ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

އިބޫ ރައީސް ޔާމީނަށް: ތަރައްގީގެ ފަހަތުގައި އޮތީ ކޮރަޕްޝަނާއި ވައްކަން!

އިބޫ، ހދ. ކުޅުދުއްފުށީގައި: ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީގެ "އަނދިރި ފަރާތު"ގެ މައްސަލަ ބައްލަވާނެ ކަމަށް ވިދާޅުވި.

ފަސް އަހަރުން އިންގިލާބީ ބަދަލެކެވެ؛ މި ވާހަކައިގެ ހެއްކެއްގެ ގޮތުގައި، ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރުން ފަޚުރުވެރިކަމާ އެކު ދައްކަނީ އެމަނިކުފާނު ގައުމަށް ގެނެސްދެއްވި ތަރައްގީ އެވެ. ބްރިޖާއި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލާއި ނަސަންދުރާގެ އާ އިމާރާތަކީ، ވެރިކަން ކުރާ ޕީޕީއެމުން ދެކޭ ގޮތުގައި، ތަރައްގީގެ ބިނާތަކެވެ. ވެރިކަމުގެ ދެ ވަނަ ދައުރެއް، ރައީސް ޔާމީނަށް ދޭން ޖެހޭ މައިގަނޑު ސަބަބަކީ ވެސް، ތަރައްގީގެ މަޝްރޫއުތައް ކަމަށް އެ މީހުން ދެކެ އެވެ.

އެކަމަކު، މި ތަރައްގީގެ ފަހަތުން، އިދިކޮޅުގެ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރައްޔިތުންނަށް ދައްކަވަނީ އޭގެ "އަނިދިރި ފަރާތެ"ވެ. ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން "މިހާރު" އަށް ދެއްވި ޚާއްސަ އިންޓަވިއުގައި، އިބޫ ވަނީ، ރައީސް ޔާމީން ބާރު ސްޕީޑުގައި ހިންގެވި މަޝްރޫއުތަކުގެ ފަހަތުގައިވާ ކަންބޮޑުވުންތައް ހިއްސާކުރައްވައިފަ އެވެ.

"އައިޖީއެމްއެޗުގެ އާ އިމާރާތް ކަމަށް ވިއަސް، ބްރިޖު ކަމަށް ވިއަސް އެއާޕޯޓު ކަމަށް ވިއަސް، މިއިން ކޮންމެ ކަމެއްގެ ފަހަތުގައި އޮތީ ކޮރަޕްޝަން، ވައްކަން،" އިބޫ ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ސުވާލު އަމާޒުކުރައްވަމުން އިބޫ އެއްސެވީ، އެއީ، ރައްޔިތުން ބޭނުންވާ ތަރައްގީތޯ އެވެ؟

އިބްރާހިމް މުހަންމަދު ސޯލިހު (ކ) އަދި ރައީސް އަބްދުﷲ ޔާމީން

އެ ތަރައްގީ، ރައްޔިތުން ބޭނުން ނުވާ ކަމުގެ މިސާލު ދައްކަވަމުން، އިބޫ ވިދާޅުވި ގޮތުގައި އައިޖީއެމްއެޗުގެ އާ އިމާރާތް އަޅަނީ، އޭގެ ތިނެއް ނުވަތަ ހަތަރު އިމާރާތަށް ހޭދަކުރެވޭނެ ފައިސާ އިންނެވެ. އެހެންކަމުން އެއީ، ތަރައްގީއޭ ބުނެވެން ނެތް ކަމަށާއި އެ މަޝްރޫއުތަކުގެ ފަހަތުގައި ފޮރުވިފައި އެތައް ކަމެއް އެބަހުރި ކަމަށް ވިދާޅުވި އެވެ.

ސުވާލު އުފެދޭ އެއްބަސްވުންތައް، ބަލާނަން

އިބޫ، ވިސްނުން ގެންގުޅުއްވަނީ، ރާއްޖެ ތިން ސަރަހައްދަކަށް ބަހާލައިގެން ޖަޒީރާވަންތަ ގޮތަކަށް، ލާމަރުކަޒީ ނިޒާމްގެ ތެރެއިން ރައްޔިތުންނަށް ތަރައްގީ ހޯދައި ދެއްވާށެވެ. އެކަމަކު އޭގެ މާ ކުރިން ވެސް ބަލަން ޖެހޭ ކަމަކީ، އިބޫ ވިދާޅުވި ގޮތުގައި، "ރައީސް ޔާމީންގެ ތަރައްގީއޭ" ބުނާ ކަންތައްތަކުގެ ފަހަތުގައިވާ އަޑި ނޭނގޭ ކަންކަމެވެ.

އިބޫ ވިދާޅުވީ އޭނާގެ ވެރިކަމެއްގައި، ރައީސް ޔާމީން ހިންގެވި މަޝްރޫއުތަކުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް ތުހުމަތުކުރެވޭ ހުރިހާ އެއްބަސްވުންތަކެއް ބަލާނެ ކަމަށެވެ. އެއީ، ވެރިކަމުގެ ފުރަތަމަ ދުވަހު ފައްޓަވާނެ މަސައްކަތެއް ކަމަށް ވެސް ވިދާޅުވި އެވެ.

ސަރުކާރުން ހޭދަކޮށްގެން މިހާތަނަށް ރާއްޖޭގައި ހެދި އެންމެ އަގު ބޮޑު އިމާރާތް، ދަރުމަވަންތަ ހޮސްޕިޓަލް، 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) އަށް ސިންގަޕޫރުގެ ޗަންހުއާ ކޮންސްޓްރަކްޝަންއާ ހަވާލުކުރީ ބިޑްކުރުމެއް ނެތި އެެވެ. އެކަމަކު އެ މުއާމަލާތުގައި ކޮރަޕްޝަންގެ އަމަލެއް ނުހިމެނޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ނިންމާފައި އޮތް ނަމަވެސް ލިއުންތަކުން ހަގީގަތް ފެންނަން އެބަ އޮތް ކަމަށް އިބޫ ވިދާޅުވި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ އިމާރާތް: އިބޫ ވިދާޅުވަނީ އެ ހަރަދުން އެ ވަރުގެ ހަތަރު އިމާރާތްކުރެވޭނެ ކަމަށް -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ކުރިމަތީގައި ފެންނަން އެބަ އޮތް، އެއަށް ވުރެ ކުޑަ އަގެއްގައި އެކަން ކުރާނެ ފަރާތްތައް ކުރިމަތިލާފައި އޮއްވައި ބޮޑު އަގު ހުށަހެޅި ބަޔަކަށް ދިން ކަން. ވަކި ފަރާތަކަށް ދޭންވެގެން އުސޫލުން ބޭރުން، އިކޮނޮމިކް ކޮމެޓީން ނިންމާފައި އޮތް އުސޫލްތަކާ ވެސް ޚިލާފަށް އެކަން ކޮށްފައި މިއޮތީ. ރައީސް އޮފީހުން ހުއްދަ ނުދެނީސް އެ ކުންފުންޏާ މަސައްކަތް ހަވާލުކުރުމުގެ ލިއުން އެބަ އޮތް ދީފައި. އެއަށް ފަހުގައި ރައީސް އޮފީހުން މި އަންގަނީ ވެސް އެތަން ދޭށޭ. އަދި އޭގެ ފަހުން އިކޮނޮމިކް ކޮމެޓީން ރިވިއު ވެސް ކޮށްފައި އޮތީ ޕްރޮޕޯސަލް ރަނގަޅުތޯ ވެސް،" އިބޫ ވިދާޅުވި އެވެ.

އިބޫ "މިހާރު" އަށް ވާހަކަ ދައްކަވަނީ: ކޮރަޕްޝަނާއި ވައްކަމުގެ ތަރައްގީ ރައްޔިތުން ބޭނުން ނުވާ ކަމަށް ވިދާޅުވި. --ފޮޓޯ: ނިޝާން އަލީ/މިހާރު

އޭނާ ވިދާޅުވި ގޮތުގައި، ކުރީގެ ނަސަންދުރަ ޕެލަސް ހޮޓާ ހުރި ތަނުގައި މިހާރު ހަދާ ފްލެޓްތަކާ ގުޅޭ ގޮތުން ވެސް ސުވާލު އުފެދޭ އެތައް ކަމެއް އެބަ ހުއްޓެވެ.

ނަސަންދުރަ ޕެލަސް ހޮޓަލް ހުރި ބިން އެއްވެސް އަގެއް ނެގުމެއް ނެތި 50 އަހަރަށް ކުއްޔަށް ދޫކޮށްފައި ވަނީ، ރައީސް އަބްދުﷲ ޔާމީންގެ ޅިޔަނެއްގެ މަސްލަހަތު އޮންނަ އެންޕީއެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށެވެ. ނަސަންދުރަ ހިންގި ބިމާއި އެތަނާ ޖެހިގެން، ކުރިން އައިލެންޑް އޭވިއޭޝަން ސާވިސަސް ހިންގި ހ. އޯކިޑް ލޮޖްގެ ބިން ވެސް އެ ކުންފުންޏަށް ދީފައި ވަނީ އެއްވެސް އަގެއް ނެތި ކަމަށް އޮޑިޓަ ޖެނަރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައިވެ އެވެ.

"ފަހުން އެ އެއްކުރި ބައި [އޯކިޑް ލޮޖް] އެއްކޮށްފައި އޮތީ ކިހިނެއްތޯ، ކޮން އުސޫލަކުންތޯ؟ ސަރުކާރުގެ، ދައުލަތުގެ ބިމެއް އެ މީހުންނާ ހަވާލުކުރެވުނީ ކިހިނެއްތޯ؟ އެއްވެސް ބަޔަކަށް ނޭނގި ހުއްޓައި ފަހަތުން ބޮޑު ފާރެއް ރާނައި، އެއަށް އެއްކޮށްލާފައި އިމާރާތް ކުރަން ފަށާފައި އޮތް ތަން މި ފެންނަނީ. އެހެން ހުރި ބައިވަރު ކަންތައް އެބަހުރި،" އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިގޮތަށް ދޫކޮށްފައި ހުރި ތަންތަނާއި ކޮރަޕްޝަން ހިމެނޭ އެއްބަސްވުންތަކުގައި ޒިންމާވާން ޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.

ނަމަވެސް ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އެކުލަވާލާފައި އޮތް އެއްވެސް އެއްބަސްވުމެއް އިދިކޮޅުގެ ސަރުކާރެއްގައި ބާތިލެއް ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

އިބޫގެ ސިޔާސަތު: "ދެ ފުށް ފެންނާނެ، ހާމަކުރާނަން"

ރައީސް ޔާމީންގެ ފަސް އަހަރުގެ ތެރޭގައި ކޮރަޕްޝަން އިންތިހާއަށް މަތިވެފައިވާ ކަމަށް ބުނެ ރައްޔިތުން ކޮށްފައިވާ ތުހުމަތުތަކާއި ޝަކުވާތައް އޭނާގެ ވެރިކަމެއްގައި ކުރަން ނުޖެހޭނެ ކަމަށް އިބޫ ވިދާޅުވި އެވެ.

ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅުއްވާނެ ސިޔާސަތަކީ، އިބޫ ވިދާޅުވި ގޮތުގައި، ދެ ފުށް ފެންނަ ގޮތަށް، ރައްޔިތުންނަށް ހުރިހާ ކަމެއް ހާމަކުރެއްވުމެވެ. އެމްޑީޕީގެ ވެރިކަމުގެ ތިން އަހަރުން މިސާލު ދައްކަވަމުން ވިދާޅުވީ އެ ވެރިކަމުގައި ދައުލަތުގެ ފައިނޭންޝަލް ރިޕޯޓް ނުވަތަ ދައުލަތުގެ އާމްދަނީ ހުރި މިންވަރާއި ހަރަދު ވެސް އާއްމުކުރި ކަމަށެވެ.

"މި ސަރުކާރު އައުމާ އެކު ފުރަތަމަ އެ ދޮރު ލައްޕާލީ. އަޅުގަނޑުމެން އަނެއްކާވެސް އެކަން ފަށާނަން،" އިބޫ ވިދާޅުވި އެވެ.

"[އެކި މަޝްރޫއުތަކުގެ] ބިޑިން ޕްރޮސެސްގެ މަރުހަލާ ވެސް ގެންދަން ޖެހޭނެ ދެ ފުށް ފެންނަ ގޮތަށް. ދެން އޭގެ އިތުރުން، މާލިއްޔަތު ގާނޫނަށް ގެނެސްފައި އެބަހުރި ބޮޑެތި ބަދަލުތަކެއް. ކުރީގައި ވަރަށް ރަނގަޅަށް އޮތް ގާނޫނެއް އެއީ. މާލިއްޔަތު ގާނޫނަށް އަޅުގަނޑުމެން ރަނގަޅު ބަދަލުތައް ގެންނާނަން. ހާމަކަން ބޮޑު ގޮތެއްގައި ދެ ފުށް ފެންނަ ގޮތަކަށް ހުރިހާ ކަމެއް ވެސް ކުރާނީ. ކޮރަޕްޝަން ހުއްޓުވަން އަޅާނެ އެންމެ މުހިއްމު ފިޔަވަޅަކީ އެއީ."

އެމްޑީޕީގެ ސަރުކާރުގައި ވެސް އެކި އޮފީސްތަކާއި ކުންފުނިތައް މެދުވެރިކޮށް އެތައް ބިލިއަން ރުފިޔާގެ ކޮރަޕްޝަންގެ ހިންގާފައިވާ ކަމަށް އޮޑިޓް ރިޕޯޓްތަކުގައިވެ އެވެ. އޭގެ ތެރޭގައި، ދަތުރުފަތުރު ކުރިއަރުވަން، ހިންގި މަޝްރޫއުގައި ސަރުކާރާ ގުޅުން އޮތް މީހުންނަށް ރިސޯޓް ހަދަން ރަށްތައް ބެހީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.

އެކަމަކު އިބޫ، ވިދާޅުވަނީ، އެ ތުހުމަތުތަކުގައި ހަގީގަތެއް ނެތް ކަމަށެވެ.

"އެމްޑީޕީގެ ވެރިކަމުގައި ވަރަށް ބޮޑަށް އަޅުގަނޑުމެންނާ ދިމާލަށް އިނގިލި ދިއްކުރި، ކޮރަޕްޝަނޭ، ކިޔައިގެން. އަދި މިހާތަނަށް އައިއިރު ވެސް އެމްޑީޕީގެ ސީނިއަ ލެވެލްގައި އުޅުނު އެއްވެސް މީހެއްގެ މައްޗަށް ދައުވާއެއް ނެތް އުފުލިފައި. އެހެންވީމަ އެމްޑީޕގެ ވެރިކަމުގައި އޭރު ގެންގުޅު ސިޔާސަތުތަކަކީ ކޮރަޕްޝަނާ ދުރު، އެއަށް ޖާގަ ނުލިބޭ ގޮތަށް ހެދިފައި ހުރި އުސޫލްތަކެއް ކަމަށް އަޅުގަނޑަށް މި ގަބޫލު ކުރެވެނީ. އެހެންވީމަ ހަރުދަނާ ބަދަލުތަކެއް އަޅުގަނޑުމެން ގެންނާނަން."

97 ކޮމެންޓް, 409 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 0%
icon angry icon angry 79%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވައްކަންބެ

03 September 2018

ސަރުކާރު ކުންފުނިތައް ބަނގުރޫޓު ކޮށް ޕްރޮޖެކްޓްތައް ދިނީ އަމިއްލަ ކުންފުނިތަކަށް. ރިޒާރވް ދިޔައީ ދުވަހުން ދުވަހަށް ދަށަށް. ނަގަނީ އަގުބޮޑު ކުރުމުއްދަތުގެ ލޯނު. ފައިސާ ހޯދަން ބޭރަށް އަޅާ ދަތުރުތަކަށް ގޮސް އަންނަނީ ހުސްއަތާ. މީ ހުސް ހަރުދަނާ އުސޫލުން ކޮއްފަ ހުރި ކަންކަން ބާ. ދައުވާ ނުކުރާތީ އޭގެ މާނަ އަކީ ލާރި ނުކަޔޭތަ؟ ދޮގާ ވަހުމް. ރައްޔިތުން ގުބޯ ހެއްދުން.

The name is already taken The name is available. Register?

ކަނބިލި

03 September 2018

ތި މީހުންނަށް އެނގޭނީ ވެރިކަން ލިބުނަސް ދައުރު ނިމެންދެން މީހުންގެ އަބުރު ކަތިލަން. ނަޝީދު ވެރިކަމަށްއައީ ރޭްއްޖޭގެ އިޖުތިމާޢީ ފޭރާން ކުދިކުދިކޮށްލާފާ.ވެރިކަމުގެ 3 އަހަރުވެސް އޮތީ މަގުމައްޗަށް ނިކުމެ މީހުންނަށް ވަގަށް ގޮވުން.

The name is already taken The name is available. Register?

ފަޤީރުކަލޯ!

02 September 2018

ވަގު، ވަގު، ވަގު، މިނޫން އެއްޗެއް ކެމްޕޭނުގެ ޝިޔާރެއްގެ ގޮތުގައި ކިޔަން ނޭގޭ ބަޔަކު ފަރެއްގައިވެސް ހީކޮށްގެން ނުވާނެ، ބޮޑެތި މަސްރޫޢު ތަކެއް ނިމި ބައެއް މަސްރޫޢު ތައް ނިމުމުގެ މަގުމަތީގައި ވަނިކޮށް ހުރިހައި ފޮންޏެއްބޯން ވެރިކަންލިބޭނެކަމަށް!!! އެއީ ކުރެވޭ ކުށްހީއެއް!!!

The name is already taken The name is available. Register?

ހެހެހެ

02 September 2018

އާނ. އެމްޑީޕީގެ ވެރިކަމުގައި ވައްކަމެއް ނުކުރޭ. އެއްވެސް ކަހަލަ ކޮރަޕްޝަނެއްވެސް ނެތޯލަ. ހުދު ސާފު ފޮތިކޮޅެއްހެން އޮތީ. ދެން ލަލަލާ

The name is already taken The name is available. Register?

ޝޮކްތެރަޕީ

02 September 2018

މިހާތަނަ އެރި ހުރިހާ ރައިސްސުންނައްވުރެ ޔާމީންގެ ތަރައްގީ ވަރައް ކަމުދޭ.

The name is already taken The name is available. Register?

ގޯނބިލި

02 September 2018

"ފަސް އަހަރުން އިންގިލާބީ ބަދަލެކެވެ." މި ޖުމްލައިން މިރާއްޖޭގެ ކައިރި މާޒީއާ ކައިރި މުސްތަގުބަލުގެ ވިންދު ދެނެގަނެވޭ. މިޖުމްލައިގެ ފަހަތަށް އިތުރު ފޮޅުވަތްތަކެއް ލިޔަން މިގައުމު ބޭނުންވޭ. އިރާދަ ކުރެއްވިއްޔާ ރައީސް ޔާމީންގެ ޒަޢާމަތުގައި "10 އަހަރުން ޒަމާނީ ރާއްޖެ" އެއް މިގައުމު ދެކޭނެ.

The name is already taken The name is available. Register?

ނާޒިމް

02 September 2018

ބުރިޖު ނިންމިފަހުން އެމްޑީޕީ ކުދިންނަށް ނިދިކޮޅެއްވެސް ނުނިދޭ. ބައެއް ގޭތަކުގެ ޓީވީވެސް ނުހުޅުވާ

The name is already taken The name is available. Register?

ބޫންބޫން

02 September 2018

ކޮށްދިން ކަންތައްތައް ގިނަވީމަ ކިޔާނެއް އެއްޗެއްވެސް ނެތީ. އަމިއްލައަށް އެއޮތީ އެއްބަސްވެފަ

The name is already taken The name is available. Register?

އަސި

02 September 2018

ސުވާލު އުފެދޭ އެއްބަސްވުންތަށް ބަލާނަމޭ ބުނުމުން އިތުރު ސުވާލު އުފެދޭ! އެހެނީ މިހާރުގެ އިދިކޮޅު ފަރާތްތަކަކީ ރާއްޖެއަށް ގެއްލުންވާގޮތަށް އެތައް އެއްބަސްބުމެއް ހަދާފައިވެސް އެއީ ރަނގަޅު އެއްޗެއް ކަމަށް ޤަބޫލުކޮށްގެން ތިބިބައެއްނޫން ތޯއެވެ.

The name is already taken The name is available. Register?

މުހައްމާ

02 September 2018

ތަރައްގީ ހަޖަމު ނުވަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454