ޚަބަރު / ޑރ. މުހައްމަދު މުއިއްޒު، މާލޭގެ މޭޔަރު

ރައީސް ޔާމީންގެ ސަރުކާރުން 70 ބަނދަރު ހަދައިދީފި، އެމްޑީޕީގެ ސަރުކާރުގެ އަދަދަކީ 24: މުއިއްޒު

ނޮޅިވަރްމަފަރުގެ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު މުއިއްޒު މިއަދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

22 އޯގަސްޓް 2018 - 20:19

38 comments

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިދިޔަ ހަތަރު އަހަރާއި އަށް ވަރަކަށް މަސް ދުވަހުގެ ތެރޭގައި އެކި ރަށްރަށުގައި 70 ވަރަކަށް ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެމްޑީޕީގެ ތިން އަހަރުގެ ވެރިކަމުގައި އެ އަދަދު އުޅެނީ އެންމެ 24 ގައި ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހދ. ނޮޅިވަރަމްފަރުގެ ބަނދަރު ރަސްމީކޮށް ހުޅުއްވައި ދެއްވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ، މުޅިން އަލަށް ބަނދަރު ހަދައި ދިނުމާއި ބަނދަރުތައް މަރާމާތު ކުރުމާއި ފަޅުފުންކުރުމުގެ މަސައްކަތް ވެސް ހިމަނައިފި ނަމަ މި ސަރުކާރުން މިހާތަނަށް 108 ރަށެއްގެ ބަދަރުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

"ހަތަރު އަހަރާއި އަށެއްކަ މަސް ދުވަހަށް ބަލައިފި ނަމަ މިއީ ވަރަށް ގިނަ އަދަދެއް. ރާއްޖޭގެ ތާރީޚުގައި އުމްރާނީ ތަރައްގީގައި، ބަނދަރު ހެދުމުގެ މަސައްކަތްތަކަށް ބަލާ ނަމަ މިއީކީ އެއްވެސް އިރެއްގައި ފެންނަން ހުރި މަސައްކަތްތަކެއް ނޫން. މީގެ ކުރިން، އެމްޑީޕީ ސަރުކާރަށް ބަލާ ނަމަ، އަޅުގަނޑުމެން އަދަދުތަކަށް ބަލާ ނަމަ ގާތްގަނޑަކަށް 23 ނޫނިއްޔާ 24 ރަށުގައި ބަނދަރު ހަދާފައި ވަނީ،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް އިޚުލާސްތެރި މަސައްކަތްޕުޅުތަކެއް ކުރައްވަން ކަމަށާއި ވަގުތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިއްޕަވައި، ވަރަށް ހީވާގި ކަމާ އެކު ގިނަ ކަންތައްތަކެއް އެމަނިކުފާނު ފުރިހަމަ ކޮށްދެއްވާފައިވާ ކަމަށެވެ. އަދި އެކަން ރާއްޖޭގެ ހުރިހާ ރަށެއްގެ މީހުން ބަލައިގަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ބަލައިގަތުމުގެ މާނަ އަކީ އެމަނިކުފާނު ތިޔަ ރައްޔިތުންނަށްޓަކައި އިތުރު ކަންތައްތަކެއް ކޮށްދިނުމުގެ ފުރުސަތު ދެއްވުން. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި [ރައީސް ޔާމީންގެ މަސައްކަތްޕުޅު] ބަލައިގަތުމުގެ މާނަ އަކަށް ވާނީ. އެވަގުތު އައިސް މިހާރު ކުޑަތަން ވެފައި މިވަނީ. މި އަންނަ މަހު 23 ވަނަ ދުވަހަކީ ރައްޔިތުން އެކަން ބަލައިގަންނަކަން ރައްޔިތުންގެ ފަރާތުން ރައީސް ޔާމީނަށް ދަންނަވަން ލިބޭ ފުރުސަތު،" އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވޯޓު ދެއްވުމަށް ނުސީދާކޮށް އެދިވަޑައިގަންނަވަމުން މުއިއްޒު ވިދާޅުވި އެވެ.

ނޮޅިވަރަމްފަރުގެ ބަނދަރު ރައީސް ޔާމީން މިއަދު ރަސްމީކޮށް ހުޅުއްވައި ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

އޭނާ ވިދާޅުވި ގޮތުގައި ދެހާހެއްހާ މީހުންގެ އާބާދީއެއް އޮތް ނޮޅިވަރަމްފަރުގެ ތަރައްގީ އަށް މިހާތަނަށް ވެސް މި ސަރުކާރުން ވަނީ ގިނަ ކަންތައްތަކެއް ކޮށްދީފަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ރައީސް ޔާމީން މިއަދު ރަސްމީކޮށް ހުޅުއްވައި ދެއްވި ބަނދަރެވެ.

މުއިއްޒު ވިދާޅުވީ، ނޮޅިވަރަމްފަރުގެ ބަނދަރު ހެދުމަށް ދައުލަތުގެ ބަޖެޓުންނާއި ރާއްޖެއިން ބޭރުގެ އެހީގައި 45 މިލިއަނެއްހާ ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. އަދި އެއީ އެ ރަށުގެ މީހުން އެންމެ ބޮޑަށް ބޭނުންވި އެއް މަޝްރޫއު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ދިވެހިންގެ ބަޔަކު އަޑީގައި ތިބެގެން، ބޭރުގެ ފަރާތްތަކާ ގުޅިގެން ރާއްޖޭގެ މިނިވަންކަން ނަގައިލަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އިސްލާމްދީނަށް ނުރައްކާތައް ކުރިމަތި ކުރަން މަސައްކަތް ކުރާ ތަނެވެ.

38 ކޮމެންޓް, 76 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 0%
icon angry icon angry 79%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައިޖޭ

24 August 2018

އެމްޑީޕީ ގެ 3 އަހަރު 51 ބަނދަރު ނިންމި ކަމަސް ރެކޯޑް ދައްކަނީ ދެނޯ؟؟

The name is already taken The name is available. Register?

ރޮންދު

23 August 2018

އެނމެ ގިނަ މަރު... މާރާ މާރީ.... ވަޅި ޖެހުން... ވައްކަން ހަބޭސް... އެންމެ ގިނަ ދޮގު... އެންމެ ގިނަ ދަރަނި... އެންމެ ގިނަ ކޮރަޕްޝަން..... އެންމެ ގިނައިން މިކަންކަމަށް އަތް ޖެހީ ވެސް މި ސަރުކާރުން.... އަދިވެސް ބާރަށް އަތް ޖަހަންވީ އެންމެ ގިނަ ކަންކަމޭ ކިޔާފަ. ... ކޮޑު ހުޅުން ނެއްޓޭވަރަށް.... ބާރަށް ޖަހާ

The name is already taken The name is available. Register?

އަދީބު

23 August 2018

އަދަދެއް ނޫން ބޭނުންވަނީ. ތި ޢަދަދު އިތުރު ކުރި އިރު އަހެރެމެންގެ ދަރިންގެ ދަރީންނަށް ދާންދެން ބޮލަކަށް ކިތައް ޑޮލަރުތޯ ދަރުވާފަ ވަނީ؟ ދަރަނި ތަރައްޤީއެއް ބޭނުމެއް ނޫން. ލިބޭ މިންވަރަކުން ކުރިއަށް ދާން ބޭނުންވަނީ. އެ މަގަށް އެކަން ކުރަން ބޭނުން ނުވާނަމަ އިސްތިޢުފާ ދީފައި ގޭގައި މަޑު ކުރައްވާ. މޑޕ އަކަސް ޕޕމ އަކަސް ހެޔޮ.

The name is already taken The name is available. Register?

ދޯ

23 August 2018

މުއިއްޒުބެ އެނއމެ މޮޅައް ހިންގި ޕުރޮޖެކްޓަ އަކީ.ޖުމޮހޫރީ މައދާނުން ކޮތަރު ފަހާލަން ހިންގި ނާކާމިޔާބު ޕުރޮޖެކްޓް އެވެ.

The name is already taken The name is available. Register?

ދަރަނިބޯ

23 August 2018

މުޅިގައުމު ވިއްކައި ހުސްކޮށްލި ސަރުކާރެއްމީ އަތޮޅުތައް ހުރިގޮތަށް ވިއްކާލަންވެސް އުޅެފި މިވަރުބަޔަކަށް ހެޔޮނުވާނެ ވޯޓުދޭން

The name is already taken The name is available. Register?

ކުނި

23 August 2018

ކެއްނުވާރަށް ރައްޔިތުން އަތުން ނެގި ޓެކްސް އާގާތަކަށްވެސް ބަނދަރެއްނުހެދޭ އެހެންތާވާނީ 2 ބިލިއަން ރުފިޔާ ވަގަށްނެގީ ޕާޓީއަށް މީހުންގަންނަންވިއްޔާ އެފައިސާވެސް އަބުރާ ދޭންޖެހޭނެ އޭރުން ބާކީ ބަނދަރުތައްނިންމޭނީ ހުރިތަނަކުން ހޯދަންޖެހޭ

The name is already taken The name is available. Register?

ޢާސިދާ މުހައްމަދު

23 August 2018

ޚކިހށދެރަ ކަމެއް ތިބަނދަރުތައް ތި ހަދަނީ އަމިއްލަ ލާރީގަތަ ތިއީ ބަޖެޓްގައ ހިމަނާގެން ތިކަންކުރަން ރައްޔިތުން ދީފައިވާ ފައިސާ ނުވެއްޖިއްޔާ ނެގިލާރި ދައުލަތުގައި ހުންނަން ޖެހޭނެ..

The name is already taken The name is available. Register?

އަލީކޮއެ

23 August 2018

އެންމެ ގިނަ ދޮގު ވެސް ހެދީ ރައީސް ޔާމީން ވެރިކަމުގަ.

The name is already taken The name is available. Register?

ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ

23 August 2018

ރާޖަޕަކްޝަރގެ “ތަރައްޤީ” އާއި ރޮބާޓް މޮގާބޭގެ “ތަރައްޤީ” އާއި ނަޖީބް ރައްޒާގުގެ “ތަރައްޤީ” އަދި ނަވާޒު ޝަރީފް ގެ “ތަރައްޤީ” ދިޔަމަގުން ޔާމީން އަބުދުލް ޤައްޔޫމްގެ “ތަރައްޤީ” ވެސް ދާންދެން މާގިނަދުވަހެއްނެތް. . . . . . ރައްޔިތުން މިހާރު ކެތްމަދުވެފައިވަނީ މިދެންނެވި “ހުދުމުހުތާރު ވެރިންގެ ތަރައްޤީ ދިޔަމަގުން” ތިޔަ ތަރައްޤީވެސް ފޮނުވާލާނެ ފުރުސަތަކަށް.

The name is already taken The name is available. Register?

އަސްތާ

23 August 2018

މީ ގައުމުގެ ތަރައްގީ އާ ކުރި އެރުމުގެ ފަސް އަހަރު. ރީންދޫ ސަރުކާރުގެ ތިން އަހަރަކީ ގައުމުގަ މުޒާހަރާ ކުރުން ކުރި އެރުވި ދުވަސް ވަރެއް

The name is already taken The name is available. Register?

އަދީބު

23 August 2018

ވެރިކަމުގައި މޑޕ އޮވެގެން މޑޕ އިން މުޒާހަރާ ކުރިތޯ؟ ކޮން ޕާޓީއެއްތޯ ވެރިކަމުގައި އޮވެގެން މުޒާހަރާ ކުރާނީ؟ ހަމަޖެހޭ ވާހަކަ ދައްކަގަ. މޑޕގެ 3 އަހަރުގެ ވެރިކަމުގައި ތެދެއް މުޒާހަރާ ކުރި. އެކަމަކު ކުރީ މިހާރުގެ ދަރުބާރު ފެކްޝަނުން. އޭރުގެ ޕީއޭ އިސްކޮށް އޮވެ. މުޒާހަރާތައް ފުލުފުލުގައި ކުރަމުން ގޮސް ބޮޑު މުޒާހަރާއެއް ކުރުމަށްފަހު، އެއްވެސް ޝަރުތަކާ ނުލައި ރައީސް އިސްތިޢުފާ ދެއްވަން ގޮވާލެއްވީ. އޭރު ޤައުމީ ސަލާމަތް ދެމެހެއްޓުމުގެ މަސައްކަތް ކުރާ ސިފައިންނާއި ބަޑި ގުދަން ހުންނަ ބަންޑާރަ ކޮށި އޮތީ އާންމުން ވެސް ވަދެ ގަޑުބަޑު ކޮށްފައި. ހަމައެއް ލަމައެއް ނެތް. ވަންނަން ނުޖެހޭ މީހުން ތިބީ ވަދެ. އެއީ މިހާރު މިހިނގާ ވައްކަމާއި ކޮރަޕްޝަނުގެ ބާރު ލިބިގަތުމުގެ ފެށުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454