ހިޔާލު ފާޅު ކުރުމަށް ހުރަސް އަޅާ ބިލަށް މަޖިލީހުގައި މިއަދު ބަހުސް ކުރި އިރު ނޫސްވެރިންތަކެއް މަޖިލިސް އިދާރާ ކައިރީގައި އިހުތިޖާޖު ކުރަނީ. -- ފޮޓޯ: ހުސެން ޝަޔާހު
01 އޯގަސްޓް 2016 - 13:57
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އަބުރު ރައްކާތެރި ކުރުމުގެ ބިލަކީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ ތެރޭގައި ހިންގަމުން ދާ ކޮރަޕްޝަނާއި ފަސާދައިގެ ޖަރީމާތަކުގެ މައުލޫމާތުތައް ހާމަ ކުރަމުން އަންނަ ފަރާތްތަކަށް ހައްގު ނޫން ބޮޑު އަދަބެއް ދޭން ފަރުމާ ކޮށްފައިވާ "ހީލަތްތެރި ބިލެއް" ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.
އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް އެ ޕާޓީން ނެރުނު ބަޔާނުގައި ބުނީ، އަބުރު ރައްކާތެރި ކުރުމުގެ ބިލުގެ ސަބަބުން ދައުލަތުގެ ތެރޭގައި ހިނގަމުންދާ ކަންކަމާ މެދު ރައްޔިތުންނަށް ފެންނަ ހިޔާލާއި ޝުއޫރު ފާޅުކޮށް ކަންކަން އިސްލާހު ކުރުމުގެ މަގު ބަންދު ވާނެ ކަމަށެވެ. ނަމަވެސް އިސްލާމް ދީނުގައި ދައުލަތް ހިންގުމުގެ އެންމެ އަސާސީ އެއް ރުކުނަކީ ދައުލަތުގެ ކަންކަމާ މެދު ބިނާ ކުރުވަނިވި ފާޑުކިޔައި ކަންކަން އިސްލާހު ކުރުން ކަމަށް އަދާލަތުގެ ބަޔާނުގައި ފާހަގަ ކޮށްފައި ވެ އެވެ.
"ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ހިނގާ ކަންކަން ރައްޔިތުންނާ ހަމަ އަށް ގެނެސްދިނުމާއި ރައްޔިތުންގެ ހިޔާލާއި ޝުއޫރު ފާޅު ކުރުމުގެ އެންމެ އަސާސީ ވަސީލަތް ކަމަށްވާ މިނިވަން ނޫސްވެރިކަމާއި ސޯޝަލް މީޑިއާ ހުއްޓުމަކަށް އައިސް އިސްލާމް ދީން އޮޅުން ފިލުވައިދިނުމަށާއި ދީނުގެ އިލްމު ފެތުރުމަށް ދަންނަ ބޭކަލުންނަށް ފަހި ކޮށްދީފައި އޮންނަން ޖެހޭ ތަނަވަސް ފުރުސަތު ބޮޑު ތަނުން ހަނިވެގެންދާނެ އެވެ،" އަދާލަތު ޕާޓީގެ ބަޔާނުގައި ބުންޏެވެ.
ގާނޫނުއަސާސީގެ ދައުރު ހަނިކޮށް ދައުލަތް ހިންގުމަށްޓަކައި ރައްޔިތުންނަށް ފުރިހަމަ ބާރު ލިބޭ ގޮތަށް ފަރުމާ ކޮށްފައިވާ ވެރިކަން ހިންގުމުގެ ނިޒާމު ރޫޅާލަން ސަރުކާރުން ކުރާ މަސައްކަތް ހުއްޓުމަށް ވެސް އަދާލަތު ޕާޓީން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ޔޫރަޕިއަން ޔޫނިއަނާއި އެމެރިކާ އަދި އިނގިރޭސި ވިލާތް ހިމެނޭ ގޮތަށް ހަ ގައުމަކުން ވެސް އަބުރު ރައްކާތެރި ކުރުމުގެ ބިލާ މެދު ކަންބޮޑުވުން ފާޅު ކޮށްފައިވާ އިރު މަޖިލީހުގެ ޖަލްސާގައި މިއަދު ވަނީ އެ ބިލުގެ ފުރަތަމަ ބަހުސް ފަށައިފަ އެވެ.
މި ބިލް ގާނޫނަކަށް ވެއްޖެ ނަމަ ރާއްޖޭގައި ހިޔާލު ފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ގެއްލޭނެ އެވެ. ނޫސްވެރިން ވެސް އަންނަނީ މި ބިލާ ދެކޮޅަށް "27ގެ ދިފާއުގައި" ނަމުގައި ކެމްޕެއިނެއް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރީގެ ވަޒީރު
01 August 2016
މިލިޔުން ކިޔާލުމުން 10 % 0 % 91 % 0 % 30 ކޮމެންޓު ނަން: ކޮމެންޓު: ފޮނުވާކޮމެންޓުކުރުމުގެ ގައިޑްލައިން އާއި ޕްރައިވެސީ ޕޮލިސީއަށް އެއްބަސްވަމެވެ. ބެރިކޭޑު 01 އޯގަސްޓް 2016 15:19 ބެރިކޭޑް މަތިން ފުންމާލިމީހާއާ ހާދަވައްތަރޭ 03REPLY އަހުމަދު 01 އޯގަސްޓް 2016 15:05 ތިބޭފުޅާ ނޫންތޯ ބުނީ އަދީބުއާއި ދޭތެރޭ ކުރާ ތުހުމަތު ސައިބޯނި ބޮތްކަށްވާނޭ ؟ ދެން ވެސް ވިދާޅުވީ އަދީބު ނައިބު ރައީސް ކަމަށް ގެނައުމަށްޓަކައި ރައީސް ޔާމިން ކައިރީގައި އާދޭސް ދެންނެވުމަށް ޖެހިއްޖެނަމަ އެކަން ވެސް ކުރާނަމޭ އެހެން ނޫންތޯ ؟ އެހެން ކަމުން މުނާފިގުންގެ ޝަރުޠު ހަމަވުމަކީ އެކަށީގެންވާ ކަމެކެވެ. 02REPLY ކުރީގެ ވަޒީރު 01 އޯގަސްޓް 2016 14:26 ތިޔަ ބިލުން ހާސިލުކުރަން ބޭނުންވާ ކަންކަމަކީ، ދައުލަތުގެ ހަރުމުދާ ނަހަމަ ގޮތުގައި ވިއްކާ އެއިން ބޮޑެތި އަދަދުތަކުން ބައި އެޅޭ މީސްމީހުންނާއި، އެސް.ޓީ.އޯ އިން 180 ލައްކަ ރފ ގެ ތެޔޮ ނަގާފަ އެއަށް ފައިސާނުދެއްކުން ފަދަ ބޮޑެތި ހިޔާނާތް ހިންގާ މީސްމީހުންނާއި، ސަރުކާރުގެ ކުންފުނިތަކަށް މުދާ ނު އަގުގައި ގަނެ ކޮރަޕްޝަން ހިންގާ މީހުން ގެ ވާހަކަ ދެއްކުނަ ނުދޭން މީޑިއާ އާއި، ރައްޔިތުންގެ އަނގަ މަތީގައި ޓޭޕް އެޅުމެވެ. ތިޔަ ބިލް ފާސްކުރުމަށް މިފަދަ ފަރާތްތަކުން މަރުދޭނެ އެވެ
ޢަލިފުތު.
01 August 2016
މިބިލް ގާނޫނަކަށްވެއްޖެނަމަ އަމާންކަމާއި ސުލްހަވެރިކަމާއެކު ގައުމުގައި ދިރިއުޅުމުގެ މަގުފަހިވާނެ. ނެތިނުބައި މޮށުމާއި ދެބައޮޑުވުން ހުއްޓޭނެ. އެންމެ ނިކަމެތިމީހާ އާއި އެންމެ މާތްމީހާ އަށްވެސް އަބުރުވެރި ދިރިއުޅުމެއް އުޅުމަށް މަގުފަހިވާނެ. ވީމާ އަދާލަތު ޕާޓީ ފަދަ އިސްލާމީ ސިފަ ލިބިގެންވީ ޕާޓީއަކުން މިބިލާމެދު ކަންބޮޑުވުން ފާޅުކޮށް ބިލް ސިޔާސީ ކުރުމަށް މަސައްކަތް ކުރާތީ އެކަން ކުށްވެރިކުރަން.
އޭޕީ މީހާ
01 August 2016
ބައްލަވާ ކިހިނެތްތޯ ހުއްޓުވޭނީ. އެންމެ ފުރަތަމަ ކަމަކަށް މަޖިލިސްތެރޭގައި އެފަދަ ވާހަކައެއް ދެއްކިޔަސް އެވާހަކަ ދައްކާ މެމްބަރާމެދު ފިޔަވަޅު ނޭޅޭނެކަމަށް މަޖިލިސް ޤަވާއިދުގައި އޮވޭ! އަމުދުން އެތަނުގެ އެތެރޭގައި ދައްކާ ވާހަކައަކަށް މިނިވަން މުއައްސަސާތަކުން ތަހުގީގެއްވެސް ނުހިންގޭ! އެމީހުންވީމާ އޯކޭ އުތަ؟
ތުއްތޮންބެ
01 August 2016
އަލިފުތާ ތިޔައީ ކުށް ހީއެއް. ތިޔަ ބިލް ފާސްކުރަން ފައިވިއްދާފަ އެތިބީ މިގައުމުގެ ތާރީޚުގަވެސް އުފެދުނު އެންމެ ކޮރަޕްޓް ބައިގަނޑު. އެމީހުންގެ ބޭނުމަކީ ރީތި ނަމެއްގައި ބޮޑެތި ޖަރީމާތައް ހިންގާނެ ލައިސަންސް އެއް ހޯދުން. ތިޔަ ބިލް ފާސްވުމުން ބޮޑެތި ވައްކަންތަކާ ކޮރަޕްޝަން މެކުހަށް ޖަހަން އެ ތައްޔާރުވަނީ. ތިޔަބިލަށް ފަހު ހިތް ބިރުގަންނަ ފިނޑި ބަޔަކު ހަނުތިބެދާނެ. އެކަމަކު އިސްލާހަށް ލޯބިކުރާ އެންމެން މިތިބީ އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް ރައްޔިތުންނަށް ވާނުވާ އޮޅުންފިލުވަދޭން. ލާހިކު ކުޅަދާނައެއްނޫން ތިޔަބިލުން އެކަން ހުއްޓުވާކަށް. އަދާލަތު ޕާޓީވެސް އެދައްކަނީ ރަނގަޅުވާހަކަ.
ޗަކަސް
01 August 2016
އަދާލަތު ޕާރޓީ އަކީ މިގައުމުގެ ކަންކަމަށް ފާޑު ކިޔަން ގާނޫނީ ބާރު ލިބިގެންވާ ބަޔެއް ނޫނެވެ. އެބައިމީހުންނަކީ އެއީ އެންމެ މެމްބަރެއް ތަމްސީލު ކުރާ މައިނޯރިޓީ އެއްވެސް ނޫން އަދި މެޖޯރިޓީ އެއް ވެސް ނޫން. އެއީ މިތާނގައިވާ ވެސް އެއްޗެއް ނޫން އަދި އެތާނގައިވާ ވެސް އެއްޗެއް ނޫން އެއީ ދެން ކޯއްޗެއް ތޯއެވެ. އެއީ ޗަކަަސް ޗަކަސް އެވެ.
ބޮޑުފަޅި
01 August 2016
އަދާލަތުން ބަހެއް ބުންޏަސް އޚްލާސްތެރިނުވެ އެއްފަޅިއަށް ބޮޑުކޮށްގެން ބަޔާންތައް ނެރޭތަން މިފެންނަނީ ސޭޚް އިމްރާނު އާދޭތެރޭގައި ފަހަރިޔޭ ކީހިނދު ކަންބޮޑުވެ ބަޔާން ނެރުއްވީތީ ސުވާލު އުފެދޭހިނދު ފާޑުކިއުމުގައިވެސް މިންގަޑު ތަކެއް ހިފެހެއްޓެންޖެހޭނެ ކަމައްނުވިސްނޭބާ!