ޚަބަރު / މީހުން މެރުން

ޒުވާނަކު މަރާލި މައްސަލާގައި އަދި މީހަކު ހައްޔަރެއް ނުކުރޭ

އާގިލް: އޭނާގެ މަރުގެ މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބަަލަމުން އަންނަ ކަމަށް ވިދާޅުވި-- ފޮޓޯ؛ ފޭސްބުކް

01 ސެޕްޓެމްބަރ 2018 - 13:48

34 comments

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކައިރީގައި ރޭ ޒުވާނަކަށް ހަމަލާދީ މަރާލި މައްސަލައާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިބްރާހިމް އާގިލް، 18، ގެ މަރުގެ މައްސަލަ ސީރިއަސްކަމެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.

ގދ. ފަރެސްމާތޮޑާއަށް އުފަން އެ ޒުވާނާއަށް ހަމަލާދިނުމާއެކު ފަރުވާ ދިނުމަށް ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް އެތަނުން ބުންޏެވެ.

އާގިލްގެ މަރު މި އައީ މިދިޔަ ހަފުތާއިން ފެށިގެން މާލޭގެ ގްރޫޕުތަކެއްގެ މެދުގައި ނުރައްކާތެރި މާރާމާރީތަކެއް ހިންގަމުން ދަނިކޮށެވެ. އެގޮތުން އެކެއްގެ ބޮލަށް ލިބުނު ގެއްލުމަކާ ގުޅިގެން އޭޑީކޭގައި ބޮލުގެ އޮޕަރޭޝަނެއް ވެސް ކުރަން ޖެހުނެވެ. އޭގެ ފަހުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ވެސް މާފަންނު ސަހަރާ ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ ތިން މީހަކު ޒަހަމްކޮށްލާފައި ވެ އެވެ.

ރޭގެ މާރާމާރީއާ ގުޅިގެން ފުލުހުން ވަނީ އިންޒާރެއް ވެސް ދީފަ އެވެ. އެގޮތުން ރާއްޖެ ހަލަބޮލިކޮށް ނުރައްކާތެރި އަމަލުތައް ހިންގަން ހިތްވަރުދޭ ނުވަތަ ހިންގާ ފަރާތްތަކަށް ހަރުކަށި އަދަބު ދޭނެ ކަމަށް ބުންޏެވެ.

34 ކޮމެންޓް, 398 ރިއެކްޝަންސް

icon happy icon happy 79%
icon sad icon sad 6%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޫމް

02 September 2018

އަސްލުމީހާ ހައްޔަރު ކުރެވޭ ވަރުގެ ގަޓެއް ނެތުނީމާ ނަތީޖާ ފެންނާނީ މިހެން.

The name is already taken The name is available. Register?

މަރީ

02 September 2018

ނުކުރާން. ޕޮލިސްއަކީ ސިޔަސީ މީހުން ހައްޔަރު ކުރަން ތިބޭ ބައެއް. އެހެން ކަންތައްތައް އޮތީ ދޫކޮއްލާފަ.

The name is already taken The name is available. Register?

Thank

02 September 2018

ޢަދިނުވެސް ކުރެވޭނެ!

The name is already taken The name is available. Register?

އަހުމަދޭ

02 September 2018

މޑޕ ވައްތަރު ޖަހާ

The name is already taken The name is available. Register?

އައިމިނާ

02 September 2018

ހައްޔަރެއް ނުކުރާނެ ނުވެސްއެނގޭނެ ނުވެސްބަލާނެ ސިޔާސީކަމެއްނަމަ އެނގޭނެ.މިވެސް މުސްލިމުންނޯ ދީން ބޮލަށްލައިގެން ދުވަނީ. އެކަމަކު މީހަކުމަރާލިޔަސ ހީވެސްނުވޭ. ވަރަށްކޫލް.

The name is already taken The name is available. Register?

މާލެ މީހާ

02 September 2018

ގައިމު އެހިސާބަކީ ކެމެރާ އިން ފުރިފަ ހުންނަ ހިސާބެއް. ކޮންމެވެސް ކެމެރާ އަކަށް ނާރާ ކަމެއް ނުހިނގާނެ އެހިސާބު ގަނޑުގައި. ފުލުހުން ހަމަ ހޯދަން ބޭނުން ނުވާތީވެ ހައްޔަރު ނުކުރަނީ. ވިސްނާލަބަލަ، ކޮންމެ ފަދަ މީހެއްވިޔަސް ފުރާނައެއް އެ ގެއްލުވާލީ، އެވަރުންވެސް އެކަން ކުރި އެއްޗަކު މިހާރުވެސް އަހަރަމެން ތެރޭ މިނިވަން ކަމާ އެކު އުޅޭކަމީ ބިރުގަންނަން ޖެހޭ ވަރު ކަމެއް. މިހާރުގެ މި ސަރުކާރުން ހަމަ އަޅާނުލާކަން މި ފެންނަނީ. ހިތްވަރުދޭކަން މި ފެންނަނީ

The name is already taken The name is available. Register?

ޗޮއްޕަޅޭ

01 September 2018

ޕީޕީ އެމުގެ ދިދަ އެއް ކަނޑާލީމާ އަޒުލީނު ސީރިއަސް މައްސަލައެއްގެ ގޮތުގައި އެބަބަލާ،، އެކަމަކު މިއަނިޔާ ވެރިކަމާއި އެމީހުން ކުރެ އެކަކުވެސް ނުއުޅޭ

The name is already taken The name is available. Register?

ކުވާލާ

01 September 2018

ޓެގުއެޅުވޭހާ ގަޓުއެބަހުރިތަ އަމިއްލައަށް އަމިއްލަކުދިންގެ ޓެގެއް ނޭޅުވޭނެއްނުދޯ

The name is already taken The name is available. Register?

އަބްދު

01 September 2018

ފުލުހުން ލަދުގަންނަން ޖެހޭ ވަރުކަމެއް! މިވަރުންވެސް މި އެދެނީ ސިޔާސީ ނަޒަރަކުން ނުބެލުމަށް... ހެހެ... ސަރުކާރުގެ ސިޔާސީ ސޫޕްގަނޑުތެރެއަށް ގެނބިފައި ތިބި ބައެއް ފުލުހުންނަކީ! މި ހަގީގަތް ބަދަލް ކުރުމުގެ ފުރިހަމަ ޤާބިލްކަން ކޮންމެ ފުލުހަކަށްވެސް ލިބިގެންވޭ...

The name is already taken The name is available. Register?

އިބަ

01 September 2018

ތިޔަ ސަރުކާރު ވަނީ ގައުމުގެ އަމަން އަމަންކަން ބެލެހެއްޓުމުގަ ފެއިލްވެފަ.މާލޭގެ އެންމެ ހައިސެކިއުރިޓީ ޒޯންގަ ޒުވާނަކު ކަތިލިއިރުވެސް ފުލުހުން ތިބީ ނިދާފަ.24 ގަޑިއިރު ވިއިރު ސަްކުކުރެވޭ ނުވަތަ އެކަން ހިންގި ބަޔަކުވެސް ނުހޯދުނު.ޒުވާނުން ރޯމާދުވާލު ރޭގަޑު އެތަން މިތަނުގަ ވަޅިހަރާ ކަތިލަނީ.މިއީތަ ޒުވާނުން ތަރައްގީވި މިންވަރަކީ.މިދުވަސްކޮޅު މިއީ އިލެކްސަން އާ ގުޅޭ ކަންތައްތައް އެކިރައް ރަށުގަ ހިން ގމުންދާ ދުވަސްކޮޅައްވެފަ މާލެތެރޭގަ ފުލުހުން ސެކިއުރިޓީ ވަރުގަދަކޮށް ގިނަގިނައިން ޕެޓްރޯލް ކުރަންޖެހޭއިރު ވަޅިހެރުން ގިނަވަނީ.މި ސަރުކާރު މިހާރު މަލަސްވެއްޖެ އިސްތިއުފާ ދޭން.ފުލުހުން ރައްޔިތުންގެ އަތުންގެ ފައިސާއިން މުސާރަނަގައިގެންތިބެ ކުރާކަމެއް ހަރާމޭ ބުނެވެނީ އެހންވެ.އަދިވެސް ބުނާނެ މީޑިއާ ބްރީފިންސް ބާއްވާފަ ފުލުހުން ނަށް އިތުބާރު ކުރާށޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454