ޚަބަރު / މެމްބަރު މުހައްމަދު ނަޝީދު

އަބުރުގެ ބިލަށް މެމްބަރު ނަޝީދު ދެކޮޅު ހައްދަވައިފި

"މިހާރު" އިފްތިތާހު ކުރުމުގެ ހަފުލާގައި ނަޝީދު: ބިލުގައި ހުރި ބޮޑެތި މައްސަލަތަކެއް ފާހަގަކުރެއްވި -- ފައިލް ފޮޓޯ: މިހާރު

01 އޯގަސްޓް 2016 - 11:06

23 comments

ރައްޔިތުންގެ މަޖިލީހުގައި މިހާރު ބަހުސް ކުރިއަށްދާ، ޚިޔާލު ފާޅުކުރުމާއި އަބުރު ރައްކާތެރިކުރުމާ ބެހޭ ބިލާ ދެކޮޅަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު އަދި ކުރީގެ އިންފޮމޭޝަން މިނިސްޓަރު މުހަންމަދު ނަޝީދު ވާހަކަ ދައްކަވައިފި އެވެ.

"މި ބިލަކީ ނޫސްވެރިންނަށް ފަހިވާ ގޮތަށް އޮތް ބިލެއް ނޫން،" ނޫސްވެރިކަމުގެ މިނިވަންކަމަށް ގިނަ މަސައްކަތްތަކެއް ކުރިން ކުރެއްވި ނަޝީދު ވިދާޅުވި އެވެ.

މި ބިލްގައި ހުރި މައިގަނޑު ތިން މައްސަލައެއް ނަޝީދު ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ދިފާއުވުމުގެ ފުރުސަތު ނެތުމާއި، ޕޯޑިއަމްތަކުގައި ދެކެވޭ ވާހަކަތައް ރައްދުވާ ފަރާތްތަކުގެ ބަހެއް ނެތި ރިޕޯޓް ކުރެވޭނެ ގޮތެއް ނެތުމާއި ޖޫރިމަނާ އެއީ އިދާރީ ކަމެއްގެ ގޮތުގައި އޮވެ، އެ ޖޫރިމަނާ ނުދައްކައި އިސްތިއުނާފަށް ދިއުމުގެ މަގު ބަންދުވެފައި އޮތުމެވެ. މީގެ އިތުރުން އެހެން ބައެއް މައްސަލަތައް ވެސް އެބަހުރި ކަމަށް ވިދާޅުވެ، ނަޝީދު ވިދާޅުވީ އެކަންކަން ކޮމެޓީ މަރުހަލާގައި އޭނާ ފާހަގަކުރައްވާނެ ކަމަށެވެ. އަދި ތަކުރާރުކޮށް ވިދާޅުވީ، އަބުރު ރައްކާތެރިކުރުމަކީ ވެސް ކުރެވެން ޖެހޭ ކަމެއް ކަމަށާއި ހަމަ އެހެންމެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ވެސް އެއީ އޮންނަން ޖެހޭ ކަމެއް ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ފުރަތަމަ ކަމަކީ، ބިލްގައި އޮތް ގޮތުން ދައުވާކުރާ މީހާ މައްސަލަ ސާބިތުކުރުމުން އެ މައްސަލަ ރައްދުވާ މީހާ ކުށްވެރިވާ ކަމަށާއި އެކަމަކު ރައްދުވާ މީހާ އަށް ދިފާއުވުމުގެ ފުރުސަތު ނެތުމަކީ ނޫސްވެރިންނަށް ފަހިކޮށް އޮތް ކަމެއް ނޫން ކަމަށެވެ. އެތައް ބައިވަރު އަދަބުތައް އިދާރީ ގޮތުން އޮވެ، 50،0000ރ. އިން ފެށިގެން ދެ ލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް އެބަ އޮތް ކަމަށާއި އެ ޖޫރިމަނާގެ މައްސަލަ އިސްތިއުނާފުކުރެވޭނީ ޖޫރިމަނާ ދެއްކުމަށް ފަހު ކަމަށް ބުނެފައި އޮތް އޮތުން ވެސް އޭނާ މައްސަލައެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ.

ޓެކްސްއާ ބެހޭ ގާނޫނުތަކަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވި ގޮތުގައި ޓެކްސްގެ ޖޫރިމަނާތަކުގެ މައްސަލަތައް އެ ޖޫރިމަނާ ނުދައްކައި އިސްތިއުނާފު ނުކުރެވޭ ގޮތަށް އޮތީ އެއީ ދައުލަތަށް ލިބެން ޖެހޭ އާމްދަނީއަކަށް ވާތީ އެވެ. އެކަން އެގޮތަށް އޮތީ ދައުލަތަށް ލިބޭ އާމްދަނީ ހުއްޓުމަކަށް އަންނަން ބޭނުން ނުވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ބިލްގައި، ބައެއް ވާހަކަތައް ރިޕޯޓްކުރުން މުޅިން ނެތިގެން ހިނގައިދާނެ ކަމަށް އިޝާރާތްކުރައްވައި އޭގެ މިސާލެއްގެ ގޮތުން އޭނާ ނެންގެވީ ޕޯޑިއަމްތަކުގައި އެކި މީހުން ދައްކާ ވާހަކަތަކެވެ. ވިދާޅުވީ ޕޯޑިއަމްތަކުގައި ދައްކާ ވާހަކަ ރިޕޯޓްކުރަން ނަމަ މި ބިލްގައި އޮތް ގޮތުން އެ ރައްދުވާ މީހާގެ ބަހެއް ނެތި ޝާއިއެއް ނުކުރެވޭނެ އެވެ. ނަމަވެސް އެހެން ގައުމުތަކުގައި އެކަން އޮންނަނީ އެހެން ނޫން ކަމަށާއި އޭނާ އަށް ފަހުން ނަމަވެސް ކޮމެންޓްކުރުމުގެ ފުރުސަތު ދިނުމުން މައްސަލައެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

"... އެއީ އެއް ދުވަސް ދެ ދުވަސް ފަހުން ވިޔަސް އެ ފުރުސަތު އެ މީހަކަށް ދޭން ޖެހެނީ،" ގާނޫނީ ވަކީލުކަން ކުރައްވައި، އަދި ވަރަށް ގިނަ ގާނޫނުތައް ވެސް ޑްރާފްޓް ކުރައްވާފައިވާ ނަޝީދު ވިދާޅުވި އެވެ.

މިއީ ނޫސްވެރިންނަށް ފަހިވާ ގޮތަށް އޮތް ބިލެއް ނޫޫން ކަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވި އެވެ. އަދި ޚިޔާލު ފާޅުކުރުމާއި އަބުރު ރައްކާތެރިކުރުމަކީ ދެކޮޅަށް ދާ އެއްޗެއް ކަމަށާއި އެ ދެ މައްސަލަ ހައްލުކުރެވޭނީ ވަރަށް ނާޒުކު މަސައްކަތްތަކެއް ކޮށްގެން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

23 ކޮމެންޓް, 96 ރިއެކްޝަންސް

icon happy icon happy 93%
icon sad icon sad 3%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ައަލީ

01 August 2016

އަނލުގަޑް ގޯސްޢަމަލު ކުރާނަމަ އަލުގަޑުގެ ގޯސްވާހަކަ ދަށްކާނެ އަދި ދަށްކަން ވެސް ޖެހޭނެ.

The name is already taken The name is available. Register?

އަލީ

01 August 2016

ވޯޓުދޭނެ

The name is already taken The name is available. Register?

ޕްރޮފެސަރ

01 August 2016

ނަޝީދު އެބައުޅެންތަ؟ ނަގޫފިތި އަތްފައިބަދެވެން ދިމާވި ސަބަބު ވިސްނާ ވިސްނާވެސް ނޭންގުނު.

The name is already taken The name is available. Register?

ހަމްދޫނު

01 August 2016

ތިޔަބިލަށް މުޅި ޤައުމު ދެކޮޅު ހެދިޔަސް ޕީޕީއެމްގެ ޕާލަމެންޓުން ތިޔަ ބިލު ތިޔައޮތްގޮތަށް ފާސްކުރާނެ، އަދި ތަސްދީގްވެސް ކުރާނެ، އެއީ ޕީޕީއެމް ޕާލަމެންޓަށާއި، ރައީސް ޔާމީނުއަށް ލިބޭ ބާރެއް ރައްޔިތުންގެ ކަންބޮޑުވުން އިތުރުވުން، އެމްޑީޕީއެއްނޫން ތިޔަބިލާ ދެކޮޅީ، މައުމޫނުވެސް އޭނާގެ ސަޕޯޓަރުންވެސް ތިޔަބިލާ ދެކޮޅު، އަދި އެއްވެސް ޕާޓީއަކަށް ނިސްބައްނުވާ މީހުންވެސް ތިޔަބިލާދެކޮޅު، އެހެންކަމުން އެއީ ދިވެހި ރައްޔިތުން، އެހެންކަމުން ރައްޔިތުންގެ ވިންދާދެކޮޅަށް ތިޔަ ބިލު ފާސްކުރުމައް ގޮންޖެއްސުމުގެ ބޭނުމެއްނެއް، ތިޔަފަދަ ބިލުތަކެއް ފާސްކުރަންވާނީ އިންސާފްވެރި ޖުޑިޝަރީއެއް އޮވެގެން

The name is already taken The name is available. Register?

މޫސަ

01 August 2016

މިއަދު މަޖިލިސްގައި ނަޝިދުގެ ވެރިކަމުގައި މީހުން ހައްޔަރުކުރިވާހަކައާއި އޭރު ޤާނޫނު އަސާސީ ފުރިހަމަ ގޮތުގައި އޮތުމާއި ރައްޔިތުންގެ މަޖިލިސްގެ ގިނަ މެމްބަރުންނަކީ ޚިޔާނާތްތެރިންނަށް ނުވުމާއި އެކު ނިޒާމް ހަލާކުރަން އޭރުގެ ސަރުކާރުން ކުރި މަސައްކަތްތައް ފެއިލްވީ. މިއަދު އެމަޖިލިސްގައި ހިމެނުނު މެމްބަރުންގެ ތެރެއިން ތިޔަ މަޖިލިސްގައި ތިއްބެވި އޭރު ކަރަޕްޓްނުވާ މެމްބަރުން މިއަދުވަނީ ފައިސާއިން ކޮރަޕްޓް ނުވީތީ ހައިޖެކްކޮށްފަ. އޭރުވެސް ކަރަޕްޓްވި މެމްބަރުންނާއި ފަހުން މަޖިލިސްއަށް އައި މެމްބަރުން ކޮރަޕްޓް ވުމުގެ ނަތީޖާ އަކީ ޤާނޫނު އަސާސީއާއި ޝަރުޢީދާއިރާގެ މިނިވަންކަން ގެއްލި ރައްިތުންނަށް ލިބިފައިވާ މިނިވަންކަންވެސް ގެއްލޭގޮތަށް ޤާނޫނުތައް ހަދާދޭން މަޖުބޫރުވުން. ތިމާމެން ގޯތި ގަތީމާ އެވާހަކަ ދައްކާމީހާތޯ ޖަލަށް ލާންވީ. ތިމާ ޙައްޤުގޮތުގައި ގަނެފައިވާ މުދާކަމަށްވާނަމަ ކޯޓަށް ދާންވީނޫންތީ އަބުރުގެ ދައުވާކުރަން ކޯޓުގައި ސާބިތުކޮށްދޭންވީ ނޫންތޯ ތިމާވައްކަން ނުކުރާކަން. އެކަމަކު މިއަދު އޮތް ކޯޓް ނިޒާމަކުން އެކަންވެސް އިންސާފުން ކުރެވޭކަށް ނެތް ދޮގެއްތޯ؟

The name is already taken The name is available. Register?

ފަޅުވެރިން

01 August 2016

ޚިޔާލު ފާޅުކުރުމާއި، ނޫސްވެރިކަން ކުރުމުގެ މިނިވަންކަން ހުއްޓުވާކަށް އެއްވެސް މީހަކު ނޫޅެއޭ. ދެކެވެމުންދާ ވާހަކައަކީ މީހުންގެ އަބުރާ ބެހުމުގެ ހުތުރުކަން ބޮޑު ފާފަ، އަދި ޖަރީމާ މިހާރު މިވަނީ މިނިވަންކަމުގެ ނަމުގައި ރާއްޖޭގައި ޙައްދުން ނައްޓާފައޭ، އެކަން އެބަހުއްޓުވަން ޖެހެއޭއެވެ. ނޫސްވެރިކަން ކުރުމަކީ އެއީ މީހުންގެ އަބުރާ ބެހުންކަމުގައި މާނަކުރާ ބަޔަކު ނޫސްވެރިންގެ ތެރޭގައި ތިބިނަމަ، އެފަދަ މީހުންނަކީ ނޫސްވެރިކަމަކީ ކޮން އެއްޗެއްކަމާއި، އަދި އަބުރާ ބެހުމުގެ ނުބައިކަމަކީވެސް ކޮބައިކަން ނޭނގޭ ބައެކެވެ. އެފަދަ ބަޔަކު ނޫސްވެރިންގެ ތެރޭގައި ތިބި ނަމަ އެބަޔަކަށް އޮތް އެންމެ ރަނގަޅު ގޮތަކީ ނޫސްވެރިކަން ކުރުން ހުއްޓާލާފައި ކޮންމެވެސް އެހެން ދާއިރާއެއް އިޚްތިޔާރުކުރުމެވެ. ވަކި ދާއިރާއެއްގައި މަސައްކަތް ކުރުމަކަށް އެއްވެސް މީހަކަށް މަޖުބޫރުކަމެއް ނެތެވެ. ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުން އެދާއިރާގައި މަސައްކަތްކުރަނީ އެމީހުންގެ އަމިއްލަ އިޚްތިޔާރުގައެވެ. މަޖުބޫރުކަމެއް އޮވެގެނެއް ނޫނެވެ. އަހަރެމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ޙަރާމްކުރައްވައި، ނަހީކުރައްވާފައިވާ މިފަދަ ބޮޑެތި ފާފަތަކުގެ ޙަޤީޤަތް ކޮންމެ ދިވެއްސަކުވެސް ރަނގަޅަށް އެބަ ވަޒަން ކުރަންޖެހެއެވެ. ދީނުގައި ކަންކަން ހުރި ނެތް ގޮތް ދަސްކޮށްގެން، ރަނގަޅު މުސްލިމުންގެ ގޮތުގައި ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ކުރަން ދަސްކުރަންޖެހެއެވެ.

The name is already taken The name is available. Register?

މޫސަ

01 August 2016

ރައްޔިތުންގެ ފައިސާއިން މުސާރަދޭ ކޮންމެ މީހަކީ ރައްޔިތުންގެ ޚާދިމެއް އެހެން ކަމުން އެފަރާތްތަކުން ނާޖާއިދު ފައިދާ ނެގުމާއި ވައްކަންކުރުމާއި ރައްޔިތުން ގެ ފައިސާއަށް އެގިތިބެ ޚިޔާނާތްތެރިވުމާއި މިފަދަ ކަންތައްތަކުން ރައްކާތެރިވެ ﷲ ތިމާއަށް ދެއްވާ މިންވަރަށް ރުހި ރަގަޅުގޮތުގައި އުޅުއްވާނަމަ އެއްވެސް މީހަކު އެއްޗެއް ނުކިޔާނެ. އަބުރެއް އޮންނާނީ ތިމާމެން އެއަބުރައްކާތެރިކޮށްގެން ވެރިންގެ ގޮތުގައި ތިބޭ މީހުން އަމިއްލަ އޮނުގައި އަދެފައިވާ މުންޑު ބާލާ ރައްޔިތުންނަށް ހާމަކޮށްލީމާ ދެން ރައްޔިތުން އެވާހަކަ ދައްކާނެ. ރައްޔިތުންގެ ޚާދިމުންނަކީ ރައްޔިތުންނަށް ޖަވާބުދާރީ ވެވޭ ޙާލަތުގައި ތިބޭ ބަޔަކަށް ވާންޖެހޭ.

The name is already taken The name is available. Register?

ސަމަރޭ

01 August 2016

އެތައް ޒަމާނަކަށް ނިދިކުރައްވާފައި އޮންނެވުމަށް ފަހުގައި އަނގަ ފެޅުއްވީތީވެ، އުފާކުރަން. އަދި ބިލާ މެދު ފާހަގަ ކުރެއްވި ބައެއް ނުކުތާތަކާ މެދުވެސް ތާއީދު ކުރަން. އެކަމަކުވެސް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ބިލް އުވާލާ ސަރުކާރުގެ އަތް މުޅި ދައުލަތުގެ މީޑިއާއަށް ގަދަކުރެވޭނެ ގޮތަށް ފަރުމާކޮށް ލީ ޕީއެސްއެމްގެ ގާނޫނަށް ބަހުސް މަރުހަލާގައި މިފަދައިން ވާހަކަ ނުދެއްކެވީ ކީއްވެތޯ...! އެބިލަށް މަނިކުފާނު ވޯޓު ނުދެއްވިއެއްކަމަކު، އެބިލް ގެ ގޯސްކަން ރައްޔިތުންނަށް ކިޔައި ދިނުމަށް އޭރު ހުންނެވީ ނުކުޅެދިފައި ނޫންތޯ...! މިއަދު، ސަރުކާރުގެ ތުންފުއްސަކަށް ޓީވީއެމް ވެގެން ގޮސްފައިވާކަމީ ހިތާމަ ހުރި ކަމެއް. އިދިކޮޅު އެއްވެސް ފަރާތެއްގެ ބަހެއް ނުވަތަ އިވެންޓެއް ކަވަރ ނުކުރެވޭތާންގައި، ސަރުކާރުން ދައްކާ ވާހަކައެއް ނުވަތަ އިދިކޮޅުން ދައްކާ ވާހަކައެއް ބެލެންސް ކުރުމުގެ ގޮތުން އެއްވެސް ވަރަކަށް އަނެއް ފަރާތުގެ ބަސް ގެނެވޭތަނެއް ނުފެނޭ...! އަބުރު ރައްކާތެރި ކުރުމުގެ ބިލް އަދި ހިޔާލުފާޅު ކުރުމުގެ ބިލް މިއަދު މިއޮތް ހާލަތައް ގެނައުމުގައި، އިސްވެ ދެންނެވި ފަދައިން، ރައްޔިތުންގެ ޓީވީގެ މުސްތަގިއްލުކަން ނެތިގެން ދިއުމާއި، ނޫސްވެރިން ގެ ތެރެއިން ބައެއް ފަރާތްތައް ހަމައިން ނެއްޓި، ސިޔާސީ އެކްޓިވިސްޓުންގެ ގޮތުގައި މަސައްކަތް ކުރުން ހިމެނޭކަމަށް ހިތާމައާއެކު ފާހަގަކުރަން. މިމައްސަލައިގެ ހަގީގީ ކުއްވެރިންނަކީ، ޕްރޮފެޝަނަލް މިންގަނޑެއްގައި ނޫސްވެރިިކަން ކުރަން ނުކުޅެދުނު ފަރާތްތަކޭ ބުނުމަކުން މިވާހަކަ ދޮގަކަށް ނުވާނެ. އަނެއްކަމަކީ، ހިޔާލުފާޅުކުމުގެ މިނިވަންކަމުގެ ތެރެއިން މިގޮތަށް ބައެއް ފަރާތްތަކުން ލިޔާ ކޮމެންޓްތައްވެސް ހިތުހުރިހާ ގޮތަކަށް ލިޔާއިރު، އެކަން ރަނގަޅަށް މޮޑަރޭޓް ކުރެވިފައި ނުވުން...! މިއީވެސް ނޫސްވެރިންގެ މިސްޓޭކެއް. އެހެންކަމުން، މިބިލަށް އިސްލާހުތަކެއް އައި ކޮންމެވެސް ވަރެއްގެ ދޫދިނުންތަކެއް އައިނަމަވެސް، ކަނޑައެޅިގެން މީހެއްގެ އަބުރު ކަތިލެވޭ ހިނދަކު އެކަމުގެ ޒިންމާއުފުލަން ޖެހޭ ފަރާތަކަށް އެކަށީގެންވާ ބޮޑު ޖޫރިމަނާއެއް އަންނަން އެބަޖެހޭ. އަދި އެޖޫރިމަނާ ނުދެއްކިއްޖެ ހާލަތެއްގައި ކްރިމިނަލް މައްސަލައެއްގެ ގޮތުގައި މައްސަލަ ކޯޓަށްވައްދާ 1 މަހާއި 6 ހާ ދެމެދުގެ މުއްދަތަކަށް ޖަލަށް / ގޭބަންދަން ނުވަތަ އަރުވާލަން އެބަޖެހޭ...!

The name is already taken The name is available. Register?

އިބިރިހިން ތައްކާނު

01 August 2016

އިރުއިރުކޮޅާ ކޮންމެ ކުއްޖަކުވެސް "ދުނިޔޭގެ އެހެން ޤައުމުތަކުގެ" ވާހަކައަށް ރިއާޔަތް ކުރާއިރު، ދިވެހިރާއްޖޭގައި މިތިބަ ރައްޔިތުންނާއި އަދި ނޫސް ރިޕޯޓަރުންގެ ފެންވަރަށް ރިއާޔަށް ނުކުރާތީ ދެރައީ. ކުޑަކުޑަ މިދިވެހިރާއްޖޭގެ އެއްބައިވަންތަކަންވެސް ވަރަށް މުހިންމު.

The name is already taken The name is available. Register?

ފަހުދު

01 August 2016

ސަރުކާރުގެ އާމްދަނީ ހޯދަނީ ޖުރުމަނާ ކޮންގެން އޭގެން ލިބޭ ފައިސާ އިންތަ؟

The name is already taken The name is available. Register?

ޜަދުން

01 August 2016

ފަހުދު އަށް އެކަން ފަހުމް ވާނީ ކޮންދުވަހަކުން ބާ. މިބައި ނުލިބި އެބޭފުޅުން ނަށް ރަތްކާޕެޓް އަޅާ ދޭނީ ކިހިނެތް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454