރުކުރި އެވެ.
ޖަލަށް މަސްތުވާތަކެއްޗާއި މަނާ އެހެން ބައެއް އެއްޗެހި ވައްދަން އުޅޭ މީހުން ދޭތެރެދޭތެރެއިން ހައްޔަރުކުރެ އެވެ.