ޚަބަރު / ރައީސް އަބްދުﷲ ޔާމީން

ރިޓަޔާކުރާ އުުމުރު މަތިކުރުމުން އިނާޔަތް ބޮޑުވާނެ: ރައީސް

ތިމަރަފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންތަކަކާ ރައީސް ޔާމީން މިއަދު ސަލާމް ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ވަޒީފާތަކުގައި އުޅޭ ދިވެހިން ރިޓަޔާ ކުރާ އުމުރަކީ 74 އަހަރު ނުވަތަ 75 އަހަރު ކަމަށް ހެދުމަށް ހުށަހެޅުއްވީ، މަޖުބޫރުން ރިޓަޔާ ކުރުވަން ނޫން ކަމަށާއި އެ ބަދަލު ގެނައުމުން ރިޓަޔާ ކުރާ މީހުންނަށް ލިބޭ އިނާޔަތް ބޮޑު ވެގެންދާނެ ކަމަށް ވެސް ރައީސް އަބްދުﷲ ޔާމީން ތ. ވޭމަންޑޫގައި މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފުތާގައި ހުވަދު އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ، ރިޓަޔާ ކުރަން ޖެހޭ އުމުރަކީ 65 އަހަރު ކަމަށް އެ މަނިކުފާނު ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. ދިވެހިންގެ ވައްޓަފާޅި އަށް އައިސްފައި ހުރި ބަދަލާއި ސިއްހީ ހޭލުންތެރި ކަމަށް ބަލާފައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނަށް ބަދަލު އަންނަން ޖެހޭ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ތ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ތިމަރަފުށީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރިޓަޔަމެންޓާ ގުޅޭ ގޮތުން އެ މަނިކުފާނު ދެއްކެވި ވާހަކަފުޅު އޮޅުވާލައިގެން ފަތުރަމުންދާ ކަމަށާއި އޭގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އެހެންވެ، އުމުރުން 65 އަހަރުގެ މީހުންނަށް ދެމުން އަންނަ 5،000ރ.ގެ އިނާޔަތް، އެ މަނިކުފާނު އަލަށް ގެންނަވަން އުޅުއްވާ ބަދަލުގެ ސަބަބުން ކެނޑިގެންދާނެތޯ ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އުމުރުން 65 އަހަރު ވުމުން 5،000ރ. ލިބިފައި، އެ ބޭފުޅުންގެ ތެރެއިން ސަރުކާރުގައި ދެމިތިބޭ ބޭފުޅުންނަށް އިނާޔަތަށް ވުރެން ބޮޑު އެއްޗެއް ލިބިގެންދާނެ. --ރައީސް

ތިމަރަފުށީގައި ގާއިމު ކުރި ފެނުގެ ހިދުމަތް އިފްތިތާހު ކުރުމަށް އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޔާމީން ވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި 65 އަހަރުގެ މީހުންގެ އިނާޔަތް، އެ މަނިކުފާނު ގެންނަވަން އުޅޭ އެއްވެސް ބަދަލަކާ ހެދި އުނިވެގެން ނުދާނެ އެވެ. އެ ބަދަލުން ލިބޭނީ އިތުރު އުފާވެރިކަމާއި ހިތްހަމަޖެހުމެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އުމުރުން ދޮށީ ބޭފުޅުންގެ އިނާޔަތް ކެނޑިގެނެއް ނުދާނެ. އަދި ކީއްތޯ، އެ އިނާޔަތް 5،000ރ. ލިބިފައި އެ ބޭފުޅުންގެ ތެރެއިން ސަރުކާރުގެ ވަޒީފާ އަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުންނަށް އެ ބޭފުޅުންގެ އިނާޔަތަށް ވުރެން ބޮޑު އެއްޗެއް ލިބިގެންދާނެ ފޯމިއުލާއެއް އަޅުގަނޑު ހުށަހެޅީ. އެއިން ވާނީ ފައިދާ،" ރައީސް ޔާމީން ވިދާޅުވި އެވެ.

65 އަހަރުން މަތީގެ އެންމެންނަށް މަޖުބޫރު ވަނީކީއެއް ނޫން 74 އަހަރު ވަންދެން ސަރުކާރުގައި އުޅޭ ކަށެއް. އެއީ އިޚްތިޔާރެއް، ލިބޭނީ ފައިދާ --ރައީސް ޔާމީން

އެ ފޯމިއުލާ އަކީ، ރައީސް ވިދާޅުވި ގޮތުގައި، އުމުރުން 65 އަހަރުގެ މީހުން 74 އަހަރު ވަންދެން ސަރުކާރުގައި މަސައްކަތް ކުރަން މަޖުބޫރުވުމެއް ވެސް ނޫނެވެ. އެއްވެސް މަޖުބޫރު ކަމެއް ނެތް ކަމަށާއި އެ ފޯމިއުލާ އަކީ އެ މީހަކަށް ހުށަހަޅުއްވާ އިޚްތިޔާރެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް އެބަ އެނގޭ، އެ ގޮތް އިޚްތިޔާރު ކުރައްވަން ބޭނުންފުޅުވާ ޓީޗަރުން އެބައުޅޭ، ޑޮކްޓަރުންނާއި ނަރުހުން އެބައުޅޭ. ޑޮކްޓަރުން ވެސް އަޅުގަނޑު ގަބޫލެއް ނުކުރަން 65 އަހަރުވުމާ އެކު އެ މީހުން ގެ އަށް ދާން ޖެހޭނެ ކަމަކަށް. އެ މީހުންނަށް ޚިދުމަތް ނުދެވޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ރައީސް ވިދާޅުވި އެވެ.

އުމުރުން 65 އަހަރު ވުމުން ރިޓަޔާ ކުރަން ޖެހޭނީ ގާނޫނުގައި އެ ގޮތަށް ކަނޑައަޅާފައި އޮތުމުން ކަމަށާއި އެފަދަ އެތައް ބޭފުޅުންނާ އެކު، މަސައްކަތް ކުރައްވަމުން އަންނަ ކަަމަށް ރައީސް ވިދާޅުވި އެވެ.

ރިޓަޔާ ކުރައްވާ އުމުރު މަތިކުރަން ވިސްނެވީ، ރައީސް ވިދާޅުވި ގޮތުގައި، ރައްޔިތުންގެ ފައިދާ އަށެވެ. އެކަމުން އެއްވެސް ރައްޔިތަކަށް ލިބޭނެ ގެއްލުމެއް ނޯންނާނެ ކަަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވެފައިވާ ގޮތުގައި މިހާރު 65 އަހަރުވެގެން ރިޓަޔަ ކޮށްފައި ތިބި މީހުންނަށް ވެސް ސަރުކާރުން ގޮތްތަކެއް ހަމަޖައްސައި ދޭނެ އެވެ. އަދި ރިޓަޔަ ކުރާ އުމުރަށް އައިސްފައި ތިބި މީހުން، ރިޓަޔަ ކުރަން ޖެހިދާނެ ކަމަށް އެއްވެސް ގޮތަކަށް ނުވިސްނުމަށް ރައީސް ޔާމީން ވަނީ އެދިވަޑައިގެންފަ އެވެ.

67 ކޮމެންޓް, 340 ރިއެކްޝަންސް

icon happy icon happy 84%
icon sad icon sad 1%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަޙްމަދު ޞ

14 August 2018

ކަންކަމާ ފާޑުކިޔަން ވާނެ. ސިޔާސީގޮތުންނާ އެހެން ކަންކަމުގައި ވެސް އަމިއްލަ ސްޓޭންޑެއް ކޮންމެ މީހެއްގެ ވެސް އޮންނާނެ. އެކަމަކު ޢިލްމީ އޮއްޓަރު މަދު ޒާތީ ކޮމެންޓް ބޮނޑިއެއް މިހާ ބޮޑުވީމަ ސަކަރާތް.

The name is already taken The name is available. Register?

މަކުނުދޫ ހަލީމު ދީދީ

14 August 2018

އެހެންވީމާ އުމުރުން 65 އާއި 75 ދެމެދު މީހުންނައް ރައީސް ކަމައްވެސް ކުރިމަތިލެވެން ޖެހޭން!

The name is already taken The name is available. Register?

ސައްތާރު / މހއ

14 August 2018

ޔާމީނުގެ ރޭވުމުގެ ދަށުން 75 އަހަރަށް މަތިކުރީމާ އިނާޔަތް ލިބޭނީ ވަރަށް މަދު ބަޔަކަށް މިހާރު 65 އަހަރު ވެފާތިބި 2 މީހުން ތިބިގެއަކަށް އޭރުން އެކައްޗެއްވެސް ނުލިބި. އެ 2މީހުންވެސް ނިކަމެތިވެ ބިކަވާނީ.

The name is already taken The name is available. Register?

ސައިކޮލޮޖިސްޓް

14 August 2018

ރަޢީސް ކަމަށް ކުރިމަތިލާއިރު ބުއްދި ސަލާމަތުން ހުރިތޯބަލަން ޓެސްޓެއް ހެދުންމުހިންމު! ކުރިން މިގޮތަށް އޮންނަނަމަ މިފަދަ މުސީބާތްތަކުން މިޤަޢުމު ސަލާމަތްކުރެވުނީސް!

The name is already taken The name is available. Register?

ޑރ.މޯޑިސްް

14 August 2018

ރިޓަޔަރ ކުރާ އުމުރު 100 އަށް ހަދާފަ ޕެންޝަނަށް އެއްލައްކަ ރުފިޔާ ދޭން ފެނޭ. ބުނަން ތީ ފިސާރި އިކޮނޮމިސްޓެއް. ސަލާމް މަނިކުފާނާށާއި މަނިކުފާނު އިކޮނޮމިކްސް ކިޔެވި ޔުނިވާސިޓީ އަށް

The name is already taken The name is available. Register?

އުނބުށެން

14 August 2018

65 އަހަރު ވަންދެންވެސް ވަޒީފާގައި އުޅޭކަށް މަޖްބޫރެއް ނޫނެވެ. މިއަދުވެސް މާދަމާވެސް ބޮންޑެއް ނެތިއްޔާ ކެނޑެން ބޭނުންވާ މީހަކު ކެނޑެންވީއެވެ. މިކަން ނޭނގޭ މީހަކު އެބައުޅޭ ބާވައެވެ. މައްސަލައަކީ މިހާރުވެސް އަމިއްލައަށް 55 އަހަރުގެ ކުރިން ކެނޑިއްޖެނަމަ 65 އަހަރު ނުވަނީސް ލިބޭނެ އެއްޗެއް ނެތެވެ. 55 އަހަރުވެގެން އަމިއްލައަށް މުސްކުޅި ކުރެވުނަސް ލިބޭ އިނާޔަތް އެތައްތަނެއް ކުޑައެވެ. 65 އަހަރު ވަންދެން ތިބެނީ އެހެންވީމައެވެ. 75 އަހަރަށް ހެދީމާވެސް ވާނީ ހަމައެހެން ނޫންހެއްޔެވެ.

The name is already taken The name is available. Register?

މުރުގާ

14 August 2018

އަންނަ އަހަރު ފައިސާ ދޭންޖެހޭ މީހުން މަދުކުރަން ކުރާކަމެއް މީ.. އޭރުން އެފައިސާއިން ރައީސްގެ ދެވަނަ ދައުރަށް އިރަށްދޭން އުޅޭ ފައިސާ ހަމަޖެހިގެންދާނެ.. މިކަމާ އެންމެންވެސް ވިސްނުން މުހިންމު.. ދެން އަތްޖަހާ

The name is already taken The name is available. Register?

ކުޑައަލީ

14 August 2018

ތިޔަބުނާ ބަދަލު ތިގޮތަށް ގެނައުމުން 65 އަހަރު ވެގެން އަމިއްލައަށް ރިޓަޔަ ކުރުމުން ލިބޭ އަދަދު މަދުވާގޮތަށް ހަދަން އެއުޅެނީ ގާނޫނަށް ބަދަލުގެންނަން. މިބަދަލު ގެނައުމުން 75 އަހަރު ވެގެން ނޫނީ ޕެންޝަން ސްކީމުން މިހާރު ލިބޭ އަދަދު އެއްކޮށް ނުލިބޭނެ. އޭގެ ހެއްކަކީ 55 އަހަރު ވުމުން އަމިއްލައަށް ރިޓަޔަރކުރާ މީހަކާއި 65 އަހަރުވުމުން އޮޓެމެޓިކުން ރިޓަޔަވާ މީހާއަށް ލިބޭ ފައިސާ ތަފާތުވުން.

The name is already taken The name is available. Register?

ޒިންދަގީ

14 August 2018

ރާއްޖޭގެ އެވަރެޖް ލައިފް އެކްސްޕެކްޓަންސީއަކީ 72 އަހަރު.. ރިޓަޔަރ ކޮށްގެން އިނާޔަތްދޭންޖެހޭމީހުންތިބޭނީ ކައްވަޅުގަ.. ޕެންޝަންފަންޑު ހުސްކޮށްފަހުރީމަ އެއްޗެއް ކިއަންޖެހޭނެދޯ؟؟

The name is already taken The name is available. Register?

އަދީބު

14 August 2018

އަސްލު ހަޤީޤަތުގައި މި ވާހަކައެއް ދައްކަން ޖެހުނީ ވެސް، ދިވެހިރާއްޖޭގައި މިހާރު ތިބި 65 އަހަރު ވާން ކައިރިވެފައިވާ ގިނަ އަދަދެއްގެ ބިދޭސީ ޑޮކްޓަރުންގެ ސަބަބުން. މީ އެނގޭތީ ދައްކާ ވާހަކައެއް. ނޫސްވެރިން މިހާރު ވެސް މި މަޢުލޫމާތު ވަކިވަކިން ކޮންމެ އަތޮޅު ހޮސްޕިޓަލަކަށް ގުޅައިގެން މިހާރު ރާއްޖޭގައި ތިބި ޑޮކްޓަރުންގެ އުމުރުތައް ހޯދާލާ. މިނިސްޓްރީއަކުން ނުދޭނެ އެ މަޢުލޫމާތެއް. ރައީސްގެ ވާހަކަފުޅުގައި ވެސް، ހުރިހާ އެންމެންގެ ނަން ކިޔާފައި ފަހުން ހިފަހައްޓަވާލެއްވީ ވެސް ޑޮކްޓަރުންނޭ ވިދާޅުވެ ނޫންތޯ. ތެދުފުޅެއް އެއީ. ހަޤީޤަތުގައި މިހާރު ތިބި ބިދޭސީ މުސްކުޅި ޑޮކްޓަރުން ފުރުވާލަންޏާ މުޅި ރާއްޖެ ޞިއްޙީ ގޮތުން ހުއްޓުމަކަށް އަންނާނެ. މިއީ އަސްލު ވެސް ކޮންމެވެސް ނޫހަކުން ބަލަންޖެހިފައިވާ ކަމެއް. އަޅުގަނޑަކީ ނޫސްވެރިއެއް ނަމަ މިހާރު މިކަން ބެލީސް. މި ފަހަކުން ޑޮކްޓަރުންނަށް ހުށަހެޅި އިމްތިހާނުން އެ ޑޮކްޓަރުންތައް ފެއިލްވުމާ ގުޅިގެން ވެސް ކިތައް ފަހަރު މުއްދަތު އިތުރުކޮށް ފުރުޞަތު ދިންތޯ ވެސް ހޯދާލާ.

The name is already taken The name is available. Register?

މުޙައްމަދުފުޅު

14 August 2018

ކަލޭ މެންނަކަށް ނޯންނާނެ ރަނގަޅު އެއްގޮތެއްވެސް...

The name is already taken The name is available. Register?

އޯ ޕްލީސް

14 August 2018

މުސްކުޅިވެެފައިވާ ބިދޭސީ ޑޮކްޓަރުންކޮޅަކާއި ހެދި ރާއްޖޭގެ ރިޓާޔަރމެންޓް އުމުރު ބަދަލުކުރަން ޖޭހޭކަމަށްވަންޏާ ތީދެންބޮޑު ޖޯކެއްނު؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454