ޚަބަރު / ވައްކަމާއި ފޭރުން

ރޯމާ ދުވާލު ފޭރެނީ! އަޅާލާނެ މީހަކު ނެތް!

މިފަހަކުން މާލޭގައި މާރާމާރީ އާއި ވައްކަން އިތުރުވެފައިވާއިރު މާލޭގެ މަގެެއްގައި ދުވާލު ފޭރޭ ދެ ވީޑިއޯއެއް އާންމުވެއްޖެ އެވެ. އިއްޔެއިން ފެށިގެން ސޯޝަލް މީޑިއާގައި އެ ވީޑިއޯތައް އާންމުވެފައިވާ ގިނަ ބަޔަކު ދަނީ ކަންބޮޑުން ފާޅުކުރަމުންނެވެ.

އޭގެ ތެރެއިން އެއް ވީޑިއޯގައި ފެންނަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހާދިސާއެކެވެ. އަންހެން ކުއްޖަކު ސައިކަލް ދުއްވާފައި ދަނިކޮށް ފަހަތުން ސައިކަލެއްގައި ދިޔަ ދެ ފިރިހެނުން ވަނީ އެ އަންހެން ކުއްޖާގެ ދަބަސް ޖަހައިގެންފަ އެވެ.

ދުއްވާފައި ދަމުން ދަބަސް ޖަހައި ނުގަނެވުމުން ދެ ފިރިހެނުން ތިބި ސައިކަލް ވަނީ އަންހެން ކުއްޖާ ދުއްވަން އިން ސައިކަލުގެ ކުރި މައްޗަށް މަޑުކޮށް، އަންހެން ކުއްޖާ ހުއްޓުވައިފަ އެވެ. އެއަށްފަހު ސައިކަލުގެ ފަހަތުގައި އިން ފިރިހެން މީހާ ފައިބައި އަންހެން ކުއްޖާގެ ދަބަސް ޖަހައިގަނެ އެވެ. ގަދަކަމުން ދަބަސް ޖަހައިގަންނަ އިރު އަންހެން ކުއްޖާގެ ސައިކަލުން އޮތީ ވެއްޓިފަ އެވެ. ފޭރުމަށްފަހު އެ މީހުން ސައިކަލުގައި ދިޔައީ އެވެ.

ފޭރޭ ވީޑިއޯ--

ފޭރުމުގެ އެ ހާދިސާ ހިނގިއިރު އެ ސަރަހައްދުގައި އިތުރު ބަޔަކު ތިބޭތަން 18 ސިކުންތުގެ އެ ވީޑިއޯއިން ފެނެ އެވެ. ނަމަވެސް އޭގެން އެކަކު ވެސް އެކަން ހުއްޓުވަން ކައިރިއެއްނުވެ އެވެ.

ދެން އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ގެއެއްގެ ދޮރާށި ކައިރީގައި މަޑުކޮށްލައިގެން ތިބި ދެ ފިރިހެނުންގެ ތެރެއިން ދަބަހެއް އަޅުވައިގެން ހުރި ފިރިހެނެއްގެ ފަހަތު ޖީބުން ވޮލެޓެއް ވަގަށް ނަގާ ތަނެވެ. ދަބަސް އަޅުވައިގެން ހުރި މީހާ ފޯނާ ކުޅެން ހުއްޓާ އޭނާގެ ޖީބުން ވޮލެޓް ނަގައިގެން ދެން ހުރި މީހާ ދާއިރު ވައްކަން ކުރިކަން އޭނާއަކަށް ހިލަމެއް ނުވެ އެވެ.

އެ ދެ މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އެ ވީޑިއޯތައް ޕޯސްޓްކޮށް ފުލުހުންނަށް ފާޑު ކިޔަމުންނެވެ. ފުލުހުންނަށް އަމާންކަން ގާއިމް ނުކުރެވޭ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

ފޭރުމާއި މާރާމާރީތައް އިތުރުވެފައި މި ވަނީ، ރައީސް އަބްދުﷲ ޔާމީން ވަނީ މިދިޔަ މަހުން ފެށިގެން ބައެއް ކުށްވެރިންނަށް ލުއި ދެއްވައިފައި ވަނިކޮށެވެ. އެކަމަކު ލުއި ދެއްވި ގިނަ މީހުންނަށް ލުއި ދެއްވާފައި ވަނީ ގޭބަންދަށެވެ.

ވޭތުވެދިޔަ ހަފްތާގައި ނުރައްކާތެރި މާރާމާރީތަކެއް ވެސް ވަނީ މާލޭގައި ހިންގައިފަ އެވެ. ތޫނު ހަތިޔާރު ބޭނުންކޮށްގެން ހަތަރު މާރާމާރީއެއް ހިންގިއިރު އޭގެ ތެރެއިން އެއް މާރާމާރީގައި 18 އަހަރުގެ ޒުވާނަކު ވަނީ މަރާލައިފަ އެވެ. އިބްރާހިމް އާގިލް ނަމަކަށް ކިޔާ އެ ޒުވާނާ މަރާލީ އެމްއެމްއޭ ސަރަހައްދުން އޭނާގެ މެޔަށް ތޫނު އެއްޗެއް ހަރަައިފަ އެވެ.

115 ކޮމެންޓް, 273 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 15%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔަސް

06 September 2018

މަގުމަތި އަމާނޭ ބުނެލާއިރަށް ރާވައިގެން ބަޔަކު ނެރޭނެ. ޤައުމު ހަލަބޮލި ކުރަން މަސައްކަތްކުރަނީ އަބަދުވެސް ރަން ރީދޫ

The name is already taken The name is available. Register?

ރީތި މޫސަ

06 September 2018

މަގުމަތިން ފޭރޭމީހުނާ ވަޅިޖަހާމީހުން އުމުރަށް ޖަލަށްލާފަ މީހުންމަރާމީހުން ދަންޖައްސަން ފަށަނިކޮށް މިކަންކަން ހުއްޓިދާނެ

The name is already taken The name is available. Register?

ޟޫސާ

05 September 2018

އަޅާލާން އެންމެކައިރީގައި ހުރީ ކެމެރާމަން.އަޅައެއްނުލި. މީ ދިވެހީންގެ ފެންވަރު.

The name is already taken The name is available. Register?

05 September 2018

މިރާއްޖެއަށް ހަލާކެއް އައުމުގެ ކޮޅުމަތި މިފެންނަނީ....ރޯން ތައްޔާރަށް ތިބޭ!!

The name is already taken The name is available. Register?

ބަލާ

05 September 2018

ފުލުހުން އެކަނިތަ ކުއްތަށް ހުއްޓުވަންޖެހެނީ.. ކޮބާ އެތާ އެތިބަ އާންމުންގެ ޒިންމާ.. ހަމަ ކަމެއްވާއިރަށް ފުލުހުންނޯ..

The name is already taken The name is available. Register?

1234

05 September 2018

ހައްލަކީ އުމަރު! ދެރައީ އުމަރު ގެއްލުނީމަ!

The name is already taken The name is available. Register?

ޒުލޭ

05 September 2018

މީހުން މަރަމުން ގޮސް ވޯޓުލާން އެއްވެސް މީހަކު ނެތިއްޔާ ކީއްބާކުރާނީ.

The name is already taken The name is available. Register?

ނުލަފާ

05 September 2018

ރާއްޖޭގެ މީހުން މިހާރު ސިޔާސީ ވީވީނުން ވަރަށް ނުލަފާ ވެއްޖެ.އަނަސް ގަޔަށް ވަޅި ހަރާފަ ދިޔާމަ ވެސް އެކުއްޖާ ކުރިމަތީގެ ދުނިޔެ ދޫކޮށްފަ ދަންދެން ހޮސްޕިޓަލަށް ނުގެންގޮސް ފޮޓޯ ނަގާ ވީޑިއޯ ކުރަންހުރީ.ވަރަށް ރަހުމު ކުޑަ ވެއްޖެ މީހުން މިހާރު

The name is already taken The name is available. Register?

އެމްސް

05 September 2018

ފުލުހުން އެމީހުންގެ އަމިއްލަ ސިކުނޑިން މަސައްކަތް ކުރަން ނުފަށައެއް ނުވާނެ، އެނޫނީ އަބަދުވެސް ދުވެވޭނީ ސިޔާސީ މީހާ ފަހަތުން!

The name is already taken The name is available. Register?

ހާމަ333

04 September 2018

ދިވެހި ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން މި މަންޒަރު ފެނިފަ ލަދުގަންނަން ޖެހޭ...ސަބަބަކީ ގައުމު މިހާލަތަށް ދިޔައީ ސިޔާސީ މީހުންގެ އިހުމާލާއި ޕޮލިޓިކްސްގެ ސަބަބުން...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454