ފުވައްމުލަކު: އެ ރަށުގައި މިރޭ ވަނީ މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލާފައި
15 ސެޕްޓެމްބަރ 2018 - 22:41
ފުވައްމުލަކުގައި މީހެއްގެ ކަރަށް ވަޅި ހަރައި މިރޭ ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ރަށުގައި މާރާމާރީއެއް ހިންގައިގެން 8:20 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން އަވަށެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
އެ ހާދިސާގައި ޒަހަމް ލިބުނު 33 އަހަރުގެ ފިރިހެނަކަށް އެ ރަށު ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ވެ އެވެ.
އެނގިފައިވާ ގޮތުގައި އޭނާގެ ކަރަށާއި އަރިކައްޓަށް ވަނީ ވަޅި ހަރާފައި ވެ އެވެ. ނަމަވެސް ލިބުނު ޒަހަމްތަކުގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިރު ފަހަނައަޅާ
16 September 2018
ބިރު ފަހަނައަޅާ ދާން ގޮވާލަނީ ކޮންބަޔެއް
އަބްދު
16 September 2018
ރައީސްމީހާ ކިޔަމުން ދުވަނީ އަޅުގަނޑުމެންގެ ސަރުކާރުގެ ވަޢުދެކޭ ދިވެހިރާއްޖެއަކީ ޒުވާނުންނަށް އަމާން ތަނަކަށް ހަދައިދިނުމަކީ، އަޅުގަނޑުމެން ވާނީ އެކަން ކޮށްދީފއޭ... އަހަރެން ހަމަ ހައިރާންވޭ އޭނާ ދައްކާ ރޯ ބުހުތާނު ދޮގު ގަބޫލުކުރާ މީހުން ތިބޭތީ (މަދުން ނަމަވެސް)
އެކަން
16 September 2018
އެގޮތަށް ނުވާކަން ދައްކަން އުޅޭނީ ކޮންބައެއް؟ ތިހެން ކޮމެންޓެއް ކޮށްލެވޭނީ ކަމެއް ހިނގީމަތާ.
ސަނީ
16 September 2018
ވަޅި ޖަހާއިރައް ގޯސްކުރަނީ ޔާމީނު... އޭނަ ކީއްކުރާނީ ؟؟
މޫމިނާއްތަ
16 September 2018
ޔާމީން އެބުނަނީ މިރާއްޖޭގަ ވަޅިނުޖަހަނީ ތިމަންނަގެ ރޭވުންތެރިކަމުންނޭ. ދެން ވަޅިޖަހަންޏާ އެވާހަކަ ދައްކާނެދޯ. ގައުމުގަ އަމާންކަން ގާއިމްކުރުމަކީ ވެރިކަމުގެ ފަރާތުން ކުރަންޖެހޭ ކަމެއް.
ދެން
16 September 2018
ބޮލެއް ހުރިއްޔާ ވިސްނޭނެ ކަންނޭގެ އަމިއްލަ ކެމްޕޭން ޚަރާބުކުރަން އެކަހަލަ ކަމެއްނުކުރުވާނެކަން ވޯޓާދިމާކޮށްފަ.
ޢަބްދުﷲނާފިޒް
16 September 2018
"އެނގިފައިވާ ގޮތުގައި އޭނާގެ ކަރަށާއި އަރިކައްޓަށް ވަނީ ވަޅި ހަރާފައި ވެ އެވެ. ނަމަވެސް ލިބުނު ޒަހަމްތަކުގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ". ތަފްސީލް ދެން ލިބޭނީ ހަށިގަނޑާ ފުރާނަ ވިކިވީމަ އެވާހަކަ ބުނެ އަންގަން ތޯއްޗެ.
ސަންގް
16 September 2018
ރަނގަޅަށް ކިޔުން އެދެން، އޭގައި އެބަ އޮތް 'އިތުރު'
ޑަން
16 September 2018
ސިޓީއެއްގެ ކުލަވަރު ފެންނަން ފަސައިފި.
ޢެބޭ
16 September 2018
ޙެޔޮނުވާނެ ޔާމީނު ވެރިކަމުން ބަަދަލުކުރެވޭތޯ ރައިއްޔަތުން ހިއްވަރާއެކުމަސައްކަތްކުރައްވާ ޔާމީނުގެވެރިކަމަކީ ގައުމައްނުރައްކާތެރި އަސަރުންފުރިފައިވާ ހިތްދަތިދުވަސްތަކެއް ޚުރިއައްއޮތް 23 ވަނަދުވަހު މިކަމައްަިސްނަންގަވާ
މޮޔަ ސޮރު
15 September 2018
ކަލޯ މި އޮތީ އެބުނާ ތަރައްޤުއި ޔަޤީންވެފައި. ބާރަށް އަތްޖަހާ.. ލަދުކޮބާ ރައްޔިތުން ކުރިމައްޗަށް އައިސް އަނގަހުޅުވާއިރު ލަދެއްވެސް ނުގަނޭބާ. ކޮބާ ތިމާގެ ޒިންމާ.!
ޛސޖސޖނސ
11 October 2018
މި މާރާމާރީ ހިންގާ ކުދިންގެ މައިންބަފައިން ކޮބާތޯ...... އަދި ތަރުބިއްޔަތު... ސުވާލު ކޮށްލެއްވުން ރަނގަޅު....
ސުލްޙަވެރި ޒުވާނުން
15 September 2018
ކުރިންރޭ ދައްކާލި ކުދިންނަށް ގެއްލުންދޭން ބަޔަކު މަސައްކަތްކުރަނީ؟؟
Thhhk
15 September 2018
ގައުމު ކިހާ އަމާންތޯ..... ފުލުހުންނަށް އެގިގެން ހިގާ ކަންރަށް ދޯ ..ހަމަނުޖެހުން އުފަށްދާކަށް އިގިތިބެ މަގުތަށް އަމާން ކުރަން ނުކުން ނަށް ވީނޫންތޯ
ޚަރޫން
15 September 2018
ރަށްރަށުން މާލެއައިއްސް 3 ދުހުން ނުފުރުނީމައި ދާހިތެށް ނުވޭ ޤައިމުކޮށް ޔަޤީންކުރާށް ރަށުގައި ވަޅި ޖަހާފަ ދެން އަންނަނީ މި މާލެ ދާހިތެށް ނުވޭ