މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތު ގައި ރައީސް ޔާމީން ބޭއްވެވި ރިސެޕްޝަން ގައި ބައެއް ވަޒީރުންނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
25 ޖުލައި 2018 - 23:19
މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން ދަރުބާރުގޭގައި މިރޭ ބާއްވަވައިފި އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ފުރަތަމަ ހަރަކާތުގައި، ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ވަނީ 53 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ވިދާޅުވެފަ އެވެ.
މިނިވަން ދުވަހުގެ ރަސްމީ ބައްދަލުވުމުގައި، ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ.--ފޮޓޯ: ރައީސް އޮފީސް
އެ ބައްދަލުވުމުގައި ރާއްޖޭގައި ތިއްބަވާ ބޭރުގެ ސަފީރުންނާއި މިނިސްޓަރުންނާއި މަޖިލިސް މެމްބަރުންގެ އިތުރުން ފަނޑިޔާރުންނާއި އެކި މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މިނިވަން ދުވަސް ފާހަގަ ކުރުމަށްޓަކައި އެކި ހަރަކާތްތައް ހިންގަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެގޮތުން މާދަމާ ރޭ ޖުމްހޫރީ މައިދާނުގައި ރަސްމީ ޖަލްސާ ބާއްވާއިރު، މާލޭގެ ސްކޫލުުތަކުގެ ދަރިވަރުން ގެނެސްދޭ ހަރަކާތްތައް ހުކުރު ދުވަހުގެ ރޭގަނޑު ގަލޮޅު ދަނޑުގައި އޮންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚިޔާލް123
26 July 2018
މިނިވަން ދުވަހުގެ ތަހުނިޔާ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަމެވެ، ﷲ މިންވަރު ކުރައްވައިފިނަމަ އަންނަ އަހަރު މިނިވަންދުވަސް ފާހަގަ ކުރެވޭނީ މިނިވަން ކަމާ އެކުއެވެ، އަދި ނުހައްގުން މިނިވަންކަން ގެއްލުވައިލައިފާވާ އެންމެހައި ރައްޔިތުންނާ އެކުއެވެ.
ޠަޔާޠީޞް
26 July 2018
ގައުމުގައި މިނިވަންކަން އޮތްކަން ހިތުގެ އަޑިން ގަބޫލުކުރަން ދަތި. މި ފަދަ ހާލަތެއްގައި އޮވެ މިނިވަން ދުވަސް ފާހަގަ ކުރާހިތެއް ނުވޭ. މި އަހަރު މިނިވަން ދުވަހުގެ ތަހުނިޔާ އެއްވެސް މީހަކަށް ފޮނުވާކަށް ބޭނުމެއްނޫން.
އިހްސާންތެރިޔާ
26 July 2018
ރަސްމީ ބައްދަލުވުން ކީއްވާނީ އާންމުރައްޔިތުނާ ކުރިއްޔާ.
ޔާމިން
26 July 2018
މިނިވަންކަމެއް ނެތް ތަނެއްގަ މިނިވަން ދުވަސް ފާހަގަކުރަން ރައްޔިތުންގެ ޓެކުސްފައިސާ ހަރަދު ކުރުމަކީ އިސްރާފެއް
ހުދުހުދު
26 July 2018
ޝުކުރު ކުރަން އެނގުމަކީ ވަރަށްބޮޑުބނިޢުމަތެއް
ތުއްތޫ
25 July 2018
ފަހު ބައްދަލުވުން