ރާއްޖޭގެ އެކި ހިސާބުތަކުގައި މި ދުވަސްވަރު ބޭރަށް ހިންގުން އިތުރުވަމުން ދާތީ އެ ކަމަށް ހާއްސަ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެ އެޖެންސީން ނެރުނު ބަޔާނެއްގައި ބުނީ ބޭރަށް ހިންގައިގެން މާލެ އާއި އަތޮޅުތަކުން ވެސް ލިބޭ ރިޕޯޓުތައް މި ދުވަސްވަރު އިތުރުކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ބޭރަށް ހިންގުމަކީ ކާބޯތަކެއްޗާއި ފެނުގެ ޒަރީރާ އިން ފެތުރޭ ބައްޔަކަށް ވާތީ ސާފު ތާހިރުކަމަށާއި ކާބޯތަކެތީގެ ރައްކާތެރި ކަމަށް ހާއްސަ ސަމާލު ކަމެއް ދޭން ވެސް އެޗްޕީއޭން ވަނީ އެދިފަ އެވެ.
މީގެ އިތުރުން، އެޗްޕީއޭން ބުނީ އާދަޔާހިލާފަށް ކަރު ހިއްކުމާއި ބޮލަށް އެނބުރުން އެރުމާއި މާ ބޮޑަށް ވަރުދެވަރުމުގެ އިތުރުން ހޮޑުލެވުމާއި ބޮޑުކަމު ދާއިރު ލޭގެ އަސަރު ހުރުން ފަދަ އަލާމާތްތައް ފާހަގަ ކުރެވޭ ނަމަ، ވީހާ ވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަން ސަމާލުކަން ދޭނެ ޖެހޭނެ ކަމަށެވެ.