އެތައް ސަތޭކަ ބަޔަކާ އެކު ޕީޕީއެމްގެ ބޮޑު ޖަލްސާ މާފަންނު ސްޓޭޑިއަމްގައި ދެންމެއަކު ފަށައިފި އެވެ.
"ސައިޒް ދައްކާލުމަށް" ޕީޕީއެމްގެ ބޮޑު ޖަލްސާއެއް މި ބާއްވަނީ އިދިކޮޅު ފަރާތްތަކުން ކާނިވާ ސަރަހައްދުގައި ވަރަށް ގިނަ އަދަދެއްގެ މީހުންނާ އެކު މި މަހު ޖަލްސާއެއް ބާއްވައިވަނިކޮށް އެއަށް ރައްދު ދިނުމުގެ ގޮތުންނެވެ. މިރޭ ޕީޕީއެމްގެ ޖަލްސާ އަށް އެކި ރަށްރަށުން ވެސް އެތައް ސަތޭކަ ބަޔަކު މާލެ ގެނަ އެވެ. ސްޓޭޑިއަމް ސަރަހައްދުގައި ޕީޕީއެމުން ޖަހާފައިވާ ހުރިހާ ގޮނޑިއެއްހެން ފުރި، އެ ސަރަހައްދުގައި ވަރަށް ގިނަ ބަޔަކު ކޮޅަށް ވެސް އެބަތިއްބެވެ.
މިރޭގެ ޖަލްސާގައި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.