ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުގެ ލިޔުން ރައީސް ޔާމީން، ޒުހޫރާ މިއަދު ހަވާލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
01 އޯގަސްޓް 2016 - 14:30
ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންނެވި ކޮންމެ މަގާމަކަށް ވަޑައިގަންނަވާނެ ކަމަށާއި އެ ޔަގީންކަން ފުރަތަމަ ދުވަހު ވެސް އެމަނިކުފާނަށް ދެއްވާފައި ވާނެ ކަމަށް ހޯމް މިނިސްޓަރުކަމުން މިއަދު ވަކިކުރައްވައި ރައީސް އޮފީހުގެ މިނިސްޓަރަކަށް އައްޔަން ކުރެއްވި އަހުމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރު ކަމުގައި 40 ދުވަސް ހަމަ ނުވަނީސް އަދި ރައްޔިތުންގެ މަޖިލިހުން ރުހުން ވެސް ނުދީ އުޅެނިކޮށް، މަގާމު ބަދަލުކުރުމާ ގުޅިގެން "މިހާރު" އިން ދެންނެވި ސުވާލުތަކަކާ ގުޅިގެން ޒުހޫރު ވިދާޅުވީ މި ބަދަލު ގެންނެވީ ރައީސް ޔާމީން ބޭނުންފުޅުވެގެން ކަމަށެވެ.
"ހޯމް މިނިސްޓަރު ވީމާ ބައެއް މީހުންނަށް ހީވެދާނެ ގޯހެއް އުޅެނީ ކަމަށް. އެގޮތަށް ވިސްނަން ބޭނުންވާ ބަޔަކަށް އެހެން ހީވެދާނެ. އެކަމަކު އެއްވެސް ގޯހެއް އޮވެގެނެއް ނޫން ރައީސް މި ބަދަލު ގެންނެވީ. އަޅުގަނޑުގެ ގުޑްވިލްއާ އެކު މިކަން މިކުރެއްވީ،" ރައީސް ޔާމީންގެ ވެރިކަމުގައި ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމާއި ހެލްތު މިނިސްޓަރުކަން އަދި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަން ވެސް ކުރު މުއްދަތަކަށް ކުރެއްވި ޒުހޫރު ވިދާޅުވި އެވެ.
ޒުހޫރު ވިދާޅުވީ އޭނާ އަކީ ގިނަ ހުނަރުތަކެއް ހުރި ބޭފުޅަކަށް ވާތީ އޭގެ ބޭނުން ހިއްޕަވަން ރައީސް ބޭނުންފުޅުވާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެކަމަކު ހާއްސަކޮށް މެނޭޖްމަންޓަކީ އޭނާގެ ދާއިރާ ކަމަށް ޒުހޫރު ވިދާޅުވި އެވެ. އޭގެ އިތުރުން ފައިނޭންސް ދާއިރާ އަކީ ވެސް އޭނާގެ ބެކްގްރައުންޑެއް ކަމަށް ޒުހޫރު ވިދާޅުވި އެވެ.
"ހޯމް މިނިސްޓަރުކަމުގައި ހުރިއިރު ވެސް އަޅުގަނޑު ބޮޑަށް އިސްކަންދިނީ މެނޭޖްމަންޓް ރަނގަޅު ކުރަން. އެ މިނިސްޓްރީ ޕީއެސް ކައިރިން އައްސަަވާ ގެނައި ބަދަލުތައް. އެބޭފުޅުން ވިދާޅުވާނެ. ސަރުކާރުން ބޭނުންވަނީ ކަންކަން ހަމަޔަކަށް އަޅުވަން. އެހެންވީމާ ހޯމް މިނިސްޓްރީގައި ވެސް އެ މަސައްކަތް އަޅުގަނޑު ކުރީ،" ރައީސް ޔާމީންގެ ސަރުކާރުގައި މިހާތަނަށް އެންމެ ގިނަ ސިޔާސީ މަގާމުތައް ފުރުއްވި ޒުހޫރު ވިދާޅުވި އެވެ.
"މާދަމާ އެހެން ތަނަކަށް އަޅުގަނޑު ހަމަޖެއްސިޔަސް އެތަނަކަށް ނުކުންނާނަން."
ހޯމް މިނިސްޓަރުކަމުން ޒުހޫރު ވަކިކުރައްވައި އެ މަގާމަށް ރައީސް ޔާމީން މިއަދު އައްޔަން ކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޒްލީން އަހުމަދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫ
03 August 2016
މެމްބަރު އިންތި ވިދާުވަ ފަަދއިން އަމާޒުލާހޫރޭ، އަމާޒު ވިއްސިވިހާލި ސަރުކަރެއްގެ ކަނތައް ހުންނާނީ މިބީދައިން. ދެން ކޮން ސްޓްރެޓަޖީ އެއް ރޭވޭނީ
ެޖހފޖދ
02 August 2016
މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަ ކުރުމަށް ގޮވާލަން.
ބޮކުބާޑު
02 August 2016
ކޮބާތޯ ތިޔަވިދާޅުވާ ގިނަ ހުނަރު ތަކަކީ. ގައުމަށް ކޮށްދިނީ ކޮން ޚިދުމަތެއްތޯ؟ ލިބިފަވާ ފާހަކީ ކޮބާތޯ؟ ހަވާލް ކުރެްވި އެއްވެސް ކަމެއް ރަގަޅަށްނިމި މިއީިތިމަން މަސައްކަތޭ ބުނެ ދަށްކާޅާނެ ކަމެއް ކުރެވިފަ އެބައޮތްތޯ؟
ލލ
02 August 2016
ދެންއޮތީ ނައިބު ރައިސުކަން ކުރުން، މީދެން ހަމަ ހީވާހީވުމެއް ހިޔާލެއް! ސަލާމް
ޕިސް ޕިސް
02 August 2016
ބޮޑުވަރު
ފފ
02 August 2016
ވިދާޅުވި ގޮތެއް އެނުން ގޮތެއް ހަމަ ނެތެއްނޫންތޯ؟
ޝިމާހު
02 August 2016
ޒުހޫރަކީ ކަސްޓަމްސްގައި ހުރި ދުވަސް ވަރު މަޖުބޫރުން މުަވައްޒަފުންލައްވާ ޕާޓީއަށް ސޮއި ކުރުވި ބޭފުޅެކެވެ. އަދި ތަފާތު އިންޒާރުތައް ސަރުކާރާއި ދޮކޮޅު ހިޔާލުގެން ގުޅެ އޮފިސަރުންނަށް ވަރަށް އިހާނެތިކޮން ކަންތައް ކުރެއްވި ބޭފުޅެކެވެ.
ހުސެން
02 August 2016
ތިހެންބުނިއަދީބުވެސް ހަމަބެހެއްޓިތާއެބަހުރި އެކަމަކުޔާމީނައް މިވަގުތުފެނުނީއަދީބުބަހައްޓަން ޖަލު
ރިންސް
02 August 2016
ތިޔަހެން ބުނި އަދީބުވެސް ރައީސް އެފަކީރު ބެހެއްޓީ ހުރަގޭގަ.
ހުސްނުވާ
02 August 2016
މައްސަލަވެސް އުޅޭނެ. މައްސަލަ ހައްލުވެސް ކުރާނެ. މައްސަލައެއް ނޫޅޭގޮތަކަށް ފާޑު ނުކިޔާނެ ގޮތަކަށް ކަމެއް ކުރެވޭނެތަ؟ ތިކަމެއް ނުވާނެ. މީހުންވެސް އެހާ ފެންވަރު އެބަހުރި. ހުރިހާ ކަމެއް އެނގޭ މީހުން ގިަނއީ. އެހުރިހާ މީހުން ބުނާހާގޮތެއް ހަދަންވެސް ޖެހޭނެ. އެހެންނޫނިއްޔާ އެ ފޭލިވީ. ކަމެއް ނުވީ.