އިނގިރޭސި ފޮރިން އޮފީހުގެ މިނިސްޓަރު މާކް ފީލްޑް، އިބޫއާ މިއަދު ބައްދަލު ކުރައްވަނީ. --ފޮޓޯ/އެމްޑީޕީ
07 އޮކްޓޯބަރ 2018 - 11:16
އިނގިރޭސި ވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ މިނިސްޓަރު މާކް ފީލްޑް ރާއްޖެ ވަޑައިގެން، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އާ މިއަދު ބައްދަލުކުރައްވައިފި އެވެ.
އޭނާ، ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުގެ ގޮތުގައި މި ވަޑައިގަތީ، މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ބޮޑު ތަފާތަކުން ކާމިޔާބު ހޯއްދެވި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބޫއަށް މަރުހަބާ ދެންނެވުމަށެވެ. އިބޫގެ ރަސްމީ އޮފީހުގައި އޮތް މި ބައްދަލުވުމުގައި، ރާއްޖެ އާއި އިނގިރޭސި ވިލާތުގެ ގުޅުން އިތުރަށް ބަދަހިކޮށް، އެއްބާރުލުން ދީގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.
މި މަޝްވަރާތަކުގައި، ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އިނގިރޭސި ސަފީރު ޖޭމްސް ޑައުރިސް ވެސް ބައިވެރިވެވަޑައިގަތެވެ.
UK Minister @MarkFieldUK and I are looking forward to a full day of meetings in #Maldives today.
— James Dauris (@JamesDauris) October 7, 2018
We arrived early this morning with the sun shining after the rains of recent days. https://t.co/Z4eiD1WPB2
ފޮރިން އޮފީހުގެ މިނިސްޓަރުގެ ދަތުރާ ގުޅޭ އިނގިރޭސި ވިލާތުގެ ސަފީރު ޖޭމްސް ޑައުރިސް ކުރެއްވި ޓުވީޓް.
އިނގިރޭސި ފޮރިން އޮފީހުގެ މިނިސްޓަރު މާކް ފީލްޑް، އިބޫއާ މިއަދު ބައްދަލު ކުރައްވަނީ. --ފޮޓޯ/އެމްޑީޕީ
ރާއްޖޭގެ ސިޔާސީ ކަންކަމާ ގުޅޭ ގޮތުން، ފޮރިން މިނިސްޓަރު މުހައްމަދު މުހައްމަދު އާސިމާއި ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅުންނާއި ޖަމިއްޔާތަކާ ވެސް މާކް ފީލްޑް ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކުރިން، އިނގިރޭސި ޕާލަމެންޓުގައި ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއިރު، މިނިސްޓަ އޮފް ފޮރިން އެފެއާޒް ފޯ އޭޝިއާ އެންޑް ޕެސިފިކް މާކް ފީލްޑް ވަނީ ޑިމޮކްރަސީ އާއި ހައްގުތައް ނެތިގެންދާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ. އިންތިޚާބާ ގުޅިގެން ހުރި ކަންބޮޑުވުންތައް ވެސް އެ ގައުމުން ދިޔައީ ވަރަށް ގާތުން ބަލައި، ބައެއް ކަންކަން އިސްލާހުކުރަން ގޮވާލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަޤީރުކަލޯ!
07 October 2018
އިނގިރޭސި ފޮރިންމިނިސްޓަރ އާއި އިޒރޭލް ބޮޑުވަޒީރާއި އެމެރިކާގެ ސަފީރާއި އިންޑިޔާގެ މޯދީ އާއި ހުރިހައި މީހުން އެތިބެ އަންނަނީ އުފާ އުފަލުން ހެމުން ނަށަމުން ލާތަޔާ އުއްޒާގެ އީދަށް އަންނަހެންނެވެ. އެމީހުންގެ ދިވެހި ބައިވެރިން އެމީހުންނަށް މަރްހަބާ ކިޔާނީ އެމީހުން އުފާވާހައި ގޮތެއްގައެވެ. ކުރިޔަށް އެއްކަލަ ދިވެހިޤައުމު!
ސައްޕެބާއި
07 October 2018
ސައުދީ ސަރުކާރާއި، ތުރުކީ ސަރުކާރާއި، ޤަތަރު ސަރުކާރުންވެސް ހެމުން އައިވާހަކަ ދަންނަވާލަން. ވަރަށް އަސަރުކޮށްފި ދޯ ޗައިނާ ސަރުކާރުގެ ދައުވަތު ލިބުމުން. މިހާރު އެނގޭނެ އެއި ވަކި ޔާމިން ރައިސްކަމަށް އައިމާ ވާކަމެއް ނޫންކަން. ވަކިމީހަކު ހުރީމަކާ ނޫން މިޤައުމު ތަރައްޤީވަނީ.
ވާލުސޮރު
07 October 2018
ޗައިނާއަކީ މުސްލިމުންގެ އެންމެ ބޮޑު ދުސްމަން، ދީނީ ކާޑު ކުޅެން ނޫޅޭ
އަހުމަދުބޭ
07 October 2018
މިހާރު އެބަފީލްވޭ، އަހަރުމެން އެހެންމީހުން ބަލައިގަންނަކަން، މީތި ސަޅިއޭ، މާނައަކީ އެމީހުންގެ ފައިދަށަށް އަހަރުމެން ވެއްޓުމެއްނޫނެވެ، ސަޅިވަނީ މިއޮތް ކުޑަގައުމައި ދޭތެރޭ ބޮޑެތި ގައުމުތަކުން ދެކޭގޮތް ފެންނަންފެށީމައެވެ، ސަޅިވަނީ އަހަރުމެންގެ ވެސް ވެލިއުއެއްހުރިކަން ފެންނަންފެށީމައެވެ، ސަޅިވަނީ ލައިވެށިފައިވާ މި ދުނިޔޭގައި އަހަރުމެންވެސް މީބައެއްކަން ފީލްވާންފެށީމައެވެ،
ސދސދ
07 October 2018
ދެން އެމީހުންގެ ނުފޫޒުގެ ދަށަށްދޭ..
ފޯމިއުލާ
07 October 2018
އެމެރިކާނުންނާ އިނގިރޭސީން ފޯރިއެއް އެބަހުއްޓެއްނު.
ލާލް
07 October 2018
އިބޫ ކޯޓްވެސް ނުލާ. އަދި ރައީސްކަން ނުލިބޭތީތަ؟
ކިއްލިބާޝާ
07 October 2018
އެއީ ޖަޒީރާ ރައީސް. ޖަޒީރާޔަކު އެއްވެސް ކޯޓެއް ނޯންނާނެ.
ކިޔަވާ ކުއްޖާ
07 October 2018
ބުރޯ ކޮމަންވެލްތާ ޖޮއިން ކޮށްބަލަ. ކޯހަށް ލާން ވެއްޖެ. ތައުލީމުގެ އަގު ނުދަންނަ މީހުން މިއަށް ޑިސްލައިކް ކުރުން ގިނަވެއްޖެނަމަ އޭގެ މާނައަކީ އަވަހަށް ތިޔަ ކޮމެންވެލްތާ ގުޅޭށޭ ސްކޮލަޜޝިޕް ހޯދަން މި މީހުންވެސް ރޯފިލުވަން. އޮންނަނީ ޗައިނާއަށް ގޮސްގެން ވިޔަސް ކިޔަވާށޭ ކިޔަވާށޭ
އާޝޯހު
07 October 2018
ބްރޯ. ކޮމަންވެލްތުން ރާއްޖެއަށް ދެނީ ދެތިން ސްކޮލާޝިޕް. ލިބެރަލް އާޓްސް، ސްޕޯޓްސްއިން.
ކުރެންދޫ
07 October 2018
އީ ޔޫ ވިސާ ރާއްޖޭގައި ތިބެގެން ލިބޭނެގޮތް ހެދިއްޔާ ވަރަށް ފަސޭހަވާނެ ދިވެހިންނަށް ....ޝުކުރިއްޔާ