ވިލިނގިލީ ދާއިރާގެ މެންބަރު ސައުދުގެ ހުސައިންގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑީގެ މައްސަލާގައި މިއަދު ބޭއްވި ހުކުމް ކުރުމުގެ ޝަރީއަތުގެ މަޖިލީހަށް އޭނާ ސުޕްރީމް ކޯޓަށް ވަދެވަޑައިގަންނަވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު
08 އޮކްޓޯބަރ 2018 - 13:36
ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ މެމްބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލްކޮށް، އޭނާގެ މެމްބަރު ކަމުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސައުދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ އަހަރު ނިންމީ މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ އަހަރު ސުޕްރީމް ކޯޓުން ކުރި ހުކުމަށް ފަހު އެވެ. އެ ހުކުމުގެ ކުރިން އޭނާއަކީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ސުލޫކީ މައްސަލައެއްގައި ޕާޓީން ވަކިކޮށްފައިވާ މީހެއް ކަމަށް ވިޔަސް، ކޮމިޝަނުން ނިންމީ އެ ހުކުމުގެ ދަށުން އޭނާގެ ގޮނޑި ގެއްލޭނެ ކަމަށެވެ.
ސައުދުގެ ގޮނޑި ނުގެއްްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކުރީ އޭނާގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅަން އޭނާގެ ފަރާތުން ހުށަހެޅި މައްސަލައިގަ އެވެ.
އެ މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފުލް ބެންޗުގެ އިއްތިފާގުން ކުރި ހުކުމުގައިވަނީ ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާންކޮށް، މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު އެ ކޯޓުން ހުކުމް ކުރުމުން ކުރިން ސައުދު ޕީޕީއެމުން ވަކި ކޮށްފައިވާ ކަމަށް އަންގާފައިވާ އިރު، އެކަން އިލެކްޝަންސް ކޮމިޝަނަށް ވެސް އޭރު އެ ޕާޓީން އަންގާފައިވާ ކަމާ މެދު އެ ކޮމިޝަނުން ދެކޮޅު ހަދާފައި ނެތް ކަމަށެވެ. އަދި ސައުދު ޕާޓީން ވަކި ކުރަން ނިންމި ނިންމުން އޭނާގެ ފަރާތުން އިސްތިއުނާފް ކޮށްފައި ނެތް ކަން ވެސް ހުކުމުގައި ފާހަގަކުރި އެވެ.
އެކަންކަން ފާހަގަކޮށް، އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައިވަނީ ސައުދުގެ މެމްބަރުކަމުގެ ގޮނޑި ނުގެއްލޭ ކަމަށާއި އޭނާގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލްކުރާ ކަމަށެވެ.
ސައުދުގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފަ އެވެ.
އެ މައްސަލަތައް ސުޕްރީމް ކޯޓުގައި ހިނގަމުން ދަނިކޮށް އެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފުތާގައި ނިންމި އެވެ. އެކަމަކު ސުޕްރީމް ކޯޓުން ނެރުނު އަމުރަކުން ވަނީ ކޮމިޝަންގެ އެ ނިންމުން ބާތިލްކޮށް، އެކަމުގައި ގޮތެއް ނިންމާނީ އެ ކޯޓުން އެކަނި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭމިތުރާ
08 October 2018
ސައުދައް ލިބުނީ އިންސާފޭ ބުނެވޭނީ! ސައުދުގެ ދާއިރާ ކުރިއެރުމޭ އެދެވޭނީ!
ހުސޭނުބޭ
08 October 2018
ތިހުކުމާއެކު ފަނޑިޔާރުގެ ރަގަޅުކަމަށް ނިންމޭކަތް އަދި ނެތް. އެބޭފުޅުން މިއޮތް ހުރިހާދުވަހުވެސް ތިހުރިހާކަމެއްގައި މެމްބަރުން ތާށުވެފަތިބިއިރު ހަމަ ޗުއްޕުއޭވެސް ބުނެނުލާ. މިހުކުމުން އަޅުގަނޑަށް ދޭހަވީ ދައުލަތުގެ ހުރިހާ ބާރަކީ ރައީސުލްޖުމްހަޫރިއްޔާ ބޭނުންފުޅުވާ ގޮތަށް ކަންތައްކުރަމުންދާ ތަންތަންކަން.
ފުލް ބެންޗް
08 October 2018
ލޮލް،،، ކޮބާ ތަ ބެންޗަކީ..
ބޮޑު ކަކުނި
08 October 2018
އޯކޭ ދެން . އެކަމަކު މަސީހުގެ ވަށައިގެން ޖަހާފަހުރި ކޮށިގަނޑު ނުނަގާތި . އެއީ ފެކްޝަން ކުދިން މިދުވަހަށް ބަލާފައި އެކުދިން ކޮށިގަނޑުމަތިން ނާރަން ވެގެން ހަދާފަ ހުރިތަނެއް.
ވަރުވާ
08 October 2018
އަލްޙަމްދު ލިﷲ. މަރުޙަބާ! ސަޢުދު
އަށްޑޫ މީހާ
08 October 2018
މަރުހަބާ. މީގެއިން ވަރަށް ބައިވަރުކަންތަށް ދޭހަވެގެން އެބަދޭ. ޖުޑިޝަރީ އޮތީ ޔާމީނު އާ ނިހާނު މުށުތެރޭގައިކަން އެގިގެން މި ދިޔައީ.
އަލީ އަހުމަހު
08 October 2018
އިންސާފަކީ އޭރަކު އޮންނަ ސަރުކާރަކާއި އެއްކޮޅަށް ހުކުމް ނެރުމެން ނޫން! ބޭނުމީ އަދުލުވެރި އިންސާފެއް!
ރަންކޮޅާ
08 October 2018
ކޮބާތަ އަދުރޭ ކޮބަާތަ ނިހާނު.. ދެނެ ކީކޭބާ މިދެމީހުން ކިޔާނީ.
ނިހާނު
08 October 2018
ފައި މައްޗަށް ފޮއެ
ނޫރު
08 October 2018
ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލު މިކަމުގައި ބައިވެރިވި އެންމެންގެ ފަރާތުން ނަގައިދިމުމަށް ގޮވާލަން .. ގާޒީ އެެއް ރާޒީއެއް މާޒީއެއް ނޯންނާނެ... ގަވްމަށް ޣައްދާރުވެފަ ތިތިބީ. ކޮންފަދަ ބޮޑު ގެއްލުން މިހުރިޔާކަމެއްގަ ފައިދާ ވީ ހަމަ ތި އެންމެންނަށް، ގެއްލުން ވީ ރައްޔިތުންނަށް .. ރައްޔިތުންގެ ފައިސާ މުޅި ގަވްމުގައިވެސް އޮންނާނީ އެކަން ހަނދާން ބަހައްޓަން ދަސްކުރޭ ،،