މަޝްހޫރު ދިވެހި ބޭސްވެރިޔާ މާވާ މުހައްމަދު މުހައްމަދު މަނިކު
25 ޖުލައި 2018 - 16:48
ދިވެހި ބޭސް އަމިއްލައަށް އުފައްދަވައިގެން ފަރުވާދެއްވާ މަޝްހޫރު ބޭސްވެރިޔާ މާވާ މުހައްމަދު މަނިކު (ޑރ. މުހައްމަދު މަނިކު) މިއަދު އަވަހާރަވެއްޖެ އެވެ.
ފަތްޕިލާވެލިން އަމިއްލައަށް ބޭސް އުފައްދަވައިގެން ފަރުވާ ދެއްވި ބޭސްވެރިޔާ، އުމުރުން 85 އަހަރުގައި މިއަދު އަވަހާރަވީ ބަލިވެ އުޅުއްވާތާ ދުވަސްތަކެއްވުމަށް ފަހު އައިޖީއެމްއެޗްގައި ފަރުވާ ދެނިކޮށެވެ.
އެމްއެމްއެމް މެޑި ކްލިނިކްގެ ނަމުގައި ހިންގި ކްލިނިކުގައި ދިވެހި ބޭހާއި ހަކީމީ ބޭސް އަދި ޑޮކްޓަރީ ބޭސް ބޭނުންކޮށްގެން ފަރުވާ ދިނުމުގެ ހިދުމަތް މެދުނުކެނޑި ގާތްގަނޑަކަށް 45 އަހަރު އޭނާ ދެއްވި އެވެ. އަދި އޭނާ އުފެއްދެވި ބައެއް ބޭސްތައް އިންޑިއާ އަށާއި ސްރީލަންކާއަށް ވެސް އެކްސްޕޯޓްކޮށްފައިވެ އެވެ. އަދި އައްޑޫ ބަޣާވަތުގެ ދުވަސްވަރު ވެސް ދެކުނުގެ އަތޮޅުތަކުގެ މީހުންނަށް އަމިއްލައަށް ބޭސް ތައްޔާރުކުރައްވައިގެން ފަރުވާދެއްވާފައިވެ އެވެ.
ދިވެހި ސަރުކާރުން އޭނާއަށް 2000 ވަނަ އަހަރު ދިވެހި ބޭސްވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމް ރައީސް މައުމޫން ދެއްވައިފަ އެވެ.
މާވާ މުހައްމަދު މަނިކުގެ މައްޗަށް ކުރާ ކަށު ނަމާދުކުރުން އޮންނާނީ މިރޭ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބުރުކަލޯ
26 July 2018
މިފަދަ ހިދުމަތްތެރި ބޭފުޅަކަށް ކޮމެންޓުކޮށްލާނެ މީހަކުވެސް ނިވޭ. މީ މިއަދުގެ ގައުމުގެ ހާލަތު.
ޖެކް ސްޕެރޯ
25 July 2018
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ. ގެއްލިގެން އެދިޔައީ ބޮޑު ޚިދުމަތްތެރިއެއް. ޑރ. މުހައްމަދު މަނިކުއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި.
ސޮއްބެ
25 July 2018
ޑރ.މުހައްމަދު މަނިކަކީ މިއުޅޭ އެތެެރެހަށީގެ ޑަކްޓަރުންނަށްވުރެންވެސް މޮޅު ބޭފުޅެއްކަމަށް އަހަރެން ގަބޫލު ކުރަން..މީގެ އަށެެއްކަ އަހަރު ކުރިން އެއްފަހަރަކު،ވަރަށް ގަދައަށް ފާހާނާއަށް ދެވޭތީ ހަފްތާއެއް ވަންދެން އެވޭނުގައި އުޅެ،އެތެރެހަށީގެ ދެ ޑަކްޓަރުންނަށް ދައްކައިގެން ވެސް ރަގަޅު ނުވެގެން،،ޑރ.މަނިކު ކައިރިއަށް ގޮސްގެން،ލިޔެދެއްވި ބޭހަކުން ރަގަޅުވީ..މަރުހޫމަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށި..
އައިންތު
25 July 2018
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ.
ތެދު
25 July 2018
މުހައްމަދު މަނިކަކީ މޮޅު މީހެއް.. އޭނާގެ އުފެއްމެއް ކަމަށްވާ "އޮއްކަފަ" ޑްރޮޕަކީ ކަންފަތައްށާއި ލޮލައް އަދި ނޭފަތައްވެސް ވާ ފަރުވާއެއް..
ފަލަޑޭ
25 July 2018
إنا لله وإنا إليه راجعون
ޝަކީލާ
25 July 2018
إنا لله وإنا إليه راجعون
މަރޭމިތުރާ
25 July 2018
ގެއްލިގެން ތިދިއައީ މިގައުމުން ވަރަށް ބޭނުން ބޭސްވެރިއެއް! ހިއްލި ނޭވާ ދިވެހިބޭހުން ރަނގަޅުކޮށްލި ބޭސްވެރިއެއް!
އައިޖޭ
25 July 2018
އިންނާލިއްލާހި ވައިންނާ އިލައިހި ރާޖިއޫން މަރްހުމް ޑރ ގެ ފުރާނަ ޢަށް ސުވަރުގޭގެ ދާއިމީ ނިޔުމަތް މެދުވެރި ކުރައްވާށި...އާމީން ޑރ މޮހޮދޭ ގެ އުފެއްދުން ތަކަކީ ކުޑަ ކުދިންނަށް ، ހާއްސަކޮށް ރޯގާއާއި ކެއްސުމުގެ ކަނތަކަުން އަވަސް ޝިފާ ލިބޭ ބޭސް ތަކެއް.....
ރަދީފް
25 July 2018
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ.