މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ރައީސް އަބްދުﷲ ޔާމީން، ވ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި މެންދުރު ވަނީ އެ އަތޮޅު ފުލިދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފަ އެވެ. އޭގެ އިތުރުން ފެލިދު އަށް ވެސް ވަޑައިގަންނަވަން ވަނީ ހަމަޖައްސަވައިފަ އެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ފ. ނިލަންދޫއަށާއި ތ. ގުރައިދޫގެ އިތުރުން ރ. ދުވާފަރަށް ވަޑައިގެން ރައީސް ވަނީ އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފަ އެވެ.