ރައީސް ޔާމީނާއި މުޓުންގާ ބައްދަލުކުރައްވަނީ: އޭނާ މިއަދު ވަނީ ފުރައިވަޑައިގެންފައި-- ފޮޓޯ: ރައީސް އޮފީސް
05 އޯގަސްޓް 2016 - 19:01
ރާއްޖޭގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުންތައް އެނގިއްޖެ ކަމަށާއި ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކޮށް، ހައްގުތައް ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށް ކޮމަންވެލްތުން ރާއްޖެއަށް ކަނޑައެޅި މަންދޫބު ވިލީ މުޓުންގާ ވިދާޅުވެއްޖެ އެވެ.
ކުރިން ކެންޔާގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވި މުޓުންގާ ކޮމަންވެލްތްގެ މަންދޫބެއްގެ ގޮތުން ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ފުރާވަޑައިގަތުމުގެ ކުރިން ނެރުއްވި ބަޔާނެއްގައި އޭނާ ވިދާޅުވެފައިވަނީ އޭނާގެ ފުރަތަމަ އަމާޒަކީ ހުރިހާ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއެހުން ކަމަށާއި އެކަން ހާސިލްވެއްޖެ ކަމަށެވެ.
އެގޮތުން ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ސިޔާސީ ފަރާތްތަކާއި ބައްދަލުކޮށް، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ބަލާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
"އެ މަގްސަދު ހާސިލްވެއްޖެ. ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުގެ ލަފަ އާއި އިރުޝާދު ލިބެމުންދާނެ. ކުރިއަށް އޮތް ތަނުގައި ރާއްޖެ އަންނާނަން،" އެ ބަޔާނުގައިވެ އެވެ.
މުޓުންގާ އިތުރަށް ވިދާޅުވީ އޭނާ ދެން އޮތް އަމާޒަކީ ހުރިހާ ފަރާތްތައް ގުޅިގެން ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކޮށް، އަސާސީ ހައްގުތަކާއި މިނިވަންކަން ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ލިބޭ ގޮތް ހެދުން ކަމަށެވެ.
ރާއްޖޭގައި ސިޔާސީ ހަމަޖެހުން ގާއިމްކޮށް، އިންސާފުވެރި އިންތިޚާބެއް ބޭއްވާ ފަދަ މާހައުލެއް އުފައްދަން މަންދޫބެއްގެ ގޮތުން ކަނޑައެޅި މުޓުންގާ ވަނީ ރައީސް ޔާމީނާއި އިދިކޮޅު ސިޔާސީ ފަރާތްތަކާއި ވެސް ބައްދަލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާޒާރު ބުރާންޗް
06 August 2016
ރާއްޖެއަށް މި ދިމާވެފައިވާ ހުރިހާ ކަމެއްގެ ސަބަބަކީ ރައްޔިތުންނަށް އޮޅިގެން ކުރެވުނު ކަމެއްގެ ސަބަބުން ދިމާވެފައިވާ ކަންތައްތަކެއް. ދެންޖެހޭނީ ރައްޔިތުން ކެހި ކަނޑުލުގެ ހިތި ރައްޔިތުން ފިލުވަން.
ޒިންދަގީ
05 August 2016
ރިއާޒު ރަޝީދާ ބައްދަލުކުރެއްވިންތޯ؟؟؟ އޭރުން ފުރިހަމަވާނީ. އެވެެރިންގެ އަސްލު ފެންނާނީ އެކަހަލަ ބޭފުޅެއްގެ ވާހަކައިން.
ޒަންޖަބީލު
05 August 2016
ކޮމަންވެލްތުން ކުރިން ފޮނުވި މީހާ އައިސް ނިންމީ އެތައްހާސް ރައްޔިތުންނާއި ލައިވް ޓީވީ ކުރިމަތީގައި ފުލުހުންނާއި ސިފައިން ރައީސްގެ އިސްތިއުފާއަަށް ގޮވާ ފުލުހުންނާއި ސިފައިންގެ ޗެއިން އޮފް ކޮމާންޑަށް ތަބާނުވެ ރައީސަށް މަޖުބޫރު ކޮށްގެން އިސްތިއުފާ ހޯދައިގެން ކުރި ބަޣާވާތަކީ ސައްޙަ އެއްޗެއް ކަމަށް.. އަހަރެމެން ތިހެން އަން މީހަކަށް މިހާރު އިތުބާރެއް ނުކުރަން..
ޙިލމަން
05 August 2016
ޒަންޖަބީލް ބޭނުން ވަނީ ޒަންޖަބީލް ބޭނުން ގޮތަކަށް ކަންތައް ނިންމާނެ މަންދޫބެއް. ޢެންމެ ރަގަޅު ވާނީ ޒަންޖަބީލް އެކަނި ފާޚާނައިގަ ހުރެ ތިކަން ނިންމީމަ