މެމްބަރު ނިޒާރު ޗިޓާ ހަވާލުވަނީ.--ފޮޓޯ:ޓްވީޓާ
01 އޯގަސްޓް 2016 - 14:01
ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޒާރު މާދަމާ ރޭ ޕޮލިހަށް ހާޒިރުވާން އަންގައިފި އެވެ.
ފުލުހުން މިއަދު ފޮނުވި ޗިޓްގައި ބުނެފައި އޮތީ އޭނާ ފުލުހަށް ހާޒިރުކުރުވަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ބަޔާނެއް ނަގަން ކަމަށެވެ. އޭނާ ހާޒިރުވެވަޑައިގަންނަވަން އޮތީ މާދަމާ ރޭ 9:30 އަށެވެ.
ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ އެއް މެމްބަރު ކަމަށްވާ ނިޒާރާ ސުވާލުކުރަނީ ކޮން މައްސަލައެއްގައި ކަން ފުލުހުން ބުނެފަައެއް ނުވެ އެވެ.
ކުރެއްވި ޓްވީޓަކާ ގުޅިގެން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނާއި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒު އަބްދުލް ލަތީފު ވެސް ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ. އަދި އިދިކޮޅު އިއްތިހާދުން ގާއިމްކޮށްފައިވާ ހައިރާތު ފަންޑާ ގުޅޭ މައުލޫމާތެއް ސާފުކުރަން ކަމަށް ބުނެ މިދިޔަ ހޮނިހިރު ދުވަހު ވަނީ އެ އިއްތިހާދުގެ ހިޔަނި ކެބިނެޓުގެ ތިން ވަޒީރަކު ވެސް ފުލުހަށް ހާޒިރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސޭނުބެ
02 August 2016
ހީވަނީ މިހާރު ފުލުސްއޮފީސް އެހެރީ ރޭންޖުން ކަޓާފަހެން. މިދާވަރުން ދަންޏާ ހުރިހާ ރައްޔިތުން ތިތަނަށް ގެންދާނެ. މި މީހުންނަށް ހީވާނީކަންނޭގެ ވަރަށް ބިރުގަންނާނެޔޭ.
މޫސާ
01 August 2016
ބިރުދައްކަން
ދޮން އާމިރު
01 August 2016
ނިޒާރުމެން ތިޔަހެން ދައްކަވާ ބިރަކަށް ނުގުޑާނެ...