އިންޑަސްޓްރިއަލް ވިލެޖް: އެތަނުން ގުދަން ދޫކުރާނީ އަގު ހެޔޮކޮށް ކަމަށް މިނިސްޓަރު ވިދާޅުވި --ފޮޓޯ: މުުހައްމަދު ޝަރުހާން
02 އޯގަސްޓް 2016 - 11:35
މިހާރު ތަރައްގީކުރަމުން އަންނަ މާލޭ އިންޑަސްޓްރިއަލް ވިލެޖުން ގުދަންތައް ކުއްޔަށް ދޫކުރާނީ މިހާރު މާލެ ތެރެއިން ގުދަން ކުއްޔަށް ލިބޭ ވަރަށް ވުރެ ހެޔޮ އަގެއްގައި ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މީގެ ހަފުތާއެއްހާ ދުވަސް ކުރިން މިނިސްޓަރު "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއްގައި ވިދާޅުވީ ބަޔަކާ ހަވާލުކޮށްގެން އިންޑަސްޓްރިއަލް ވިޖެލުގައި ގުދަންތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. އެތަންތަން އިމާރާތްކުރާނީ ތިން ބުރި ނުވަތަ ހަތަރު ބުރި އަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ވަރަށް އަވަހަށް ގުދަންތަކުގެ މަސައްކަތް ފަށަން ނިންމާފައިވާއިރު ހަ މަސް ދުވަހުގެ ތެރޭގައި އެތަންތަން ނިމޭނެ ކަމަށް މިނިސްޓަރު ލަފާކުރައްވަ އެވެ. އެހާތަނަށް އިންޑަސްޓްރިއަލް ވިލެޖުން ބިން ދޫކުރާނެ އުސޫލެއް ކަނޑައަޅާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"މާލެ ތެރެއިން ނަގާ ކުއްޔަށް ވުރެން މިތަނުން ނަގާ ކުލި ކުޑަކުރުން އަމާޒަކީ. މާލެ ތެރޭގައި މިހާރު ހިންގާ ގުދަންތައް ބަދަލުކުރުމުގައި މާލީ ގެއްލުން ވެސް ކުޑަވާ ގޮތަށް ވިސްނުން ގެންގުޅޭނަން،" މުއިއްޒު ވިދާޅުވި އެވެ.
އިންޑަސްޓްރިއަލް ވިލެޖުގައި ބުރިބުރި އަށް އިމާރާތްތައް އަޅަނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ވީހާވެސް ގިނަ ބަޔަކަށް ޖާގަ ދިނުމަށެވެ. އަދި މި އުސޫލުން ދޫކުރުމުން، ސަރުކާރަށް ލިބޭ އާމްދަނީ އާއި ފުރުސަތު ވެސް ގިނަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިންޑަސްޓްރިއަލް ވިލެޖުން 4.5 ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ. މިހާރު ކުރިއަަށް ދަނީ މަގު ހެދުމުގެ މަސައްކަތެވެ. އިންޑަސްޓްރިއަލް ވިލެޖް މަޝްރޫއަށް 170 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރުން ހަރަދުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރުމާލު
03 August 2016
ތި ތަންތަން ހެޔޮއަގުގައި ޕާޓީ މީހުންނަށް ދީފައި، އާންމުން އަތުން ޖީއެސްޓީ ނަގާ ފެލަނީ. ބިޑުކޮށްގެން މާކެޓްއަގުގަ ދީ. އަގު ހެޔޮކުރަނީ ތި ކޮރަޕްޝަން ހިންގަން
މައިބޭބީ
02 August 2016
ކޮންމެގޮތަކުންވެސް ހަމަސް ނުވަނިސްވެސް ގުދަންތަށް ނިންމާތި ތީމިގައުމުގެ މޮޅުމީހާ މޮޅުކަމުގެވާހަކަ ރަނގަޅުވާނީ ކިއުންތެރިންނާއި ބެލުންތެރިންނަށް ދޫކޮށްލިއްޔާ އެއީ ދެވަނަފަހަރަށް ތިމީހާކުރާކޮންމެކަމެއްވެސް ކުރަންޖެހޭތީ މަ އަބަދުވެސް މިބުނަނީ ތީބޭކާރުމީހެކޭ
މެންޓަލިސްޓް
02 August 2016
ދެންބުނޭ މިއޮތީ ސިިލިކަންވެލީ ހަދާފައޭ ،،
އަލިދީދީއައްޑޫސިޓީ
02 August 2016
ވިލިމާލޭ ބުރިޖު އަޅަންވީމަ، މިތަން ހުސްކުރަންޖެހޭނީ. ބޭކާރު ޚަރަދުތަކެއް މިތަނަށް ދާމީހުން ކުރަންޖެހޭނީ. ހާބަރުގައި ހުރި ކެފޭތައްވެސް ހަމަ އެހެން އެވީ. ކާނިވަލުގައި ހުރި ކެފޭތައްވެސް ބިޔަ މިސްކިތެއް އެޅުމަށް އެނަގަނީ. ގުދަންތަކާއި އިންޑަސްޓްރިއަލް މަސައްކަތް ތިލަފުށްޓަށް ބަދަލު ނުކުރެވެންވީ ކީއްވެ؟ މާލެ ތޮއްޖެހިފައި އޮތީމަ ހިއްކައިގެން އިތުރަށް ތޮއްޖެހޭ ގޮތް ހެދުމަކީ ހައްލެއް ނޫން. މިއީ ވަޒީފާ ގެއްލުނީމަ ކުރި ކޮމެންޓެއް ނޫން!
ސޮދުރީ
02 August 2016
ކަލޯ މުއިޒު.. މާލޭ ގެ ވޯޓާ ފްރަންޓް ގައި ގުދަން އަލަނީތަ! ތީ ކުރެވޭ އެންމެ މޮޔަކަންތައް.. ތިތަންވާންވީ އެންމެ މާލޭ ގެ އެންމެ އަގުބޮޑު ރިއެލް އެސްޓޭޓައް. ގުދަން ހުލުމާލެއަށް ލާ ، ތިއޮތީ ބުރިޒް އެކަންތައް އަމިލައަށް ހައްލުވާނެ! ނަމަނަމަ ގުދަން ނާލާތި!
އަހުމަދު
02 August 2016
ޕާޓީ އެކްޓިވިސްޓުން ނަށް ދޭނަމަ އަގުހެޔޮވާނެއެވެ.
ގަރާޖު
02 August 2016
ކޮންމެސް ގޮތަކަށް މާލެތެރޭގެ ގަރާޖުތަކާ ވާކްޝޮޕްތައް ތިތަނަށް ބޭރުކޮށް ގަވާއިދު އިސްލާހުކޮށް މާލެތެރޭ މިކަން ނުކުރެވޭގޮތަށް ހަދަންޖެހޭއެބަ މާލޭގެ މީހުންނަށް ދުވާހެޔޮ ސިއްހަތެއް ލިބުމަށް. ނޭވާލާ ނިޒާމު ހަލާކުވެ ކިޑްނީ ފޭލްވެ ކެންސަރު ޖެހުމުގެ އެއްސަބަބު މިގަރާޖުތަކާ ވާކްޝޮޕްތަކަކީ
އާދަނު
02 August 2016
މުއިޒު ބުރޯ އަގުހެޔޮ ވާނޭ ބުނެފިއްޔާ ލާހިކު ނޫން ތީގެ ތަނެއް އާންމު މީހެއް އަތް ލެވޭ ހިސާބަށް ގެންނާކަށް!!
ހިލްމީ
02 August 2016
ތި ހަރަދު ނުކޮއް މާރަގަޅުވީސް ހުޅުމާލޭގަ ތިތަން ހެދިއްޔާ ދާހަރަދުކުޑަވާނެ މުސްތަގުބަލް ބިނާއެކުރަނީ އެތާ މާކުޑަހަރަދަކުން ތިކަންވީސް ކޮންމެހެން މާލޭގަ ހަދާކައްނުޖެހޭ ހުސްބޭކާރު ހަރަދު ހީވާކަހަލަ ސަރުކާރު އުޅެނީ ލާރިގިނަވެގެންހެން
ގަމާރު
02 August 2016
ދެން އަހަރުމެން ކުނިއުކާލަން ދާންވީ ހުޅުމާލެއަށް؟
ރަންގީލާ
02 August 2016
ތިތަނުގެ ނަން ގުދަން ވިލެޖް އަށް ބަދަލު ކުރަން ފެނޭ ...