ގޭ ބަންދުން ދޫކޮށްލުމުން މަހްލޫފް ސަޕޯޓަރުންނާއެކު: ސަލާމަތީ ބާރުތަކަށް އަދި އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވާފައި ވަނީ ރައްޔިތުންގެ ނިންމުން ބޮލާލައި ނުޖެހުމަށް -- އަހުމަދު ނިޝާތު / މިހާރު ފޮޓޯ
26 ސެޕްޓެމްބަރ 2018 - 17:07
މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތަކުން ނާކާމިޔާބުވުމުން އެ އިންތިހާބު ބާތިލު ކުރުމުގެ މަސައްކަތް ރައީސް އަބްދުﷲ ޔާމީން ކުރައްވަމުން ގެންދަވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް މިއަދު ތުހުމަތު ކުރައްވައިފި އެވެ.
ސޯޝަލް މީޑިއާގައި މަހްލޫފް ލިޔުއްވާފައި ވަނީ އިންތިހާބު ބާތިލު ކުރުމުގެ ގޮތުން، ވެރިކަން ކުރާ ޕީޕީއެމުން އެކިއެކި މަސައްކަތް ފަށައިގެން ކުރަމުންދާ ކަމަށެވެ. އެގޮތުން ޕީޕީއެމްގެ އާންމު މެންބަރުން ލައްވާ އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ރީތިކޮށް [ކަންކަން] ގެންދަން އުޅުނަސް އޭނާ [ރައީސް ޔާމީން] ހުރީ މަސްލަހަތު ގެއްލުވައިލާ ގޮތަށް،" މަހްލޫފް ވިދާޅުވެފައިވެ އެވެ.
Yameen bali gabooleh nukurey. Alhugandumen reethikoh gendhan ulhunas eyna huree maslahathu gelluvaalaagothah.
— Ahmed Mahloof (@AhmedMahloof) September 26, 2018
Inthikhaabu baathil kurumah dhanee raavamun.
Rayyithunge ninmun bolaalaa jahaa,dhivehi fuluhun,Sifain EC adhi SC inn efurusathu nudhevvumah govaalan. Rayyithun samaalu !
މަހްލޫފް ވިދާޅުވެފައި ވަނީ އެޗްޑީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު އަހުމަދު ބުންޔާމީން އިސްވެ ހުންނަވައި ހުޅުމާލޭގައި ޝަކުވާ ފޯމު ފުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. އަދި އެކަމަށް ރައްޔިތުން ސަމާލުވުމަށް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.
"ވަރަށް ސާފުކޮށް ދަންނަވަން، ސަލާމަތީ ބާރުތައް އަދި މުއައްސަސާތަކުގެ ބިރު ކެނޑިއްޖެ،" މަހްލޫފް ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން ރައްޔިތުންގެ ނިންމުމާ ދެކޮޅު ނުހެދުމަށް އިލެކްޝަންސް ކޮމިޝަނާއި ސަލާމަތީ ބާރުތަކަށް މަހްލޫފް ވަނީ ގޮވާލައްވައިފަ އެވެ.
Bunyameen ge order ah Fathih dhanee PPM membarun lavvaa EC ah shakuvaa hushaelhumah HDC ga form furamun.
— Ahmed Mahloof (@AhmedMahloof) September 26, 2018
40000 vote ge bodu thafaathakun rayyithun noonekey buneemaves adhives maithirinuve.
Varah saafukoh dhannavan, salaamathee baaruthah adhi muahsaaaathakuge biru kendijje. pic.twitter.com/gboscbys95
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިންތިހާބު ބާތިލް ކުރަން މަސައްކަތް ކުރޭތޯ ސުވާލު ކުރުމުން ވިދާޅުވެފައި ވަނީ ރައީސް ބަލި ގަބޫލު ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރުން އިންތިހާބު ބާތިލް ކުރަން މަސައްކަތް ކުރާކަން ނުވަތަ ނޫންކަން ވެސް މާރިޔާ ވިދާޅެއްނުވެ އެވެ.
"އަޅުގަނޑުމެނަށް ވަރަށް ސާފު. ރައީސް ޔާމީން އެ ވަނީ ރައީސް އޮފީހުގައި ބަސް ވިދާޅުވެފައި. އެބޭފުޅުވާ ވިދާޅުވެފައި އެ އޮތީ އިންތިހާބުގެ ނަތީޖާ ވަރަށް ސާފު ކަމަށް އަދި ރައްޔިތުންގެ އިއްވި ބަސް ވަރަށް ސާފުކޮށް އެނގެން އޮތް ވާހަކަ. އެހެންވީމަ ބަލި ގަބޫލު ކުރައްވާފައި ވަނީ. ދުނިޔޭގެ އެއްވެސް ތަނެއްގައި އޮންނަ ގޮތެއް ނޫން އެއީކީ އެއަށްވުރެ ފަހުން އިތުރު ކަންކަމަށް ދިއުމަކީ،" މާރިޔާ ވިދާޅުވި އެވެ.
އިބޫ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ 58 ޕަސެންޓު ވޯޓާ އެކު ބޮޑު ތަފާތަކުންނެވެ. އިބޫ އަށް 134،146 ވޯޓު ލިބިވަޑައިގެންނެވި އިރު ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ އެންމެ 95،623 ވޯޓެވެ. ދެ ކެންޑިޑޭޓުންގެ މެދުގައި 38،479 ވޯޓުގެ ފަރަގު ހުއްޓެވެ. މިއީ މިހާ ބޮޑު ތަފާތަކުން ރާއްޖޭގައި ރައީސަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ.
މުޅި ރާއްޖޭގެ 18 އަތޮޅެއްގެ މެޖޯރިޓީ ވޯޓު އިބޫ އަށް ލިބިވަޑައިގެންނެވި އިރު ރައީސް ޔާމިނަށް މެޖޯރިޓީ ނެގުނީ މ. އަތޮޅާއި ފ. އަތޮޅުން އެކަންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ިިއިސްމާއިލް ޒިޙާންް
26 September 2018
ޔާމީން ޖެހޭނީ ހަމަ މިފަހަރު ނޯށުން ރޯލަން.
އަހުމަދު ނިޔާޒު
26 September 2018
އެއްކަލަ ބެއްޔާ މިނިވަންވީކަން އެނގުނީ، އަވަހަށް ފިތުނަ ފަތުރަން ފެށީ އަވަހޭދޯ..
ނިލިސް
26 September 2018
ޤައުމު ފަސާކުރުމަށް އެއްވެސް ބަޔަކު މަސައްކަތް ނުކުރުމަށް އެދެން. މިހާރު މިވަނީ އިންތިޚާބު ނިމި އިއްތިޙާދު ކެންޑިޑޭޓު މިވަނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްފަ. މަރުޙަބާ އިބޫ އަދި ފައިސަލް.
ހާދާލު
26 September 2018
ޔާމީނު މޮޔަ ނުވާތި.....އަހަރެމެން ގޮތް ނިންމާފަ އެއޮތީ.
ވާލުސޮރު
26 September 2018
ސަލާމަތް ބުއްދި ހުރި އެއްވެސް މީހަކު މި އިންތިޚާބް ބާތިލްކުރަންޖެހޭ ފަދަ ސަބަބެއް ހުރިކަމަކަށް ގަބޫލެއް ނުކުރާނެ. "އިންތިޚާބް ބާތިލް ކޮށްފިނަމަ" އަނެއްކާ އަނެއް ބޭޒާރުވުން ނޫން އެއްކަމެއްވެސް ނުވާނެ. މީމުޖައްރިބު ކަމެއް. މުޅި ދުނިޔެ މި އިންތިޚާބް ބަލައިގެންފަވާތީ އިތުރު ހައިޖާނުހަދާކަށް ދެން ރައްޔިތުންނާ ބައިނަލް އަގްވާމީ މުޖުތަމަޢު ވެސް ފުރުސަތު ނުދޭނެ. ބަޔަކު އަނެއްކާވެސް އެއުޅެނީ ރައީސް ޔާމީނަށް އިތުރު "ލަނޑެއް" ދޭންހެން ވަރަށްހީވޭ.
އެމްސް
26 September 2018
ވެރިކަމުގަ ދެމިތިބެން ޕީޕީއެމްގެ މިހާރުގެ ލީޑަރޝިޕުން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެކަން އެމީހުންގެ ކެމްޕެއިން ގެންދިޔަގޮތުންވެސް ދޭހަވޭ
ބުއްޑާ
26 September 2018
ގައުމު ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާނުލައްވާ!
މަންސޫރު
26 September 2018
ނިހާން ތިޔަކަމަށް ފޫގަޅައިފި.
ރުމާލް 2
26 September 2018
ދެންވޯޓްލާން ޖެހިއްޖިއްޔާމު އިހުނަށްވުރެ ދެގުނަ އިބްރާހިމް މުހައްމަދު ޞާލިޙުއަށް ގިނަވާނެ. އަދި ދެވަނަ ބުރަކަށް ވޯޓްލުމުގެ ފުރުޞަތެއް ދެން ނުދެވޭނެ. ހުއްޓާލާ ތިކަން.
އިންތިޚާބު
26 September 2018
ބާޠިލު ކޮށްފަ ދެން ބޭއްވިޔަސް ބޮޑުތަނުން ބަލިވާނެ އިންޝާ ﷲ.
ރަދީފް
26 September 2018
އެއްކަމެއްވެސް ނުކުރެވޭނެ.ނިހާނު އަދި އަދުރޭ ދޭބަލަ ''އެމީހާ'' ގޮވައިގެން މަހަށް.ވ.ވެދުން
ޑރ ވަގ
26 September 2018
ދެފުއްކެހެރި...