މީޑިއާއަކުން ވަގުތުން ގެނެސްދޭ އިވެންޓެއްގައި މީހެއްގެ އަބުރާ ބެހޭ ޒާތުގެ ކޮންޓެންޓެއް ހިމެނިއްޖެ ނަމަ، އެ ލައިވް ފީޑް ވަގުތުން މެދުކަނޑާލުމުގެ ބާރު އަބުރާ ބެހެވުނު ފަރާތަށް ލިބޭ ގޮތަށް، އަލުން ފަރުމާކުރި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލްގައި ހިމަނައިފި އެވެ.
އުނގޫފާރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖައުފަރު ދާއޫދު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި މި ބިލަށް ނޫސްވެރިންނާއި އާންމުންގެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވުމުން، ކެލާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަލީ އާރިފް ވަނީ އާ ބިލެއް އެކުލަވާލައްވައިފަ އެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލްގެ އާ ޑްރާފްޓް، އެ ބިލް ދިރާސާކުރާ ކޮމިޓީއަށް މިއަދު ހުށަހަޅާފައިވާއިރު، އެއިން ފާހަގަވާ އެއް ކަމަކީ ވަގުތުން އިވެންޓްތައް ގެނެސްދިނުމާ ބެހޭ ބައެއް އިތުރުކޮށްފައިވާ ކަމެވެ. ޖައުފަރު ހުށަހެޅުއްވި ބިލްގައި އެ ބައެއް ނެތެވެ.
އާ ޑްރާފްޓްގައިވާ ގޮތުން ވަގުތުން ގެނެސްދޭ އިވެންޓެއްގައި، ގާނޫނުގައި ބަޔާންކުރާ ހަމަތަކާ ތައާރުޒުވާ ކޮންޓެންޓެއް ހިމެނިއްްޖެ ނަމަ، އެ އިވެންޓެއްގެ ބްރޯޑްކާސްޓިން ވަގުތުން މެދުކަނޑާލާނޑާލަންޖެހެ އެވެ. އަދި ބުނެފައި ވަނީ އަބުރާ ބެހޭ ޒާތުގެ ކޮންޓެންޓެއް، ވަގުތުން ގެނެސްދޭ އިވެންޓެއްގައި ހިމެނިއްޖެ ނަމަ، އެ އިވެންޓެއް ބްރޯޑްކާސްޓްކުރާ މީޑިއާ އަށް ހުށަހަޅައި، ލައިވް ފީޑް ހުއްޓާލަން އެދުމުގެ ހައްގު އަބުރާ ބެހެވުނު ފަރާތަށް ލިބިގެންވެ އެވެ.
"މި މާއްދާގައިވާ ގޮތުގެ މަތިން އަމިއްލަ ފަރާތަކުން ނުވަތަ ފަރާތްތަކުން، މި މާއްދާގައި ބުނެފައިވާ ފަދަ ވަގުތުން ގެނެސްދޭ އިވެންޓެއްގައި އެ ފަރާތެއްގެ ނުވަރަ ފަރާތްތަކެއްގެ އަބުރާ ބެހެވިއްޖެ ކަމަށް ޝަކުވާ ހުށަހަޅައިފި ނަމަ، އަދި އެވަގުތަކު ބްރޯޑްކާސްޓް ކުރަމުން ދިޔަ ވަގުތުން ގެނެސްދޭ އިވެންޓެއްގައި މިފަދަ ކޮންޓެންޓެއް ހިމެނިފައިވާ ނަމަ، ވަގުތުން އެ އިވެންޓެއް ވަގުތުން ގެނެސްދިނުން މެދުކަނޑާލަންވާނެ އެވެ،" ބިލްގައިވެ އެވެ.
މީގެ އިތުރުން ބިލްގައި ބުނެފައިވާ ގޮތުން، އެ ހާލަތުގައި އެފަދަ ކޮންޓެންޓެއް ހިމެނޭ ލައިވް ފީޑް މެދު ކަނޑާލުމަށް ކަމާއި ބެހޭ ދައުލަތުގެ މުއައްސަސާއަކުން އަންގާ އެންގުމަކަށް އެ މީޑިއާއަކުން ވަގުތުން އަމަލުކުރަންޖެހެ އެވެ. އަދި ލައިވް ފީޑް މެދުކަނޑާލަން އުޒުރުވެރިވާ ނަމަ، ކަމާ ބެހޭ ގާނޫނާއި ގަވައިދުގައިވާ ގޮތުގެ މަތިން އެ މީޑިއާއަކާ މެދު ފިޔަވަޅު އަޅަންވާނެ ކަމަށް ބިލްގައިވެ އެވެ.
އާ ޑްރާފްޓްގައިވާ ގޮތުން ވަގުތުން ގެނެސްދޭ އިވެންޓެއްގައި، ގާނޫނުގައި ބަޔާންކުރާ ހަމަތަކާ ތައާރުޒުވާ ކޮންޓެންޓެއް ހިމެނިއްްޖެ ނަމަ، އެ އިވެންޓެއްގެ ބްރޯޑްކާސްޓިން ވަގުތުން މެދުކަނޑާލާނޑާލަންޖެހެ އެވެ. އަދި ބުނެފައި ވަނީ އަބުރާ ބެހޭ ޒާތުގެ ކޮންޓެންޓެއް، ވަގުތުން ގެނެސްދޭ އިވެންޓެއްގައި ހިމެނިއްޖެ ނަމަ، އެ އިވެންޓެއް ބްރޯޑްކާސްޓްކުރާ މީޑިއާ އަށް ހުށަހަޅައި، ލައިވް ފީޑް ހުއްޓާލަން އެދުމުގެ ހައްގު އަބުރާ ބެހެވުނު ފަރާތަށް ލިބިގެންވެ އެވެ.
ބިލްގައިވާ ގޮތުން، ބްރޯޑްކާސްޓް ކުރުމަށް ރާއްޖޭގައި އުފައްދާ ޕްރޮގްރާމްތައް ހުންނަން ވާނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކަށް ފެތޭ ގޮތަށެވެ. އަދި ރާއްޖެއިން ބޭރުގައި އުފައްދާ ޕްރޮގްރާމްތައް ދުރަށް ފޮނުވުމުގައި، އަމަލުކުރާނެ ގޮތުގެ ގަވައިދު މީޑިއާގެ ކަންތައްތަކާ ބެހޭ ދައުލަތުގެ މުއައްސަސާއިން އެކުލަވާލަން ވާނެ ކަމަށް ބުނެފައިވެ އެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލް ރީޑްރާފްޓްކުރިއިރު، ކުރިއަށް ވުރެ ހަރުކަށި ބަދަލުތަކެއް ހުށަހަޅާފައިވާކަން ފާހަގަ ކުރެވެ އެވެ.
ކުރީގެ ބިލާ ގުޅޭ ގޮތުން މީޑިއާތަކާއި އެ ނޫން ވެސް ފަރާތްތަކުން ފާޅުކުރި އެއްވެސް ކަންބޮޑުވުމަކަށް އާ ބިލްގައި ހައްލު ހޯދައިދީފައެއް ނުވެ އެވެ. އެ ގޮތުން، ކުރިއެކޭ ވެސް އެއްގޮތަށް މީޑިއާތަކުން މި ގާނޫނާ ހިލާފު ވެއްޖެ ނަމަ 50،000 ރުފިޔާ އާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ. ކުރިން މި ބިލުގައި ނެތް ވަރަށް ނުރައްކާތެރި މާއްދާއެއް ވެސް މިހާރު ވަނީ ހިމަނައިފަ އެވެ. އެ ގޮތުން، ކަނޑައަޅާ މުއްދަތުގެ ތެރޭގައި ޖޫރިމަނާ ފައިސާ ނުދައްކާ މީޑިއާތަކުގެ ލައިސަންސް ސަސްޕެންޑް ކުރަން ނުވަތަ ބާތިލް ކުރަން، މީޑިއާތަކުގެ ބެލެނިވެރި ފަރާތްތަކަށް މަޖުބޫރުވެ އެވެ.